ޚަބަރު / ރައްޔިތުންގެ މަޖިލިސް

މަސީހުގެ މައްޗަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

27 މާޗް 2017 - 09:04

239 comments
27 މާޗް 16:38

މަޖިލިހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން ބޭއްވި ނިއުސް ކޮންފަރެންސް ނިންމާލައިފި.

27 މާޗް 16:37

އަމީތު: މިއަދު މި ފެނުނީ މަޖިލިހުގެ ނިޒާމު ގެއްލުވާލި ތަން. މަޖިލިހުގެ ތެރޭގައި ހިނގި ކަންތައްތަކާ މެދު ހިތާމަކުރަން. ސަރުކާރުން މެމްބަރުންނަށް އިތުބާރު ނުކުރަންވީ ސަބަބެއް ނޭނގޭ؟ މެމްބަރުންނަށް ސަރުކާރުން ވެސް އިތުބާރު ކުރަން އެބަޖެހޭ. މަޖިލިހުން މި ދަސްވީ މަޖިލިހުގެ ރިޔާސަތަށް، މަޖިލިހަށް ބަދަލު އަންނަޖެހޭކަން. ގަދަބާރުން މަޖިލިސް ހިންގާ ކަމަށް ވަންޏާ ޑިމޮކްރެސީއެއް ނޯންނާނެ. މަޖިލިސް މިނިވަންކަމާ އެކު ހިންގުމުގެ ފުރުސަތު ދޭންޖެހޭ.

27 މާޗް 16:33

އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑުމެން މަސައްކަތް ކުރާނީ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއްގެ ގޮތުގައި. ދެން މައްސަލަ ހުށަހަޅާއިރު، މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަން ފެންނާނެ. އެވަރުގެ އަދަދަކާ އެކު މައްސަލަ ވައްދާނީ.

27 މާޗް 16:33

މަސީހުގެ ވޯޓަށް ފަހު ޕީޕީއެމްގެ މެމްބަރުން އުފާ ފާޅުކުރައްވަނީ

27 މާޗް 16:32

ގާސިމް އިބްރާހިމް: އެންމެ ފަހުން ރޯލް ކޯޓަކަށް ދިޔައީ ހަނދާންވާ ގޮތުން ހާއްސަ މަޖިލިހުގައި. މި މަޖިލިހުގައި ސަރުކާރަށް އެހާ ބޮޑު އަޣުލަބިއްޔަތެއް އޮތް އިރު ރޯލް ކޯލް ވޯޓަކަށް ދިޔައީ ކީއްވެގެންތޯ؟

27 މާޗް 16:30
27 މާޗް 16:30

އިބްރާހިމް މުހައްމަދު ސޯލިހް: އަޅުގަނޑުގެ ޕޯޓަލް ހެނދުނުއްސުރެ މަސައްކަތެއް ނުކުރޭ. ފެށުނީއްސުރެ ވޯޓިން މެޝިންތަކުގައި މައްސަލަތައް ހުރި.

27 މާޗް 16:29

ފާރިސް: މަހުލޫފު ވެސް ވޯޓު ދެއްވި ކަމަށް އޮތް. ރިޔާސަތު ބަލަހައްޓަވަން އިންނެވި މޫސާ މަނިކު ވޯޓުގައި ބައިވެރިވި ކަމަށް އޮތް. އަމީން އާންމު ވިދާޅުވީ އެ ދެ ވޯޓު އުނިކޮށްފައޭ ވޯޓު ގުނަނަނީ. ގޮނޑިތަކާ ދުރުގައި ތިއްބާ އަޅުގަނޑުމެންގެ ނަމުގައި ވޯޓު ލާފައި ވެސް އެބަތިބި. ރޯލް ކޯލް އަކަށް ދާން ނެގި ވޯޓަކީ ވެސް ބާތިލް ވޯޓެއް. އެތައް މެމްބަރުންނެއް ވިދާޅުވޭ ތިމަންނަ ވޯޓު ދެއްވި ގޮތަކަށް ނޫނޭ ފެންނަން އޮތީ. މިދިޔަ ތިން އަހަރު މަޖިލިސް ހިނގަމުންދާ ގޮތުގެ ކުޑަކުޑަކަ މިސާލެއް މިއަދު ފެންނަނީ.

27 މާޗް 16:25

އަބްދުﷲ ޝާހިދު: އަޅުގަނޑުމެން މިތިބީ މި ސަރުކާރުން ކަންތައް އޮޅުވާލާ މިންވަރު ހާމަކުރުމަށް. މިއަދު އިތުރު މިވީ އޭގެ ބޮޅެއް. މިއަދު ވެސް އެ ގަސްދުކުރީ ސަރުކާރުގެ މެމްބަރުން ކަސްތޮޅު އަޅުވައިގެން އެ ނާޗަރަންގީ ކުޅެން.

