ބައްސާމް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި: އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފައި
07 ސެޕްޓެމްބަރ 2025 - 14:13
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހު ނިންމަން ތާވަލްކޮށްފި އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އަށް ބައްސާމް ވަނީ އިންކާރު ކޮށްފަ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ވަނީ ނިންމާލައިފަ އެވެ.
މިއަދު ނަގާފައިވަނީ ހެއްކެއްގެ ގޮތުގައި ބައްސާމްގެ ފަރާތުން ހުށަހެޅި އެފްއޭއެމްގެ އެކްސްކޯގެ ކުރީގެ މެންބަރު، މެޑިކަލް ޑޮކްޓަރު އަހުމަދު ޝަކީބުގެ ހެކިބަހެވެ. އޭނާ ހެކިބަސް ދެމުން ބުނެފައިވަނީ އެފްއޭއެމް އިން ފާސްކޮށްގެން ބައްސާމަށް ކޮންމެ މަހަކު 3،000 ޑޮލަރުގެ އެލެވެންސްއެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ފަހުން ގަވާއިދުން އެ އެލަވަންސް ޖަމާނުވާ ކަމަށާއި އަދި ބައެއް ފަހަރު އެލަވަންސް ޖަމާވަނީ ގިނަ މަސްތަކެއްގެ އެލެވެންސް އެއްފަހަރާ ގަނޑުކޮށް ކަމަށް އޭނާ ބުންޏެވެ.
ޝަކީބުގެ ހެކިބަސް ނަގާ ނިމުމާ އެކު ގާޒީ ވަނީ އެ މައްސަލައިގައި ނަގަން ޖެހޭ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުން މިމަހުގެ 23 ވަނަ ދުވަހަށް ތާވަލްކޮށް، މިމަހުގެ 29 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވަން އަޑުއެހުން ތާވަލުކުރި އެވެ. ހުލާސާ ބަޔާނަށްފަހު އޮންނާނީ މައްސަލާގައި ގޮތް ކަނޑައަޅައި، ހުކުމް އިއްވުމުގެ މަޖިލީހެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު، ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 2018 ގައި ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
އެ ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މަނީލޯންޑްރިންގެ ދައުވާގައި ދައުލަތުން ވަނީ އެ 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. އެ މި ކުށުގެ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އެ މައްސަލާގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައިވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ޑޮލަރަށް ވާ ފައިސާ އެފްއޭއެމަށް ލިބިފައި ނެތުމުން އެއީ އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވުން ކަމަށް ދައުވާގައިވެ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ބައްސާމްގެ މައްޗަށް އެފްއޭއެމްގެ އިތުރު ފައިސާތަކަކާ ގުޅޭ މައްސަލައެއްގައި ވެސް މަނީ ލޯންޑްރިން އާއި ހިޔާނާތުގެ އިތުރު ދައުވާއެއް ވެސް ކޮށްފައިވެ އެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންޒުކަހަނބު
08 September 2025
އެފް އޭ އެމް 2010 އިން 2025 އަންނަންއޮތްޖީލުތަކަށް ފެންނާނޭހެން ފިލްމެއް.. ފޮތެއްނަމަވެސް އެބަޖެހޭ ވުޖޫދައްގެންނަން،
ޖަގަހަ ވެރިކަން
08 September 2025
މެމްބަރު ގުޅާލާފަ ހާޒިރީން ފެއިލްވެ ތަނަށް ޚިދްމަތް ނުލިބޭމީހުން ހިފަހައްޓަން ބުނީމަ ތަނުގަ އޮތް އުސޫލުތަކާ މިދާ މިސްރާބް ވަރަށް ސާފު. މުއައްސަސާއެއް ހިންގަންވާގޮތަށް ނުހިނގީމަ އެވާހަކަ ދައްކަން ލަދު ގަންނަންވާނެ.
ދިވެހިރާއްޖެ ކޮބާ
07 September 2025
މިގައުމުގެ ހަލާކު. ކޮރަޕްޝަން ވައްކަން ކުރަނީ. ގައުމާއި ރައްތިރުންނާއި ދޭތެރޭ ވިސްނާ މީހެއްނެތް.
