ޚަބަރު / ޒަކާތް

ޒަކާތު ބިލާއި ޓެކްސް ނެގުމާ ގުޅުވާތީ މުނީޒާގެ ޖަވާބު: ހޭލުންތެރިކަން ނެތީ

ޒަކާތާ ގުޅޭ އެންމެ އަސާސީ ކަންކަމަށް ވެސް ދިވެހިން ހޭލުންތެރި ކުރަންޖެހޭ ކަމަށް މުނީޒާ ވިދާޅުވި.

ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން މުނީޒާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

23 އޯގަސްޓް 2025 - 13:47

20 comments

ރާއްޖެއަކީ ޓެކްސްގެ މުޖުތަމައެއް ގާއިމްކޮށްފައިވާ އަދި ޓެކްސްއާ ގުޅޭ ގާނޫނުތަކަށް މިހާރު ވެސް އަމަލުކުރާ ގައުމަކަށް ވާއިރު ޒަކާތުގެ ގާނޫނެއް ހަދައި ޒަކާތް ދިނުން ފުޅާކުރާތީ ޓެކްސްއާ ގުޅުވައިގެން ސުވާލު އުފައްދަނީ އަދިވެސް ދިވެހިންގެ މެދުގައި ހޭލުންތެރިކަން ނެތުމުން ކަމަށް މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޑރ. އާއިޝަތު މުނިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ޒަކާތާ ގުޅޭ ބިލެއް ސަރުކާރުން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާއިރު، ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ ސަރުކާރަށް ޓެކްސް ދައްކަމުން އައި ނަމަވެސް، ޒަކާތު ފަންޑުގެ ނިޒާމުގެ ތެރެއިން އިންވެސްޓް ކޮށްގެން ފަގީރުންނާއި މިސްކީނުންނަށް ޒަކާތް ބެހުމުގެ ކަންކަން ފުޅާކުރަން ސަރުކާރުން މަސައްކަތް ކުރާތީ އެވެެ. އެކި ނަންނަމުގައި ސަރުކާރަށް ޓެކްސް ނަގަނީ ރައްޔިތުންނަށް ހިދުމަތްތައް ދީ، މުޖުތަމައު މުއްސަނދި ކުރަން ކަމަށް ވާއިރު ޒަކާތުގެ ފައިސާ އިން އިންވެސްޓް ކުރާ ގޮތާ މެދު ސުވާލު އުފައްދާ މީހުން ވަރަށް ގިނަ އެވެ.

ޓެކްސްއާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއްކަން. ޒަކާތަކީ އިލާހީ ވާޖިބެއްކަން. ޓެކްސް އިން ސަރުކާރުތައް ދެމެހެއްޓޭ. ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ،"--- މުނީޒާ

އިސްލާމިކް ފައިނޭންސިން ދާއިރާގައި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުނީޒާ ވަނީ ޒަކާތު ކޮންފަރެންސްގައި އެ ސުވާލުތަކަށް ކޮންމެވެސް ވަރަކަށް މިއަދު ޖަވާބު ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ، ޓެކްސްއާ ގުޅޭ ގާނޫނުތަކަށް ރާއްޖޭގައި އަމަލު ކުރާއިރު ވެސް ޒަކާތާ ބެހޭ ހާއްސަ ގާނޫނެއް ހަދާތީ ސުވާލު އުފެއްދުމުން ދޭހަވަނީ އަދިވެސް ދިވެހިން ހޭލުންތެރިކަން އިތުރު ކުރަން ޖެހިފައިވާ ކަން ކަމަށެވެ.

މިއަދު ފެށި ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޝަހީމާއި މުނީޒާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މުނީޒާ ވިދާޅުވީ، ދިވެހިންނަށް ތަކުރާރުކޮށް ވިސްނައި ދޭން ޖެހެނީ ޒަކާތަކީ ހަމައެކަނި ޓެކްސް ނެގުމުގެ އެހެން ގޮތެއް ނޫން ކަމަށެވެ.

"... ޓެކްސްއާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއްކަން. ޒަކާތަކީ އިލާހީ ވާޖިބެއްކަން. ޓެކްސް އިން ސަރުކާރުތައް ދެމެހެއްޓޭ. ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ،" ޓެކްސް އާއި ޒަކާތުގެ ގާނޫނުގެ ތަފާތު ދައްކަވަމުން މުނީޒާ ވިދާޅުވި އެވެ.