27 މާޗް 16:24

ފާރިސް މައުމޫން: މި މަސައްކަތް ނާކާމިޔާބުވި ކަމަކަށް ގަބޫލެއް ނުކުރަން. މަޖިލިހުގެ އުސޫލުން ބޭރުން ކަންކަން ދާތީ މި މައްސަލަ ހުށަހެޅީ ވެސް. ކުރިން މި ކަންތައް ފަހުމް ނުވާ ބޭފުޅުންނަށް ވެސް، މަޖިލިހުގެ ރައީސާއި ނައިބު ރައީސް މި ކުރަނީ ކީއްކުރަންކަން އެނގިއްޖެ. ކޮންމެ މެމްބަރަކަށް ހުންނަނީ އެކިއެކި ފިއްތުންތައްް ކުރިމަތިކޮށްފައި. ސަރުކާރުގެ ނުފޫޒުގެ ސަބަބުން، ސަރުކާރާ އެއްކޮޅަށް ވޯޓު ދެއްވަން ބޭނުންވޭ. އެއީ އަޅާނެ ފިޔަވަޅަކާ މެދު. މިއީ މިނިވަން ވޯޓެއް ނޫން. ގަވައިދާ އެއްގޮތަށް ނެގުނު ވޯޓެއް ނޫން. ބޮޑުވަމުން މި އަންނަ ޓީމާ އިތުރު މެމްބަރުން ގުޅެމުންދާ ތަން ފެންނާނެ.

27 މާޗް 16:21

އިބްރާހިމް މުހައްމަދު ސޯލިހް: މިއަދު ވެސް މި ފެނުނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކާއި ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް ކަންކަން ދިޔަ ތަން. މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން މިއަދު މި ހުށަހެޅީ މި ސަބަބަށްޓަކައި. މިއަދު ފެނުނީ ސަރުކާރަށް، ސަރުކާރުގެ މެމްބަރުންނާ މެދު އިތުބާރު ނެތް ތަން. އިތުބާރު އޮތް ނަމަ ސިސްޓަމަށް ވަަޑައިގަންނަވަންވީ ނޫންތޯ؟ އަޅުގަނޑުމެންގެ މަސައްކަތް މި ހިސާބުން ހުއްޓުނީ ނޫން. އަނެއްކާ ވެސް ވަރަށް އަވަހަށް މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނަން. އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ކުރާނަން.

27 މާޗް 16:19

ގާސިމް: މަޖިލިހުގެ ތާރީހުގައި ވެސް މިފަދަ ވޯޓެއް ނުނަގާ. ރޯލް ކޯޓަށް ދިއުމަށްޓަކައި އިލެކްޓްރޯނިކް ސިސްޓަމް ބޭނުން ކުރުމުން އެނގޭ އެއްޗަކީ އެ ސިސްޓަމް ރަނގަޅުކަން. މިގޮތަށް ނަގާ ވޯޓުތައް ސިއްރު ކުރުމަށް އަބަދުވެސް އަޅުގަނޑު އަންނަނީ ވަކާލާތު ކުރަމުން. އެއީ ރައްޔިތުން ބޭނުންވާ ގޮތަށް ވޯޓުލުމުގައި ބިރު ދައްކަމުންދާތީ.

27 މާޗް 16:16

ވޯޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ، މަސީހުގެ ވޯޓު ކުރިއަށް ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް.

27 މާޗް 16:13

މަސީހުގެ އިތުބާރު އޮތް ކަމަށް 48 މެމްބަރެއްގެ ވޯޓާއެކު ފާސްކޮށްފި. މިގޮތަށް ފާސްކުރީ އިދިކޮޅު އެއްވެސް މެމްބަރަކު ޗެމްބަރުގައި ވަޑައިގެން ނެތް.

27 މާޗް 16:07

ވޯޓަށް އަހަމުންދާއިރު، އިދިކޮޅު އެއްވެސް މެމްބަރަކު ޖަލްސާގައި ވަޑައިގެން ނެތް.

27 މާޗް 16:03

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓަށް އަހަން ފަށައިފި. ވޯޓަށް އަހަނީ ކޮންމެ މެމްބަރަކާ ވަކިވަކިން ސުވާލު ކޮށްގެން.

27 މާޗް 16:02

ޖަލްސާ އަލުން ފަށައިފި.

27 މާޗް 15:55

މަޖިލިހުގެ ޖަލްސާ އަލުން ފެށުމަށްޓަކައި ފަސް މިނިޓްގެ ރަނގަބީލު ޖަހައިފި. އަލުން ޖަލްސާ މި ފަށަނީ ރިޔާސަތުން ނަން އިއްވި މެމްބަރުން ސެކިއުރިޓީން ނެރުމަށް ފަހު. ނަމަވެސް ނަން ނުއިއްވާ އިދިކޮޅު މެމްބަރުން ޗެމްބަރުގައި އަދިވެސް އެބަތިއްބެވި.

27 މާޗް 15:52

މަޖިލިހުގެ އިދާރާގެ ބައެއް މުވައްޒަފުން ވެސް އެ އިދާރާގެ ގެލެރީތަކުން ނެރެފި.

27 މާޗް 15:51

އެމްޑީޕީގެ އޮފީހުގައި ބަހައްޓާފައި ހުރި ސައުންޑް ސިސްޓަމް ފުލުހުން ނަގަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

27 މާޗް 15:47

ފުލުހުން މިހާރު ވެސް ގެންދަނީ އެމްޑީޕީގެ އޮފީހުގައި ހަރަކާތްތެރިވަމުން. ފުލުހުން އެ އޮފީހަށް ވަނީ ކޯޓު އަމުރެއްގެ ދަށުން.

