ހުޅުމާލެ 2ގައި ދެ މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއި ކުރެއްވުމަށް ފަހު ސަލާމް ކުރައްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
02 ސެޕްޓެމްބަރ 2025 - 12:37
ހުޅުމާލެ 2 ގައި އިތުރު ދެ މިސްކިތް އަޅަން ސޮއިކޮށް، އިސްލާމިކް މިނިސްޓްރިއާ މިއަދު ބިން ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އޭގެ ތެރެއިން އެއް މިސްކިތް އަޅަނީ ލޮޓް ނަމްބަރު 22221ގަ އެވެ. ބޮޑުމިނުގައި 27920 އަކަ ފޫޓު ހުންނަ އެ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދެ ވަނަ މިސްކިތް އަޅަނީ ހުޅުމާލެ ލޮޓް ނަމްބަރު 22242ގަ އެވެ. އެ މިސްކިތަކީ ވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 20720 އަކަ ފޫޓު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިދިޔަ އޭޕްރީލް މަހު ވެސް މިނިސްޓްރީން ވަނީ ހުޅުމާލެ 2ގައި އާ މިސްކިތެއް އެޅުމަށް އެޗްޑީސީއާ އެކު ސޮއި ކޮށްފަ އެވެ. ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ތެރޭގައި މަސައްކަތް އިމާރާތްކޮށް ނިންމަން ހަވާލުކުރި އެ މިސްކިތަކީ 18،720 އަކަފޫޓުގެ ބިމެކެވެ.
އެ މިސްކިތުގައި ވެސް 2،500-3،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިސްކިތް ޑިޒައިން ކޮށްފައިވަނީ ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ. އެ ތަނުގައި ސޯލާ އާއި އޭސީ ހަރުކުރާނެ އެވެ.
ހުޅުމާލޭގައި އަޅާ ބައެއް މިސްކިތް މި އަހަރު ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލ.އަތޮޅު
03 September 2025
އާދޭސްކޮށްފަ ބުނަން ކުދި ޗޮކެއްވަރުގެ މިސްކިތް ނާޅާ ފޭސް 2 ގެ މެދަށް ވާގޮތަށް 7000 މީހުންވަރު ނަމާދުކުރެވޭ ވަރުގެ ބޮޑު މިސްކިތެއް އަޅާބަލަ...
އަސަރަފަ
03 September 2025
ބިން ހަވާލުކުރުމަކީ މިހާރުދެން ހެޑްލައިން ޖަހާވަރުގެ ކަމެއްތަ. މާދަން ހެޑްލައިން ޖަހާލި މިހާރު ބިން ސާފު ކޮށްފިއޭ ކިޔާފަ. ކަމެއް ނުވާތީ ކޮންމެސް އެއްޗެކޭ ކިޔާފަ ހެޑްލައިން ޖަހަންވާނެތާ
ކޮންސާންޑް
03 September 2025
ފޭސް2 ގަ އަބަދުވެސް މިސްކިތް އަޅަން ހަވާލު ކުރާތަން ފެންނަނީ. ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަޅަން ބަޔަކާ ހަވާލު ކުރާތަނެއްވެސް ނުފެނޭ. އެންމެ ޒަރޫރީ އެއްކަންތަށް އެހާ އަވަހަށް އެހާ ބޮޑަށް އާބާދުވަމުން އަންނަ ތަނެއްގަ އެއީ.
ވިސްނަން ވެއްޖެ
02 September 2025
އެސްޖޭ މީހުން އަޅާ މިސްކިތް ފިނިހަކަ ދުވެލީގަ. އެޗް 1 ކައިރީ އަޅާ މިސްކިތުގެ މަސައްކަތެއް ނުކުރޭ. ރޯދަމަސް އައުމުގެ ކުރިން މަސައްކަތް ހުއްޓާލި ގޮތަށް، މިދޭތެރެއިން މިސްކިތުގެ ބޭރުގަ ސިމެންތި ކޮޅެއް ޖަހާލި. ދެން އެ ހުރި ގޮތަށް އެހުރީ. މަސައްކަތެއް ނުކުރޭ.. އަހަރުމެން މިތިބީ މަންޒަރު ބަލަން. މީ މިމީހުން ކަންކުރާ ގޮތް. މިސްކިތް އެޅުމަށް ޑިއުޓީފްރީކޮށް ތަކެތި ގެނެސް އެހެން ތަންތަން ހަދަނީ. ކޮރަޕްޝަން މުޅި ޤައުމުގަ. ހަލާލެއް ހަރާމެއް ނުބަލާ.