"ޓެކްސްގެ ގާނޫނުތަކަކީ އިންސާނުން ހަދާފައިވާ ގާނޫނުތަކެއް. ޒަކާތަކީ ގުރުއާނުގައި ބަޔާން ކުރައްވާފައިވާ، ލިބޭ ވަރު، ގިންތިތަކެއް ސާބިތުކަމާ އެކު ބަޔާން ކުރައްވާފައިވާ އިލާހީ ގޮތުން ލާޒިމް ކުރާ އެއްޗެއް."

މުނީޒާ ވިދާޅުވިގޮތުގައި، ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ހިންގަން ވަކިން ހާއްސަ ގާނޫނެއް ބޭނުންވަނީ އެހެން ވެގެންނެވެ. ނަމަވެސް އޭނާ ވިދާޅުވީ، ހަމައެކަނި ގާނޫނެއް ހަދައިގެން ފަރުޖެއްސެން ވެސް ނެތް ކަަމަށެވެ. އެގޮތުން ޒަކާތް ނެގުމާ ގުޅޭ ކަންކަން ބެލެހެއްޓުމަށް އާ ވިސްނުންތަކަށް ދާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މިއަދު ފެށި ޒަކާތު ކޮންފަރެންސްގެ ބައެއް ބައިވެރިން.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"މިހާރުގެ އާންމު އުސޫލަކީ ޒަކާތުގެ ފައިސާ އޭގެ ބެހެނިވެރިންނަށް އެއްފަހަރު ބޭނުން ކުރެވޭ ގޮތަށް ޖަމާކޮށްދިނުން. އެހެންކަމުން ޒަކާތުގެ ފައިސާ ބެލެވެނީ ކުރު މުއްދަތަކަށް މީހަކަށް ހޯދައިދޭ ތަސައްލީއެއްގެ ގޮތަށް. އެކަމަކު، ޒަކާތަކީ އެ އަށް ވުރެ ބޮޑު މަގުސަދެއް ހާސިލް ކުރެވޭނެ ފަދަ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އިންސްޓްރޫމަންޓެއް،" މުނީޒާ ވިދާޅުވި އެވެ.

"ޒަކާތަކީ ހަމައެކަނި އެއް ދުވަހުގެ ބޭނުންތައް ފުއްދައިދޭން މީހުންނަށް ދޭ ފައިސާއެއް ނޫން. އެއީ މީހެއްގެ ދިރިއުޅުން ފަގީރުކަމުން މުއްސަނދިކަމަށް އަދި މިއަދު ޒަކާތުގެ ފައިސާ ބަރޯސާވާ މީހާއަކީ މާދަމާ ޒަކާތް ދައްކާ މީހަކަށް ބަދަލު ކޮށްލެވޭނެ އެއްޗެއް."

ރާއްޖޭގައި ޒަކާތާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އަދި ޒަމާނީ ކުރުމަށް ވެސް މުނީޒާގެ ވާހަކައިގައި ހުށަހެޅުންތަކެއް ހުށަހެޅުއްވި އެވެ. އެއީ:

● ޓެކްނޮލީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުން

● ޒަކާތާ ގުޅޭ ކަންކަން ޑިޖިޓަލް ކުރުން. އޮންލައިން ޕޯޓަލްތަކާއި މޮބައިލް އެޕްތަކާއި ޑިޖިޓަލް ވޮލެޓްތަކުގެ ޒަރީއާ އިން ޒަކާތް ޖަމާކުރާ ފަރާތްތަތަކަށް ފައިދާ ލިބޭ. މިސާލަކަށް ބްލޮކް ޗެއިން ފަދަ ޓެކްނޮލޮޖީގެ އެހީގައި ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރެވިދާނެ.

● ގޭބީސީތަކުގެ ފަގީރުކަން ރިއަލް ޓައިމްގައި ބެލުމަށް އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައިއޯޓީ ބޭނުންކުރުން. އޭރުން އެންމެ ބޭނުންވާ މީހާ އަށް ޒަކާތް ފޯރުކޮށްދެވޭނެ.

● ޒަކާތާ މެދު އާންމުން ހޭލުންތެރިކުރުމަށް އިތުރު ކެމްޕެއިންތަކެއް ފެށުން. ޒަކާތާ ގުޅޭ އެންމެ އަސާސީ ކަންކަމަށް ވެސް ދިވެހިން ހޭލުންތެރި ކުރަންޖެހޭ.