27 މާޗް 15:46

އެމްޑީޕީގެ އޮފީހުގައި ބަހައްޓާފައި ހުރި ސްޕީކަރުތައް ފުލުހުން ގެންގޮސްފި. ސްޕީކަރުތައް ބަހައްޓާފައި ހުރީ އެ އިމާރާތުގެ ދެވަނަ ބުރީގައި.

27 މާޗް 15:45

އެމްޑީޕީން ކުރި ޓްވީޓް

27 މާޗް 15:44

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެމްޑީގެ އޮފީހަށް ވަދެފި.

27 މާޗް 15:30
27 މާޗް 15:28
27 މާޗް 15:27
27 މާޗް 15:23

އަލީ ނިޒާރު ވެސް ނެރުނީ އުފުލާލައިގެން.

27 މާޗް 15:20

މަޖިލިހުގެ ރިޔާސަތުން ނަން އިއްވި 13 މެމްބަރުންގެ ތެރެއިން ޗެމްބަރުގައި ތިއްބެވި ބޭފުޅުން ނެރުމުގެ މަސައްކަތް ފަށައިފި. އެނގިފައިވާ ގޮތުގައި މެމްބަރު މުހައްމަދު ރަޝީދު ޗެމްބަރުން ނެރުނީ އުފުލާލައިގެން. މުހައްމަދު ރަޝީދުގެ އިތުރުން އަލީ އާޒިމް ވެސް ވަނީ ޗެމްބަރުން ނެރެފައި. ނަން އިއްވި މެމްބަރުންގެ ތެރެއިން ޗެމްބަރުން ބޭރުގައި ތިއްބެވި ބޭފުޅުން އަލުން ޗެމްބަރަށް ވެންނެވުމަށް މަޖިލިހުގެ އިދާރާގެ ސެކިއުރިޓީން ހުއްދައެެއް ނުދޭ.

27 މާޗް 15:10

މިއަދުގެ ޖަލްސާ އަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

27 މާޗް 15:07

މަޖިލިސް ހޫނުވެފައިވާއިރު، ސޯސަންމަގުން އެމްޑީޕީގެ އޮފީސް ކައިރީގައި މުޒާހަރާ ކުރިއަށް ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

27 މާޗް 15:04
27 މާޗް 15:02
27 މާޗް 15:01

މަޖިލިހުގެ ނިޒާމުގެ ނަގައިލުމުގެ ސަބަބުން 13 މެމްބަރެއްގެ ނަން އިއްވާފައިވާ ކަމަށް ނިހާން ވިދާޅުވޭ. އެއީ އަލީ އާޒިމާއި މުހައްމަދު އަބްދުލް ކަރީމާއި އީވާ އަބްދުﷲ އާއި މާރިޔާ އަހުމަދު ދީދީ އާއި އިމްތިޔާޒް ފަހުމީ އާއި މުހައްމަދު ފަލާހާއި ހުސެއިން އަރީފާއި މުހައްމަދު ނާޒިމާއި އަބްދުލް ޣަފޫރު މޫސާ އާއި އަލީ ނިޒާރާއި ފައްޔާޒް އިސްމާއީލް އާއި މުހައްމަދު ރަޝީދު އަދި މުހައްމަދު ވަހީދު އިބްރާހިމް.

27 މާޗް 14:59

މަޖިލިހުގެ ޖަލްސާ އަދިވެސް އޮތީ މެދުނޑާލާފައި. އެކަަމަކު ބައެއް މެމްބަރުން އަދިވެސް މަޖިލިހުގެ ޗެމްބަރުގައި އެބަތިއްބެވި.

27 މާޗް 14:57
27 މާޗް 14:57

މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު މެމްބަރުންގެ ނަންތައް އިއްވަމުން ގެންދެވީ، ރިޔާސަތުގެ މޭޒާ ދުރުގައި ކޮޅަށް ހުންނަވައިގެން. އޭރު އޭނާގެ ވަށައިގެން ސިފައިން ތިބި.

27 މާޗް 14:50

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިހުގެ ޗެމްބަރުގެ ތެރެއަށް ސިފައިން ވެއްދީ، މަސީހްގެ ވޯޓު އޮޅުވާލަން ކަމަށް.

27 މާޗް 14:48

ކުރީގެ ރައީސް ނަޝީދު ދެންމެ ކުރެއްވި ޓްވީޓް

27 މާޗް 14:47

މަޖިލިހުގެ އިދާރާގެ ސެކިއުރިޓީންނާ އެކު ޗެމްބަރަށް ވަދެވަޑައިގެން، ޖަލްސާ ކުރިއަށް ގެންދަވަން ނައިބު ރައީސް މޫސާ މަނިކު އުޅުއްވި ނަމަވެސް، އަނެއްކާވެސް މަޖިލިސް ހަލަބޮލިވުމުން ޖަލްސާ މިހާރު ވަނީ މެދުކަނޑާލާފައި. އަދި ޗެމްބަރު ދޫކުރައްވައި ނައިބު ރައީސް މިހާރު ވަނީ ވަޑައިގެންފައި. "އެއެއް މިއެއް ނޭނގޭ މިތަނަކު،" މަޖިލިހުގެ މެމްބަރަކު ވިދާޅުވި އެވެ.