އަލިބެއްޔާން
07 September 2025
ގައުމަށް ބަލަދު އަރާފަ ތިބި މީހުންގެ ތެރެއިން މީހެއް މީ. އަދީބް، ބައްސާމް
ލަލަލަ
07 September 2025
ފަސްޓް ބިގްވަން އަދީބު ސެކަންޑް ބިގްވަން ޔާމީން ތާޑް ބިގްވަން ބައްސާމް އޯލް ބިގް ވަގިސް
ފޭކްހެކިވެރިޔާ
07 September 2025
ބައްސާމުއާއި އަލީއުމަރުވެގެން ފުޓްބޯޅަ ފުނޑާލިއިރު ޝަކީބު އިންނެވީ މަޑުގިނީގައި ތެޔޮދަމާލަދަމާލާ. ޝަކީބުމެންގެ ލަދުހަޔާތްކޮބާ؟ ބައްސާމުގެ ހެކިވެރިޔަކަށް ވެގެން ކޯޓަށްގޮސް ހެކިބަސްދޭން. އިމަޖެންސީ ކޮމިޓީއަކީ އެފްއޭއެމްގެ އެކްސްކޯއެއް ނެތްހާލުގައި ގޮތްނިންމާތަނެއް. އެކްސްކޯ އޮއްވާ އިމަޖެންސީ ކޮމިޓީއެއް އެކްޓިވޭޓެއް ނުވާނެ. ހަމަނުޖެހޭ ހެކި ނުދީބަލަ. ކިހާބޮޑުކަމެއް މީދެން
ބައްސާމުގެޝަކީބު
07 September 2025
ހެކިބަސްދޭންވެސް ގޮސް އެހަދަނީ ދޮގު. ޝަކީބަކީ އެފްއޭއެމްގެ ޖަރީމާ ހިންގި އެކަކު. މިމީހުންޖެހޭނީ ހައްޔަރުކުރަން. ޝަކީބު ހައްޔަރު ކުރޭ ޝަކީބު ހައްޔަރު ކުރޭ ޝަކީބު ހައްޔަރު ކުރޭ ޝަކީބު ހައްޔަރު ކުރޭ ޝަކީބު ހައްޔަރު ކުރޭ ޝަކީބު ހައްޔަރު ކުރޭ ޝަކީބު ހައްޔަރު ކުރޭ ޝަކީބު ހައްޔަރު ކުރޭ ޝަކީބު ހައްޔަރު ކުރޭ ޝަކީބު ހައްޔަރު ކުރޭ ޝަކީބު ހައްޔަރު ކުރޭ
ސިވިލްސާވިސް
07 September 2025
ޝަކީބުއަކީ ސިވިލްސާވަންޓެއް، ހާޒިރުވާ ތަނެއް ގަޑިއެއް ނެތި މުސާރަނަގާތާ 20 އަހަރުވެއްޖެ. ކޮބާތަ ސިވިލްސާވިސް ކޮމިޝަން. ލަންކާގައި ދިރިއުޅެމުން އެފްއޭއެމްގައި މަސައްކަތްކުރާނެގޮތެއް ނުފެނޭ
މަސާޖުވަލްތެޔޮދަމާ
07 September 2025
ޝަކީބުބުނަނީ އޭނަ ހިލޭ މީހުންބަލާވާހަކަ. ސިވިލްސާވިސް މުވައްޒަފެއްވިއްޔާ ދެން ކޮން ހިލޭ ބަލާވާހަކައެއް ކިޔަނީ؟ ފަހުންފަހުން ބަލަނީ ހުސް ފަނޑިޔާރުންނާއި، މަޖިލިސް މެންބަރުންނާއި، ކުރީގެ ރައީސް ޔާމީން. ނުވަތަ އެމީހުންގެ ތިމާގެމީހުން. އެއްވެސް ކުޅުންތެރި ބެލިދުވަހެއްނޭނގެ. ރައީސްޔާމިންގެ ވެރިކަމުގައި ފަޅުވިއްކާ ރިސޯޓްހަދަންވެސް އުޅުން އިންވެސްޓަރުން ހޯދައިގެން.
ނައިކް
07 September 2025
އެންމެފަހުވަގުތު ވާނީ އަލިފަކައް
އަހުމަ
07 September 2025
އާދެ. އެންމެ ފަހުން ދައުލަތުން މީނާޔަށް ބަދަލެއް ދޭން ބުނާނެ
ޑަކްޓަރު ކޮރަޕްޝަން.
07 September 2025
ތިވެސް ތިކަމުގައި އަރާ ހުންނެވި ޑަކްޓަރެއް.