ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ މ. މުލީގައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
23 ސެޕްޓެމްބަރ 2025 - 18:19
ތ. މަޑިފުށީ އިހްތިސާސްގައި ދާދިފަހުން ހިމެނި އެ އަތޮޅުގެ ދެ ފަޅުރަށް ކަމަށްވާ އުފުރިޔާ އާއި ކޮޅުފުށީގައި ރައްޔިތުންނަށް ފައިދާވާ އިގްތިސާދީ މަސައްކަތެއް ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
މަޑިފުށީގެ އިހްތިސާސްގައި އެ ދެ ރަށް ރައީސް ހިމަނައިދެއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ރައީސް މިއަދު ތ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން، އެ ދެ ރަށް ރަސްމީކޮށް މަޑިފުށީ ކައުންސިލާ ވަނީ ހަވާލުކުރައްވައިފަ އެވެ. އެ ދެ ރަށް ހަވާލުކޮށްދެއްވީ ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
އެރަށު ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވައި، ވިދާޅުވީ އެކި ރަށްރަށަށް ވަޑައިގެން ވައުދުތައް ވަނީ އެއީ ކޮށްދެވޭނެ ކަންކަން ކަން ސަރުކާރަށް ޔަގީންވާތީ ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ދަށް ހާލެއްގައިކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ މިހާރު އެ ދަތިކަމުން އަރައިގަނެވިފައިވާ ކަމަށެވެ. އަދި ބޭރުގެ އެއްވެސް ދަރަންޏެއް ޑިފޯލްޓް ނުވެ، ރާއްޖޭގެ ރަށްރަށުގައި ފަށާގައިވާ ބައެއް މަޝްރޫއުތައް ނިންމައި އަދި އަނެއް ބައި މަޝްރޫއުތައް އަލުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މަޑިފުށީ ކައުންސިލާ މިއަދު ހަވާލުކުރި ދެ ރަށުގައި ރައްޔިތުންނަށް ފައިދާވާނެ މަސައްކަތެއް ވީހާ ވެސް އަވަހަށް ފެށުމަށް ރައީސް އެދިވަޑައިގަތެވެ.
"ރަށުން އެ ދެ ރަށް އިހްތިސާސްގައި ހިމަނަން ބޭނުންވެ، ކައުންސިލްގެ ރައީސާ މި ހަވާލުކުރި ލިޔުމަކީ ހަމައެކަނި ލިޔުމެއް ނޫން. އެއަށްވުރެ މާ ބޮޑަށް ވިސްނަވާފައި، ވަރަށް ބޮޑަށް ދުރަށް ވިސްނަވާފައި އިގްތިސާދީ ގޮތުން ކަންތައްތަކެއް ކުރުން،" ރައީސް ވިދާޅުވި އެވެ.
އެ ރަށު ރައްޔިތުން އެ ދެ ރަށް ބޭނުން ކުރާނީ ވެސް އިގްތިސާދީ މަސައްކަތް ކުރުމަށްކަން އެނގިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނުވެ ވަޑައިގެންފައިވާ ވައުދުފުޅު ފުއްދަވައިދެއްވާފައިވާ ކަމަށެވެ.
ރައީސް ވަނީ މަޑިފުށީ ރައްޔިތުންގެ އުފާ ފާގަތިކަމާއި ރައްޔިތުންގެ މުސްތަގުބަލަށް ފައިދާވާނެ ޕްލޭނެއް އެކުލަވާލައި، އެ ދެ ރަށުގައި މަސައްކަތް ފެށުމަށް ކައުންސިލަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި އެ ދެ ރަށުގައި ކުރާ އެފަދަ މަސައްކަތްތަކަަށް ސަރުކާރު ތެރެއިން ދޭން ޖެހޭ ހުރިހާ ހުއްދައެއް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުށިދިއްގަރު
24 September 2025
މަޑިފުށިގަ އެއަރޕޯޓެއް ނާޅުއްވަންތޯ؟
މިއައު
23 September 2025
އަސްލު މިގޮތަށް ވަކި ވަކި ތަންތަންކޮޅު ބެހުމުން ގައުމެއްގެ ގޮތުގަ މިގެންނަން ޖެހޭ ބެލެންސް ގެނެވޭނެެތޯ؟ ޓުއަރިޒަމް ގެ ފައިދާ އ އާއި ކ އަތޮޅަށް ބަހާފަ މިކަހަލަ މިކަހަލަ ގޮތަކަށް މިކަން ކުރަންވީމަ އާބާދީ މިކުޑަ ގައުމަށް އަސްލު ކުރާނެ އަސަރުތަކަކީ ކޮބައިބާ؟ މިދައްކަނީ ކުޑަ ކައުންޓީއެއްގެ އާބާދީގެ ވާހަކަ 5 ލައްްކައެއް ހާ މީހުން. ރާއްޖޭގަ އެބަހުރި މީހުން ދިރިއުޅޭ ރަށްރަށް ތިކަހަލަ އެއްވެސް ރަށެެއް ކައިރިން ދެވެން ނެތްވެސް. އަހަންނަށް ނޭނގޭތީ އަހާލީ
އެއްފަސްކުރުން
24 September 2025
5 ލައްކަ މީހުން އެކި ތަންތަނަށް ބެހިގެން ތިބޭތީބެ އެކަމުގެ ފައިދާ މި ނަގަނީ ސިޔާސީ މީހުން. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް މަދުކޮށް، ބޮޑެތި ބިންތަކަށް މީހުން އެއްފަސްކޮށްގެން ނޫން ގޮތަކަށް ރާއްޖޭގެ ހާލަތެއް ބަދަލެއް ނުވާނެ. ޤައުމުގެ ޚަޒާނާގެ މަންފާ ލިބެނީ މަދު ބަޔަކަށް.