27 މާޗް 14:45
27 މާޗް 14:41

ވަރަށް ގިނަ މެންބަރުންގެ ނަން އިއްވައިފި ކަމަށްވޭ. ނަމަވެސް ލައިވް ފީޑް ކަނޑާލައި ނޫސްވެރިންނަށް ވެސް މަޖިލީހަށް ވަނުން މަނާކޮށްފައި ވާތީ ސައްހަ މައުލޫމާތެއް ނުލިބޭ. މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ދެއްވާ މައުލޫމާތު ނޫން އެހެން މައުލޫމާތެއް ނުލިބޭ.

27 މާޗް 14:39

އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި، "ފެނޭ" ނުވަތަ "ނުފެނޭ" ބުނަންޖެހޭ ވޯޓު ނެގުމަށް މެންބަރުން ދިން ކަރުދާސްކޮޅުގައި ވަނީ ހަމައެނި "ނުފެނޭ".

27 މާޗް 14:38
27 މާޗް 14:36
27 މާޗް 14:36

ނިހާން ދެންމެ ޓްވީޓް ކުރެއްވި ގޮތުގައި މެންބަރު ފައްޔާޒާއި އަލީ އާޒިމްގެ ނަން ރިޔާސަތުން އިއްވައިފި.

27 މާޗް 14:33
27 މާޗް 14:31

ޖަލްސާ އަލުން ފަށައިފި ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެ. ލައިވް ފީޑް ވަނީ ކަނޑާލާފައި.

27 މާޗް 14:28

ޖަލްސާގެ އަލުން ފެށުމުގެ މަސައްކަތް ކުރާއިރު، ސިފައިން މަޖިލީހުގެ ޗެމްބާގައި-- ފޮޓޯ: ސޯޝަލް މީޑިއާ

27 މާޗް 14:27
27 މާޗް 14:23

ރިޔާސަތުގެ މޭޒު ވަށައިގެން ސެކިއުރިޓީން މިހާރު އެބަ ތިއްބެވި.

27 މާޗް 14:23

މަޖިލީހުގެ ސެކިއުރިޓީއާ އެކު ނައިބު ރައީސް ރީކޯ މޫސާ މަނިކު ޖަލްސާ އަލުން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެ.

27 މާޗް 14:22

އެމްޑީޕީ އޮފީސް ކައިރިއަށް ޖަމާވެފައި ތިބި ބައެއް މީހުންގެ މޫނަށް ޕެޕަސްޕްރޭ ޖަހައިފި ކަމަށް އެ ޕާޓީން ބުނެފި.

27 މާޗް 14:17
27 މާޗް 14:14

ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ދޮށަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފައި. ފުލުހުން ވަނީ މަޖިިލިސް ކައިރިއަށް ނުވަދެވޭ ގޮތަށް ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި.

27 މާޗް 14:13

މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަނީ: ފޮޓޯ: ސޯޝަލް މީޑިއާ

27 މާޗް 14:10

ރިޔާސަތުގައި އިންނެވި މޫސާ މަނިކާއި ޖަލުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ދެންމެ ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށް ދައްކާ. ރިޔާސަތުގައި އިންނަވާ ބޭފުޅަށް ވޯޓު ދެއްވޭނީ ދެކޮޅަށް ވެސް އެއްވަރަށް ވޯޓު ލިބޭ ހާލަތެއްގައި، ވަކި ގޮތަކަށް ނިންމަންޖެހޭ ހާލަތުގައި އެކަނި.

27 މާޗް 13:46

ޖަލްސާ މެދުކަނޑާލައިފި.

27 މާޗް 13:46

ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ މަސީހަށް ތާއީދު އޮތްކަމަށް ވޯޓު ދެއްވައި، ކަރުދާސްކޮޅުތައް ދައްކަވަމުން. އެކަމަކު މަޖިލިސް ތެރެ ވަރަށް ހަލަބޮލި.

27 މާޗް 13:44

އަޑުގަދަކުރަމުން ދަނިކޮށް ރިޔާސަތުން މޫސާ މަނިކު ވޯޓަށް އައްސަވައިފި.

27 މާޗް 13:44

އިދިކޮޅު މެންބަރުން ގޮވަމުން ގެންދަވަނީ ވަކިވަކި މެންބަރުންގެ ގާތު އަހައިގެން ވަކިވަކިން ވޯޓަށް ނޭހޭނެ ކަމަށް.

27 މާޗް 13:42

އިދިކޮޅު މެންބަރުން ގެންދަވަނީ ރިޔާސަތަށް ހުރަސް އަޅުއްވަމުން.

27 މާޗް 13:40

މެންބަރުންނާ ވަކިން ސުވާލުކޮށްގެން ވޯޓަށް އެހުމަށް ފާސްވީ 45 ވޯޓު ލިބިގެން. ދެކޮޅަށް ދެ މެންބަރަކު ވޯޓު ދެއްވި. ވޯޓު ނުދެއްވާ 1 މެންބަރަކު އިންނެވި. މަޖިލީހަށް ހާޒިރުވެ ތިއްބެވީ 83 މެންބަރުން.