● ގައުމީ ތަރައްގީގެ ސްޓްރެޓެޖީތަކުގައި ޒަކާތުގެ ވާހަކަތައް ހިމެނުން

● ޒަކާތާ ގުޅޭ ކަންކަމަށް މީހުން ތަމްރީންކޮށް އިންވެސްޓް ކުރުން

މިއަދުގެ ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފަގީރުންނާއި މިސްކީނުންނަށް ޒަކާތުގެ ފަންޑުން އެހީތެރިކަން ދެވޭނެ ގޮތުގެ އިތުރު މަޝްވަރާތައް ފަށައި އެ ކަމާ ގުޅޭ ހާއްސަ ކަރުދާހެއް ކެބިނެޓަށް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ޒަކާތު ބިލާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެ ބިލް ފަރުމާކުރީ "ދުނިޔޭގައި އެންމެ ފަހުގެ އިލްމީ ތަޖުރިބާގެ މައްޗަށް" ކަމަށެވެ. ޒަކާތާ ބެހޭ ބިލްގައި އިދާރީ މެނޭޖުމަންޓާއި ޝަރުއީ ހަމަތައް ގުޅިލާމެހިފައި ވުމާއި އިންވެސްޓުމަންޓުތަކަށް ފުރުސަތު ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއީ ޒަކާތާ ބެހޭ އެހެން ގާނޫނުގައި ނެތް ސިފައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޒަކާތާ ގުޅޭ ކަންތައްތަކުގައި ރާއްޖެއަކީ ދުނިޔޭގަައި އެންމެ ލީޑިން ގައުމަށް ވުމަކީ އަމާޒެއް ކަމަށާއި އެ ކަމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް މިއަދުގެ ކޮންފަރެންސްގައި ޝަހީމް ވިދާޅުވި އެވެ.

20 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 18%
icon angry icon angry 18%
icon wow icon wow 9%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހައްމު

23 August 2025

ޓެކްސް ނުދެއްކިޔަސް ފާފަވެރި ނުވާނެ..އެކަމަކު ޒަކާތް ނުދައްކައިފިއްޔާ ފާފަވެރިވާނެ..މިއީ ތަފާތު

The name is already taken The name is available. Register?

ނަސްރު45

23 August 2025

މުނީޒާ ކިޔައެއް ނުދޭބާ، އައްޗި ކުދިން ތިބެން ގެސްޓު ހައުސް ތިޔަ ލާރިން އެޅީމާ ދެން ވާނެ ގޮތެއް؟؟

The name is already taken The name is available. Register?

ކެކެކެކެކެކެކެކެކެކެކެ

23 August 2025

ޒަކާތް ދެއްކީމަ އެލާރި އަށް ގިނަފަހަރު ވާނުވާ އެއްނޭގޭ! އެއް ވެސް ކަހަލަ ޓުރާންސް ޕޭރެންސީ އެއް ނެތް! ދެން އިވޭނީ ޒަކާތު ފަންޑުން ރިސޯޓެއް ހަދަން އުޅޭ ވާހަކަ! ސަރުކާރަށް ލުއިކުރަން؟ ޒަކާތުގެ އައްސު ބޭނުމަކީ ކޮބާ؟

The name is already taken The name is available. Register?

ނަނަނަ

23 August 2025

ފަގީރުންގެ ނަމުގައި ޒަކާތު ފައިސާ ނަގާފަ އެފައިސާ ހައްގުވާ ފަގީރުންނަށް ނުބަހާ ހިތުހުރި ގޮތަކަށް ތަޅާ ބުރުވަނީ.. ޕާޓީ ކުދިންގެ ދަރިން ކިޔަވަން ފޮނުވުމާ މުއްސަދިންނަށއް ބޭސްފަރުވާ ކޮށްދިނުމާ.. ކޮބާ އެއްކަލަ ފަގީރު މީހާ… އިހަށްދުވަހުވެސް ތަނަވަށް ރައްޓެއްސެއްގެ ތަނަވަސް އަންހެން ކުއްޖެއްގެ ބޭސްފަރުވާއަށް ޒަކާތު ފަންޑުން ފައިސާ ދިން ރާއޖެއިން ބޭރުން ފަރުވާ ހޯދަން..

The name is already taken The name is available. Register?

ކިޔާ

23 August 2025

ޒަކާތުންވެސް ސްކޭމް.

The name is already taken The name is available. Register?

