ކަނޑޫދޫ ރައްޔިތުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެމްބަރ 2025 - 16:28
ތ. ކަނޑޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހަވާލުކުރި ކުންފުނިން އެ މަޝްރޫއުުގެ 96 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް ބުނެ ސަރުކާރަށް އޮޅުވާލާފައިވާ މައްސަލައެއް އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަމާލުކަމަށް ގެންނަވައިފި އެވެ.
ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ކަނޑޫދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އަތޮޅުގެ އިތުރުން ވ. މ އަދި ފ. އަށް މި ބުރުގައި ކުރެއްވި ދަތުރުފުޅުގައި ވަރަށް ގިނަ ކަންކަން ސާފުވެފައިވާ ކަމަށެވެ.
މަޝްރޫއުތަކާ ގުޅޭ ގޮތުން ކުންފުނިތަކުން ސަރުކާރަށް އޮޅުވާލާފައިވާ އެނގިވަޑައިގެންފައިވާކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކަނޑޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ހަވާލު ކޮށްފައިވާ ކުންފުނިން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ދީފައިވާ މައުލޫމާތާއި ކޮށްފައި ހުރި މަސައްކަތުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ.
އެ މަޝްރޫއުގެ ފުރިހަމަ ތަފްސީލު އެ ކުންފުނިން ސަރުކާރަށް ދީފައި ނުވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.
ރައީސް މުއިއްޒު ކަނޑޫދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިއަދު ބޭއްވި ޖަލްސާ އަށް ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް
"ސަރުކާރުގެ ކަމާ ބެހޭ ވުޒާރާ އަށް ވެސް އަދި ރައީސް އޮފީހަށް ވެސް މައުލޫމާތު ލިބިފައި އޮތީ އެ މަޝްރޫއުގެ 96 ޕަސެންޓު މަސައްކަތް މިނިފައިވާ ކަމަށް. އެހެންވެ އަޅުގަނޑުމެން ބެލީ އެ މީހުން ލައްވާ މަސައްކަތް ނިންމާފައި އެ ގޮތަށް ކޮމިޝަން ކުރަން. މިއަދު [ކަނޑޫދު އަށް] އައީމާ އެނގިގެން ހިނގައްޖެ ވަރަށް ބޮޑުތަނުން އަދި އެ އަށް ވުރެ ވަރަށް ފަހަތުގައިކަން އުޅެނީ،" ކަންބޮޑުވުމާ އެކު ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ވަރަށް ސީރިއަސްކޮށް އެ މައްސަލަ ބައްލަވައި ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
"...ޓާމިނޭޓް ކުރަންޏާ ކޮށްފައި ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން. ޓާމިނޭޓްކޮށް އާ ބަޔަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީ އަޅުގަނޑުމެން އިސްކަން ދެނީ އެ ބަޔަކު ލައްވާ މަސައްކަތް ނިންމޭތޯ. މި ރަށުގެ ސިއްހީ މަރުކަޒަށް ވެސް ވީ އެ ގޮތަށް."
ކަނޑޫދޫގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު އަލުން ފަށައި އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު މިއަދު ދެއްވި އެވެ.
ރައީސް މުއިއްޒު ކަނޑޫދު އަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާ ސަަބަބު ހާމަކޮށްދެއްވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނިން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރެ އެވެ. އެކަމަކު، ވިދާޅުވީ ސަރުކާރު ބަދަލުވުމުން އެ މަސައްކަތް މަޑުޖެހި، މިދިޔަ އަހަރުގެ ފަހުކޮޅާ ޖެހެންދެން މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މަޝްރޫއުތައް ހުއްޓުމުގައި އޮތީ ފައިސާގެ ދަތިކަން ނޫން ކަމަށެވެ.
އޭގެ އިތުރުން ކަނޑޫދޫގެ ސިއްހީ މަރުކަޒުގެ މަޝްރޫއު ވެސް ހަވާލުކުރި ކުންފުންޏަށް ފުރުސަތު ދީގެން ނަމަވެސް ވީހާވެ ސް އަވަހަކަށް ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތައް އެޅުމަށް ބޭނުންވާ ފައިސާ ކުންފުނިތަކަށް އެއްކޮށް ދޫކޮށްފައިވާއިރު، ބައެއް ރަށްރަށުގައި މަސައްކަތަށް ވުރެ އިތުރަށް ވެސް ފައިސާ ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު އަރުޝް
25 September 2025
މިދިޔަ ސަރުކާރުގެ ހުރިހާ ހަޑިއެއް ސާފްކޮށް ރައްޔިތުންގެ ކަންކަން ހަމަޔަކަށް އަޅުވާނެ ވެރިޔަކަށް ވާނީ މި ރައީސް. އިންޝާﷲ
ޝަހުމް އާދަމް
25 September 2025
މިހެންވެ ބުނަނީ ސޯލިހް ސަރުކާރުން ހުރިހާ ކަމެއްވެސް ހުރީ މިހެން އޮޅުވާލާފަޔޭ.