27 މާޗް 13:39
27 މާޗް 13:38

ނިހާންގެ ހުށަހެޅުމަށް ވޯޓު ނެގީ އިލެކްޓްރޯނިކް ވޯޓިން ބޭނުންކޮށްގެން.

27 މާޗް 13:37

މަޖިލިސް ތެރޭގައި އަޑު ވަރަށް ގަދަ. ރިޔާސަތުން މަސައްކަތް ކުރައްވަނީ ނިހާން ހުށަހެޅުއްވި ގޮތަށް، މެންބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ވޯޓަށް އަހަން

27 މާޗް 13:35

އެނގިފައިވާ ގޮތުގައި އިދިކޮޅު މެންބަރުން ގެންދަވަނީ ވޯޓު ނަގަން އުޅޭ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން. ނޫސްވެރިންނަށް މަޖިލީހަށް ނުވަދެވޭތީ މަންޒަރުތައް ބަލަންޖެހެނީ ޓީވީން. އެހެންވެ، އެތެރޭގައި ހިނގާ ކަންކަން ރަނގަޅަށް ސާފެއް ނުވޭ.

27 މާޗް 13:34

ވޯޓަށް ރަނގަބީލު ޖެހުމާ އެކު އިދިކޮޅު މެންބަރުން ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހުން ފާޅުކުރަން ފައްޓަވައިފި.

27 މާޗް 13:32

ވޯޓަށް އެހުމަށް ޖަލްސާ އަލުން ފަށައިފި.

27 މާޗް 10:03

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ވޯޓު ނަގަން ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް. އޭނާ މިހެން ވިދާޅުވީ ވޯޓިން ސިސްޓަމާ މެދު ސުވާލު އުފައްދާ ކަމަށާއި އެހެންވެ ނަގާނީ "ރޯލް ކޯލް ވޯޓް" ނުވަތަ މެންބަރުންނާ ވަކިވަކިން ސުވާލުކޮށްގެން ކަމަށް ނިހާން ހުށަހަޅުއްވާފައި ވާތީ.

27 މާޗް 10:00
27 މާޗް 09:48

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ބަހުސް ނިންމާލިއިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ވާހަކައެއް ނުދައްކަވާ. ރިޔާސަތުން މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ ބަހުސްގައި ވާހަކަ ދައްކަވަން ފުރުސަތު ދެއްވީ ޕާޓީތަކުން އެދުނު މެމްބަރުންނަށް ކަމަށް. އެ މެމްބަރުން ވާހަކަ ދައްކަވައި ނިމުމުން، ޖަލްސާ މެދުކަނޑާލެއްވީ ކަމަށް ރިޔާސަތުން އިއުލާން ކުރެއްވި.

27 މާޗް 09:43

މައްސަލައާ ގުޅިގެން ބަހުސް ކުރައްވަން ބޭނުންފުޅުވާ މީހަކު ނެތް. އެހެންވެ ބަހުސް މި ހިސާބުން ނިންމާލިކަން އިއުލާނުކޮށްފި. ދެން ޖަލްސާ ފަށާނީ 1:30 ގައި. ދެން އޮންނާނީ ވޯޓު ނެގުން.

27 މާޗް 09:43
27 މާޗް 09:41
27 މާޗް 09:40

ފައިސަލް ނަސީމް: މީހަކާ ޒާތީ ކަމެއް ނެތް. ބޭނުމަކީ މަޖިލީހުގައި ޒިންމާ އަދާކުރެވޭނެ ގޮތް ހެދުން. މުއައްސަސާތައް މިނިވަންކުރުން. އޮޅުވާލުމެއްގެ ތެރެއިން ގާނޫނު އަަސާސީ ބަދަލުކުރުމަކީ ބޮޑު މައްސަލައެއް.

27 މާޗް 09:39

ކާށިދޫ ދާއިރާގެ ފައިސަލް ނަސީމް: ފާރިސް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއީދުކުރަން؛ މިހާރު ވެސް މި އިވެނީ ބިރު ދެއްކުމުގެ ވާހަކަތައް. އަޅުގަނޑުމެން ބިރެއް ނުގަނެ ހެއްދެވި ފަރާތް ދެކެ ނޫނީ. މިއީ ސަރުކާރާ ގުޅުން ހުރި ކަމެއް ނޫން. މި އުޅެނީ މަޖިލީހުގައި މަސައްކަތް ނުކުރެވިގެން. މިއަދު ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. އަޅުގަނޑުމެން މި އުޅެނީ ހޫނު ފެނަށް ވެއްޓިދާނެތީ ބަޔަކު ސަލާމަތް ކުރަން.

27 މާޗް 09:37

ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު: މިއީ ހަގީގަތެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ނޫންކަން މަސީހުގެ ބަޔާނުން ހާމަވެއްޖެ. އެންމެ ފަހުގެ ނިމަކަށް ވާނީ އިދިކޮޅު ފަރާތްތައް ތިބި ވަރަށް ވުރެ ވެސް ދަށު ދަރަޖައަކަށް ދާނެ. މިފަދަ ކަމަކާ ނޫޅޭ ވަރުގެ ބޮޑު ތަފާތަކުން ވޯޓު ހޯދާނަން. ރިޔާޒް ވެސް ވިދާޅުވީ މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނަގަން ތާއީދުކުރައްވާ ކަމަށް.