ނަނަނަ

23 August 2025

އަތުންފައިން އުފެއްދުންތެރިކަމެއް ނެތް ބަޔަކު ތެޅިފޮޅެނީ ލާރިގަނޑެއް އަތު ޖައްސާލެވޭނެ ގޮތެއް ނެތިގެން.. ތިބުނާގޮތުން ޓެކްސް އަކީ ރައްޔިތުން ސަރުކާރަށް ދައްކާ ޖިޒީތާ.. ރަނގަޅު ގޮތަކީ ޖިޒީވެސް އިސްލާމިކް މިނިސްޓްރީ އާ ހަވާލު ކުރުން..

The name is already taken The name is available. Register?

އެޗް އެމް

23 August 2025

ޝަހީމު ބުނާހެން ޒަކާތާއި ބެހޭ ކަންކަމުގަ ރާއްޖެއަކީ ލީޑިން ގައުމަކަށް ހެދޭނެ. ވަރި ކައިވެނީގަވެސް ރާއްޖެ ވަނީ އެމަގާމު ހޯދާ މިސާލު ދައްކާފަ. ޓެކްްހަށްވުރެ ޒަކާތް ފުރިހަމަވީހިނދު، ޓެކްސް ދޫކޮށްލާފަ ޒަކާތަށް އެބުރެމާ. ޓެކްުހާއި ޒަކާތަކީ ދޭއްޗެއް ނަމަ ހަމަ ގައިމުވެސް އިލާހީ ގާނޫނު ޟައީފް ވާގޮތަށް ޓެކްސް ގާނޫނުތަކެއް އޮވެގެން ނުވާނެ. އަދި ޒަކާތުގެ ކަންކަމުގަ ބާރުހޯދަން އިތުރު ގާނޫނުތަކެއް ބޭނުމެއް ނުވާނެ.

The name is already taken The name is available. Register?

އަޖާއިބުގެ ޖަވާބު

23 August 2025

ތިމާއަށް ނޭނގޭ ކަންކަމުގައި ވާހަކަދެއްކުމަށް ވުރެ ދަސްކުރަން ފޮތް ކިޔުން މާ މުހިންމު

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 August 2025

ނިކަމެތިމީހާ ތާއަބަދު ޒަކާތަށް އުއްމީދުކޮށްގެން މުޅިއުމުރު އެގޮތުގައި ނަގާލަންވީތޯ؟ އެހެނވެގެންތޯ ޒަކާތަށްލިބޭ ފައިސާނުބަހައި ބަހައްޓައިގެން އެފައިސާ އެކި ކަންކަމަށް އިންވެސްޓްކޮށްގެން ތާއަބަދަށް އެއްބަޔަކު ފަޤީރުންގެ ގޮތުގައި ލިސްޓް ކޮށްގެން ގެންގުޅެން ވިސްނުން ތިޔަ ބަހައްޓަނީ؟! ގައިމު އިޤިރޭސި މުހާވަރާ އެއްގައި އޮވޭ ބަނޑު ހައިވެފައި ހުންނަ މީހާއަށް އެއްފަހަރު ކާން ދިނުމަށްވުރެން ދޮއްޓެއް ދީފައި މަސް ބާނަން ދަސްކޮށްދިނުން މާ ރަނގަޅު ކަމަށް.

The name is already taken The name is available. Register?

ޗދޗަސސދ

23 August 2025

ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދޭން އޮންނަނީ ފަޤީރުންނަށް އެކަނިތަ؟ ތައުބާ ސޫރަތުގެ 60 ވަނަ އާޔަތް ކިޔާބަލަ.

The name is already taken The name is available. Register?

ލުޫތު

23 August 2025

މިހަާރުވެސް ކަލޭތީ ގަވާއިދުން ޒަކާތް ނަގަމުންދާ މީހެއް!

The name is already taken The name is available. Register?

އުދުހޭ

23 August 2025

ޓެކްސް އުވާލާފަ ޒަކާތް މަޖުބޫރުކުރުމަކާ އަޅގަނޑު ދެކޮޅެއްނޫން. އެކަމަކު ދެކޮޅުން ފެލުން ގޯސް.

The name is already taken The name is available. Register?

މިންޖުވާކަށްނެތޭ

23 August 2025

ޝަހީމު ހިތައްއެރި ގޮތަކަށް ތަޅާބުރުވަން އަހަރެމެންގެ ޒަކާތު ފައިސާއެއް ނުލިބޭނެ، ވަރަށް ސަލާން މުނީޒާއަށް ވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454