އެޗްޑީސީމީހާ
02 September 2025
އެސްޖޭއާ ހަވާލުކުރޭ ބިންތައް
ސިހާމް
02 September 2025
އެސްޖޭ މިސްކިތެއްނާޅާނެ މިހާރު ހަވާލުވެ ހުރި މިސްކިތްވެސް އެކުރަނީ ޖެއްސުން ކުރާގޮތަށް، ނިންމަކަށް ނޫޅޭ
ދޮންއަލީ
02 September 2025
އަހަރެން ހަަމަ އަޖައިބުވެ އަންތަރީސްވޭ، ހުޅުމާލޭ ފޭސް 2 ގައި 10 ބުރި 20 ބުރީގެ ބޮޑެތި އެޕާރޓްމެންޓްތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިމޭ އިރު ޢިމާރާތް ކުރަން ފަށާފައިވާ މިސްކިތްތައް ފިނިހަކަ ސްޕީޑްގައި ކުރިޔަށް ނުދާތީވެ. ވިނަރެސް ފްލެޓްތައް ކައިރީއާއި ހިޔާފްލެޓް ކާރީގައި ދެ ތިން މިސްކިތެއް ޢިމާރާތް ކުރޭ 2023 ގައި ހުރިވަރަށްވުރެ ކުޑަ ތަންކޮޅެއް ކުރިޔަށް ދާހެން ހީވޭ. މީ ކިހިނެއްވާކަމެއްބާއޭ ހިތަށްއަރާ
ކޮން
02 September 2025
ހުޅުމާލޭގައި އަޅާ މިސްކިތްތަކުގައި ޕާކް ކުރާނެ ސަރަހައްދެއް ހިމެނުމަކީ ވަރަށް މުހިއްމު ކަމެއް. މިހާރު ހުރި މިސްކިތްތައްވެސް ހުރީ މައި މަގުތަކަށްވެފައި، ނަމާދު ގަޑީގައި މަގުމަތި އޮންނަނީ ފުރިފައި،
ރައްޔިތު 2.0
02 September 2025
ހުޅުމާލޭ ފޭސް 2 ގަ ހުރި މިސްކިތަކަށް ހިނގާފަ އެމީހަކު ހުރި ފްލެޓަކުން 5 މިނިޓް ތެރޭ ދެވޭ އިރު ވެސް މިސްކިތު ގޯތިތެރޭގަ ސައިކަލް ޕާކްކޮއްފަ ނޫނީ ނަމާދެއް ނުކުރެވޭ.
ވާވާ
02 September 2025
ހެޔޮނުވާނެ ވަރަށް އަވަހަށް ހޮސްޕިޓަލެއްވެސް އަޅައިދީ
ކޮރަލް
02 September 2025
ނަސޭހަތް ދީގެން މިސްކިތައް އަރާނެ މީހުން ހޯދަން މަސައްކަތް ކުރަން އެބަ ޖެހެ އެވެ. މިސްކިތައް ޖަމާ އަތައް އަރާ ދިވެހި މީހުން މަދެވެ. މީހުން ފަރުލު ނަމާދު ތައް ޖަމާއަތުގަ ކުރުމަށް އަހުލު ވެރި ކުރުވުމަށް މަސައްކަތް ކުރަން ވީ އެވެ.
ބެއްަޔާގެ ދަރި
02 September 2025
ހުޅުމާލޭ 2ގައި ދެން އިތުރު މިސްކިތެއް އަޅަނީ ކީއްކުރަން ހެއްޔެވެ. އަޅަންޏާ ބޮޑު އެއް މިސްކިތް އަޅާށެވެ. މިސްކިތަށް މީހުން އަަރަނީ ހުކުރު ދުވަހާއި ރޯދަ މަހު އެވެ. އެހެން ނޫނީ ދެ ސަފު ވެސް ނުފުރެއެވެ. އެހެންވީމާ ބިންތަކެއް ހުސްކުރުމުގެ ބަދަލުގައި ބިޔަ ބޮޑު އެއް މިސްކިތް އެޅީމާ ހުންނާނީ ރަނގަޅަށް. ޖެހިގެން ހުންނަ ފްލެޓަށް ވެސް މީހުން ދަނީ ސައިކަލުގައި. އެހެންވީމާ ތަންކޮޅެއް ދުރުގައި ހުއްޓަސް ނަމާދަށް ދާން ބޭނުން މީހާ ދާނެ ސައިކަލުގައި.