27 މާޗް 09:35

މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް މަޖިލިހުގެ ގޯތިތެރޭގައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

27 މާޗް 09:35
27 މާޗް 09:33

މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން، ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިހުގެ މެމްބަރުންތަކެއް ޖޭޕީގެ ލީޑަރު ގާސިމާ ވާހަކަ ދައްކާލައްވަނީ.---ފޮޓޯ: ހުސެއިން ވަގީދު/މިހާރު

27 މާޗް 09:32

ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ: އަތް ނަގައިގެން ވޯޓު ދޭން ތާއީދުކުރަން. ތާރީހުގައި ވެސް މަސީހު ވަރުގެ ގާބިލް ރައީސަކު ނާދޭ. ހުރިހާ މެންބަރުން މަސީހާ އެއްކޮޅަށް ވޯޓު ދިނުމަށް ގޮވާލަން. މިއީ ބަޔަކު އަމިއްލަ އެދުން ހާސިލް ކުރުމަށް ހުށަހަޅައިގެން އުޅޭ ކަމެއް. ތަފާތު ބޮޑު ނަތީޖާއަކުން މަސީހު ކާމިޔާބު ކުރައްވާނެ.

27 މާޗް 09:31

ރައްޔިތުން މަޖިލިސް ކުރާ ގެ ކުރިމަތީގައި މެމްބަރުންތަކެއް މަޑުކޮށްލައިގެން.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

27 މާޗް 09:31

މިއަދުގެ ޖަލްސާ ކުރިއަށް ގެންދާއިރު، ފުލުހުންތަކެއް މަޖިލިހުގެ އިދާރާގެ ބޭރުގައި މަޑުކޮށްލައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

27 މާޗް 09:31

މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމް: ފާރިސްގެ ހުށަހެޅުމަށް ތާއީދުކުރަން. މަސީހް ވަކިކުރުމަކީ މުހިންމު ކަމެއް. މަސީހް ވަކިކުރުމަކީ މަޖިލީހަށް ލާޒިމު ކުރާ ކަމެއް. ހުރިހާ ބޭފުޅުން ވެސް މަސީހަށް އިތުބާރު ނެތް ކަމަށް ވޯޓު ދިނުމަށް އެދެން. ވޯޓު ސިސްޓަމާ ބަޔަކު ކުޅޭ ކަމަށް އަޑު ފެތުރިފައިވޭ. އެކަން ބަލަން ޖެހޭނެ.

27 މާޗް 09:31

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

27 މާޗް 09:30

މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލިހުގެ އެކި ފިކުރުގެ ބޭފުޅުން، މަޖިލިހުގެ އިދާރާގެ ބޭރުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: ހުސެއިން ވަގީދު/މިހާރު

27 މާޗް 09:29

ޖުމުލަ ގޮތެއްގައި ހަލީލް ވިދާޅުވީ އެމްޑީގެ ވެރިކަމަކީ ގައުމުގެ ދީނީ، އިޖުތިމާއީ ފޭރާން ހަލާކުކޮށް ސިފައިންނާއި ފުލުހުންނަށް ޖެއްސުންކޮށް ބިރުވެރިކަން އުފެއްދި ވެރިކަމެއް ކަމަށް.

27 މާޗް 09:27

ޖަލްސާ ފެށިއިރު، މަޖިލިހަށް ވަޑައިގެން ތިއްބެވީ 66 މެމްބަރުން

27 މާޗް 09:25
27 މާޗް 09:25

ނިލަންދޫ ދާއިރާގެ އަބްދުﷲ ހަލީލް: މިއީ މަޖިލީހުގައި މަސައްކަތް ނުހިނގައިގެން ހުށަހަޅާ މައްސަލައެއް ނޫން. ސަރުކާރާއި ރައްޔިތުންނަށް ޖެއްސުން ކުރުމަށް ހުށަހެޅި މައްސަލައެއް.

27 މާޗް 09:23

މެޝިނު ބޭނުން ނުކޮށް، ވަކިވަކިން ވޯޓަށް އަހަން ނިހާން ހުށަހަޅުއްވައިފި. މަސީހަށް ތާއީދުކުރަން.

27 މާޗް 09:22

ނިހާން: މިއީ ކާމިޔާބީތައް ހަޖަމު ނުވާ ބަޔަކު ހުށަހެޅި މައްސަލައެއް. ވޯޓާ ގުޅިގެން ޝައްކު އުފެދޭ ކަންތައްތަކެއް އެބަހުރި.

