ވަގަށް އެތެރެކުރި ސިނގިރޭޓު ޝިޕްމަންޓުން ފޮށިތައް ނެރެނީ.-- ފޮޓޯ: ކަސްޓަމްސް
08 ސެޕްޓެމްބަރ 2025 - 15:17
ގާނޫނާ ހިލާފަށް ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
ކަސްޓަމްސް އިން ބުނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާއްމު ގަވައިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ސިއްރުން ރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދާ ކަމަށެވެ.
އެކަން ހައްލުކުރަން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ބުންޏެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގަވައިދުގެ ދަށުން ބިޑި އަދި ސުއްޓާ ކަހަލަ ދުންފަތުގެ ބާވަތްތައް އަމިއްލައަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެ ނުކުރެވޭނެ އެވެ. އަދި އެފަދަ ތަކެތި އެތެރެކުރެވޭނީ ވެސް އެކަމަށް ބޭނުންވާ ހައްސަ ލައިސެންސެއް ނަގައިގެންނެވެ.
ކަސްޓަމްސް އިން ބުނީ އެ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި އެއާ ހިލާފަށް ވިއްކާ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެހެންވެ، އެ އިދާރާއިން ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހާ ހުންނަ ދުންފަތުގެ ބާވަތްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން އިލްތިމާސްކޮށްފަ އެވެ.
ހުއްދަ ނުނަގާ ދުންފަތުގެ ބާވަތްތައް ވިއްކާކަން ނުވަތަ އެއްވެސް މުއާމަލާތެއް ކުރާކަން އެނގިއްޖެނަމަ ކަސްޓަމްސްގެ ހިލޭ ގުޅޭ ނަމްބަރު، 1416 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެ އިދާރާއިން އެދެ އެވެ.
ގާނޫނާ ހިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން ހުއްޓުވަން ކަސްޓަމްސް އިން ނުކުތްއިރު، މި ފަހުން އެ ފަދަ ބާވަތްތައް ވަގަށް އެތެރެކުރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. މިދިޔަ އޭޕްރީލް މަހު ވެސް އެ އިދާރާއިން ވަނީ ވަގަށް އެތެރެކުރި 13.6 މިލިއަން ސިނގިރޭޓު އަތުލައިފަ އެވެ. ނަމަވެސް، އެ ތަކެތި އެތެރެކުރި ކުންފުންޏެއް ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
08 September 2025
ޗައިނާ ތަންތަން ބަލާލަ ބަލާށެވެ.
ވިދުވަރު 459
08 September 2025
ފޯމެއް އެއްޗެއް ފުރާލާ ގޮތަށް އޮންނަނަމަ. ކާކު އުޅެނީ މިޒަމާނުގަ ގުޅާފަ ކިޔައިދޭން
މި ދަނީ
08 September 2025
ތި ހާއްސަ އޮޕަރޭޝަން ފައްޓާކަމާއި، ބަލަން ދާނެ ތަންތަންވެސް އިޢުލާނު ކޮށްފަ ދޯ ފައްޓަނީ؟
ހިނި އަންނާނެ ދީ
08 September 2025
އެތެރެކުރާ ގޮތާއި، އެތެރެކުރާ މީހުންނާއި، ގުދަން ކުރާ ތަންތަނާއި، އެ އަގުހެޔޮކޮށް ވިއްކާ ތަންތަން އާއްމު މީހާއަށް އެނގޭ އިރު، އެ ހޯދަން ހާއްސަ އޮފަރޭޝަން ހިންގާ ވާހަކަ ސުރުޚީގަ އޮތުމުން ހިނި އަންނާނެދޯ!
ދުވާފަރު
08 September 2025
މިކަން ކުރާގޮތް މިރާއްޖޭގެ އިންޓެލިޖެންސަށް ނޭގެންޔާ އެއީ ވަރަށް ބޮޑު މައްސަލައެއްނު ދޯ
މަގޭ ރާއްޖެ
08 September 2025
ކަސްޓަމްސްގެ ވެރިން ބުނެދީފާނަންތޯ ހޯވްކުސް ބޯޓް ތަކުން އެތެރެކުރާ ދުންފަތްތަކަށް ގުރީން ސިގުނަލް ލިބޭގޮތެއް؟
މިސްކިތު ހުޅުޖެހި މީހާ
08 September 2025
އެއްގަމާއި ވަޔާއި ކަޑުގެ ޕޯޓުތަކުގަ ކަސްޓަމުގެ އޮފިސަރުން ނުތިބޭތޯ.....ކީކޭ ބުނާނީ.
ފައިދާބޮޑު
08 September 2025
މިހާރު ވަގައް ދުންފަތްއެތެރެކޮއް ވިއްކުމަކީ ޑްރަގްއެތެރެކޮއް ވިއްކުމައްވުރެ ފައިދާބޮޑުވާނެ ވިޔަފާރިއެއްހެން މަށައްހީވަނީ އެހެންވެ ތިކަން އެހާ ފުޅާވެގެންއުޅެނީ. ދުންފަތް އެތެރެކުރަނިކޮއް ހިފިއްޖެއްޔާ ޑްރަގްއެތެރެކޮއްގެން ހިފިގެން ލިބާއަދަބައްވުރެ އަދަބު ކުޑަވާނެ. ދުންފަތަކީ ޑިއުޓީބޮޑަސް ވިއްކުން ހުއްދައެއްޗެއް އެހެންވެ އެވިޔަފާރި ގައުމުތެރޭކުރުމަކައް ބިރެއްނެތް.
ސަސި
08 September 2025
ބަލަ ވަގަަށް އެތެރެކުރާކަން އެނގޭއިރުވެސް އެކަމާ އަޅާ ނުލާ ތިބެނީ ހާއްސަ އިރުސާދެއް ނެތީމަތަ؟
އިސްމާލު2.0
08 September 2025
އިމްޕޯޓް ޑިއުޓީ ދުވަހަކު ނުދާހާ ދަށަށްގިސްފިވިއްޔާ.
ހުސެން ސައިދު
08 September 2025
ދުންފަތުން ނެގި ބޮޑު ޑިއުޓީއަށް ވުރެ ބޮޑު އަދަދެއް ދެން ވަގަށް އެތެރެ ކުރި އެއްޗެހި ހޯދަން ހަރަދުވީމަ ކިހިނެތް ދެކޮޅު ޖެހުނު ކަމެއް މީ؟ ބޯ މީހުން މަދެއް ނުވި، ޑިއުޓީ ވަކި އިތުރެއް ނުވި އެކަމަކު ބާޒާރުގަ ސިގިރޭޓް އަގުވީ ހެޔޮ..