27 މާޗް 09:22

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ފިކުރު ބެހިފައިވާ ގޮތް

27 މާޗް 09:21

ބަހުސަށް ހުޅުވާލައިފި. ފުރަތަަމަ ވާހަކަ ދައްކަވަނީ ނިހާން

27 މާޗް 09:20

27 މާޗް 09:20

ފާރިސް: މަޖިލިހުގެ ހިންގުމުގެ ނިޒާމު ކަށަވަރު ކޮށްގެން ނޫނީ ގާނޫނުއަސާސީން މަތިކޮށްފައިވާ ކަންކަން ކުރެވޭކަށް ނެތް. އެހެންވެ މި މައްސަލައާ މެދު މެމްބަރުން ވަރަށް ފުންކޮށް ވިސްނުމަށް ފަހު ވޯޓު ދެއްވުމަށް އެދެން.

27 މާޗް 09:19

މަސީހް ވިދާޅުވީ ގަވައިދުން ހުށަހެޅޭ ބިލެއް އައުމުން އެޖެންޑާ ނުކޮށް ނުހުރެވޭނެ ކަމަށް. މައްސަލަ ހުށަހަޅާފައި އޮތް ގަރާރުގައި ކުށެއް ވެސް އެބަ އޮތް. އިޖުރާއީ ގޮތުން ބަލާއިރު މިއީ ބޭރު ވެސް ކޮށްލެވިދާނެ މައްސަލައެއް.

27 މާޗް 09:19

މިހާރު ވާހަކަ ދައްކަވަނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް.

27 މާޗް 09:17

މަސީހް: އަޅުގަނޑުގެ ކިބައިން އެދެން ވާނީ އަޅުގަނޑަކަށް ކުރެވޭނެ ކަންކަން.

27 މާޗް 09:16

މަޖިލީހުގެ ރައީސަކީ ގަވައިދުގައިވާ ގޮތަށް، މަޖިލީހުގެ ނިންމުންތަކާ އެއްގޮތަށް ކަން ކުރަން ހުންނަ މީހެއް.

27 މާޗް 09:15

މަޖިލީހަށް ވަކި ބާވަތެއްގެ ބިލެއް ސަރުކާރަށް ނޫނީ ހުށަނޭޅޭ ކަމަށް ބުނާއިރު އެއީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތް ކަމަށް ދަންނަވަން: މަސީހް

27 މާޗް 09:13

ބިލެއް ހުށަހެޅިޔަސް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް. ކޮމިޓީތަކުގެ މަސައްކަތުގެ ޒިންމާ އޮންނާނީ ކޮމިޓީތަކުގެ މުގައްރިރުންނަށް. ސަރުކާރު ޒިންމާދާރު ނުކުރާ ވާހަކަ އަށް ރައްދު ދެއްވަމުން ވިދާޅުވީ އެފަދަ މައްސަލަ މައްސަލަތައް ދާނީ ކޮމިޓީތަކަށް ކަމަށާއި ވަޒީރުންނާ ސުވާލު ކުރެވޭ ކަމަށް.

27 މާޗް 09:12

އާންމުންނާއި މީޑިއާ އަދި ޖަމިއްޔާތައް މަޖިލީހުގެ ޖަލްސާ އަށް ނުވައްދަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓް

27 މާޗް 09:11

މަސީހް: މެންބަރުންގެ ގަދަރު ހިފެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މި އަންނަނީ ކުރަމުން. އަޅުގަނޑަށް ކުރާ ތުހުމަތުގައި އަސްލެއް ނެތް. އެއީ ދޮގު ވާހަކަ.

27 މާޗް 09:10

މަޖިލިސް ތެރެއަށް ވަންނަން ދިޔަ މީހުން ވެސް ފުލުހުން އެ ސަރަހައްދުން ފޮނުވާލައިފި

27 މާޗް 09:09

ޖަވާބުދާރީ ވުމަށް މަސީހު ވާހަކަ ދައްކަވަނީ.

27 މާޗް 09:09

އާންމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިއަދު މަޖިލީހުގެ ޖަލްސާ އަށް ވަންނަން ދިޔަ ނަމަވެސް އެއްވެސް މީހަކު ނުވައްދާ ކަމަށްވޭ. އަދި ނޫސްވެރިން ވެސް ބުނަނީ އެ މީހުން ނުވައްދާ ކަމަށް.

27 މާޗް 09:09

މައްސަލައިގެ ބަހުސަށް ދޮޅު ގަޑިއިރު ދީފައި ވާއިރު ޖަވާބުދާރީ ވުމަށް މަސީހަށް ކަނޑައަޅާފައި ވަނީ 30 މިނެޓް

27 މާޗް 09:08

ނޫސްވެރިންނާއި އާންމުންނަށް ވެސް މަޖިލީހަށް ނުވަދެވޭ.

27 މާޗް 09:08
27 މާޗް 09:07

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަނީ، އެ މައްސަލަ ހުށަހެޅުމަށް ފުރަތަމަ ސޮއިކުރެއްވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަަދު ރައްޔިތުންގެ މަޖިލިހުގައި ބާއްވާ އިރު މިއީ އަބްދުﷲ ޔާމީންގެ ސަރުކާރަށް މިހާތަނަށް މަޖިލިހުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ޗެލެންޖެވެ. ސަރުކާރު ކޯލިޝަނުން ބުނާ ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އިސްނެގުން ވަރަށް ފަސޭހައިން ނާކާމިޔާބުކޮށްލާނެ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ގޮނޑިން މަސީހު ބޭރުކުރެވޭ ވަރަށް ވޯޓު ހަމަވެފައިވާ ކަމަށެވެ. އިދިކޮޅު މީހުންނަށް މި ވޯޓް ކާމިޔާބުކުރެވެން އޮތީ ސަރުކާރު ކޯލިޝަނުގެ ބައެއް މެމްބަރުންގެ ވޯޓު ލިބިގެންނެވެ.

239 ކޮމެންޓް, 325 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 3%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިކަތީބު

27 March 2017

މިއަދުގެ ޖަލްސާ މުޅި ރާއްޖޭގެ އެންމެންގެ ސަމާލުކަމަށް ގެނުވާފަ އިދިކޮޅު ފަރާތްތަކުން ސާބިތުކޮއްދީފި، މަޖިލިސް ހިނގަނީ ގަވާއިދާ އެއްގޮތަށް ނޫންކަން. އަދި މަޖިލީހުގެ ރައީސް މަސައްކަތް ކުރަނީވެސް ވަކި މީހަކު ބުނާގޮތައްކަން. ހުރިހާ ހަޑިއެއް ސަރުކާރަށް. ރައްޔިތުންގެ އިތުބާރު އިތުރަށް ގެއްލިއްޖެ.

The name is already taken The name is available. Register?

އައްޑޫ ބަކުރު

27 March 2017

ހަމަ ރަންގަޅަށްވެސް ބޯހަލާކުވެއްޖެ. މިގޮތައްދާނަމަ ރިޔާސީ އިންތިހާބެއްވެސް ނޯއޮއްނާނެ ހަމައެކަނި ޕީޕީއެމް މެމްބަރުން ވޯޓުދީގެން ރައީސް ޔާމީނު ދެވަނަ ދައުރަކަށްވެސް ހޮވާނެކަމާމެދު ށައްކެއްވެސްނެއް.. މިއަދު ފެނިގެން މިދިޔައީ ވަރަށްވެސް ދަށުދަރަޖައިގެ އަމަލެށް އަދި މިވަރުން ވެރިކަންކުރަން އުޅޭބަޔަކު ރައިޔަތުން ވަޅުލާފަވެސް ވެރިކަން ކުރާނެކަން ހަމަ ޔަޤީން

The name is already taken The name is available. Register?

ކަމަނަ

27 March 2017

މި ޚަބަރު ކީ ގިނަ މީހުން ތިބީ ރުޅިއައިސް

The name is already taken The name is available. Register?

ޖަމަލޭ

27 March 2017

ގަދަބާރުން ،ނުހައްގުން ވެރިކަން ކުރި އެތައް ބަޔަކު ހިތިކޮށް ނިމިފައިވާތީ ތާރީހުން ފެނެއެވެ. ބާރުއޮތީމާ ފޮނިވެފާ އުޅެވިދާނެއެވެ.

The name is already taken The name is available. Register?

ޗިކުސް

27 March 2017

ގާނޫނު ހަދަންވެސް މިތިބީ މިމީހުން އެ ގާނޫނު މުގުރަންވެސް ވެސް ތިބީ އެމީހުން ، ރައްޔިތުން ވެއްޖެނުން ހޭލުންތެރިވާން މިކުޅޭ ގޭމައް. ބާރާއި ނުފޫޒް އޮތް ވަރު މިފެނިގެންދަނީ

The name is already taken The name is available. Register?

Mishy

27 March 2017

މި ފަދަ ދަށުދަރަޖައިގެ ބަޔަކު މަގޭ ގައުމުގައިތިބީތީ ހިތާމަކުރަން.. ޢިންސާނަކަށް އަޅުވެތިވުމުގެ ލާމަސީލު ނަމޫނާ ..

The name is already taken The name is available. Register?

ހުވަދޫ މޮހޮނު

27 March 2017

އިތުބާރު އޮތްްކަމަށް ފާސްވީކީ ނޫޏް ގަދަބާރުން ނުފޫޒު ބޭނުންކޮށްގެން ފާސް ކުރުވީ

The name is already taken The name is available. Register?

އައްޑޫ ރަދުން

27 March 2017

މިއަދަކު ވޯޓެއް ނުލެވުނު.ކުރިހާވެސް ކަމަކީ އެގޮތް މިގޮތް ހަދައިގެން މަސީހުއަށް ގޮޑި ލިބުނުކަމަށް ބުނުން.މިސަރުކާރަށް މިނޫންގޮތެއްނެތް.ރިޔާސީ އިންތިޚާބުގަވެސް މިގަނޑު ގަންނާނެކަމީ ޔަގީންކަމެއް

The name is already taken The name is available. Register?

އަލީޝާކިރު

27 March 2017

ގައުމަށް ޚިޔާނާތްތެރިވާ މެމްބަރުންނަށް ހާދަ ގިނަ ރައްޔިތުންގެ ބަދު ދުއާ ލިބޭނެޔޭ. ނިމުން ހާދަ ހިތިވާނެޔޭ.

The name is already taken The name is available. Register?

ޛދޖދ

27 March 2017

ހަގީގަުތުގަެި އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ މަސީހު ބޭރުކުރާކަށް ނޫން.......ގައުމު ހަލަބޮލި ކޮއްލަން...........ވ ސަލާން........

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454