ށަލިމާ
25 September 2025
ކޯޑިނޭޓްކުރަން ބޮޑު މުއްސަސާއެއް އޮވޭދޯ. ތީ ކުންފުނީގެ މައްސަލައެއްނޫން. ސަރުކާރުގެ ދޯހަޅިކަން ތިފެންނަނީ
އަދދ
25 September 2025
ކަލޭމެން ހަބަރު ލިޔާއިރު ކުންފުނީގެ ނަން ޖަހާލަބަލަ ހޯދާފަ
ދޮންފަނުބޭ
25 September 2025
13 އޮގަސްޓުގައި ދޮންފަނަށް އައިފަރާތަކުން ދޮންފަނު ރައްޔިތުންނަށް ދޮގުމަޢުލޫމާތުދީ އޮޅުވާލައިފި. ދެންހަދާނީ ކިހިނެއް؟ ޓަކިޖަހަންވީ ކޮންދޮރަކު؟
ތެދުމަޢުލޫމާތު ދޭންވާނީ އެންމެންވެސް
25 September 2025
މީ ހާދަ އެހެން ކަހަލަ ކަމެކޭ ދޯ. ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ތާރީޚު ކަނޑއަޅާފަ ކޮށްދޭނަމޭ ކިޔާފަ ބުނާ ތާރީޚު ފަހަނައަޅާ އަހަރެއްވާއިރުވެސް ނުބުނެ ސޮރީ އޭ އެތާރީޚް ޞައްޙައެއް ނޫނޭ. މަޢުލޫމާތު ރަނގަޅު ކޮށްލާފަ އެއީ ހަމަ ހޮޅި ވަޢުދެކޭ ބުނެލިއްޔާ ރަންގަޅު. ބަޔަކު ސަރުކާރު ޕްރޮޖެއްޓެގެ ޕްރޮގްރެސް އާ ބެހޭ މަޢުލޫމާތު ދިން އިރު ޞައްޙަކަން ނެތުމުން މިހާ ވަރު އަރުވާލަނީ. ހުރިހާ އެންމެންވެސް ތެދުބުނަން އާދަ ކުރައްވާ. ސަރުކާރުންވެސް
1206
25 September 2025
ސަރުކާރުން ހަވާލުކޮށްގެން ހިންގާ ސަރުކާރު މަޝްރޫއުތަކުގެ ކުރިއެރުން އަސްފައި އޮތްނެތް މިިންވަރު ސަރުކާރަށް ކަށަވަރުކުރެވިފައި ނެތުމަކީ ވަރަށް ލަދުހުތުރު ބޮޑު ކަމެއް. މިއިން އެނގެނީ ސަރުކާރުގައި ހިންގުންތެރިކަމެއް ނެތް ކަން. ނުވަތަ މި ކަންކަން ގާތުން ބަލައި ހިނގިނުހިނގި ބެލުމުގެ ޒިންމާއާ ހަވާލުވެ ތިބީ މަގާމުގެ މަސްއޫލިއްޔަތަށް ކުފޫ ހަމަނުވާ މީހުންކަން. އެހެންވީމާ ފުރަތަމަ ރަނގަޅުކުރަންވީ ސަރުކާރުގައި ހުރި ފީކަޅާ ސިފަތައް.
ފިލާ
24 September 2025
ޕްރޮޖެކްޓް މީގެ ފަހުން މޮނިޓަރ ކުރަންވާނީ ސީދާ ރައީސް. ޢަދި 4000 ފްލެޓްގެ ކަންތައްވެސް. ޢެތަނަށް ސިޓީ އެއް ލައިގެން އުޅޭތާ މިހާރު 2މަސް ވެއްޖެ. ޢެއްވެސް ހަބަރެއް ނުވޭ. ޢެ އޮފީސް ހައސިންގއަށް ގޮސްފިން. ޢަހަރެމެންގެ ޓެކްސް ފައިސާއިން ލާރި ދީފާ ތިބޭ މީހުން މިހާރު ތިބެނީ އަހަރެމެން ނިކަމެތިން އެތަނަށް ގޮސް ރިސެޕްޝަނުގެ ކުދިންނާއި ވާހަކަދައްކާ މަންޒަރު އެތެރޭގައި ކެމެރާ ހަރުކޮށްގެން ބަލަން.އަހަރެމެންގެ ނިކަމެތިކަމާމެދު ހީސަމާސަކުރަން.ދެރަވޭ.ކީއްކުރާނީ
ޢައިޝ
25 September 2025
މިހަމަ ތެދެއް..ފޯނުކުރިއަކަސް ދުވަހަކު ފޯނުނުނަގާ..ވަރުވަރުން ސިޔާސީމީހުންނާއި އެތަކެެއްމުވައްޒަފުންތިބޭއިރުފޯނުނަގާނެމީހަކުނުވޭ..ރައްޔިތުންގެތެރެއިންބަޔަކު ބޯހިޔާވަހިކަމަށް އެދިސަލާންޖަހާފޯމްފުރަންތިއްބާއިއްޔެމެންދުރުމާލެއަށްވައްޓާލާމީހުންނަށްފުލެޓްއެބަލިބޭ..މާލޭގަ26އަހަރުވީމީހުންތިއްބާ.
އަނީމް
24 September 2025
ކޮންމެ ކަމެއް އެހެން މީހުން ބޮލުގަ އެޅުވުން ކުރާކަމަކީ.. ބަލަ އެމީހުން %90 ނިމިފައޭ ހުރީ ބުނީމަ ގަބޫލު ކުރަން އެމީހުން މަސައްކަތް ކުރީ އެހެން ޕުލެނެޓެއްގަތަ.. ކަނޑޫދޫގަވެސް ބޮޑަތި މުސާރަ ދީފަ ތިބަޭ ސިޔާސީ އެތައް ބަޔަކު ތިބޭނެކަން ޔަގީން.. އެމިހުންނަށް ގައިމު ފެންނާނެތާ މަސައްކަތް.. މީހަކު ހައިރާނެއް ނުވާނެ..
ްގަވާއިދު
25 September 2025
ގަވާއިދުގައި ބުނޭ ސަރުކާރުން ޕްރޮޖެކްޓް އޮފިސަރަކު ހުންނަންޖެހޭނޭ! ޕްރޮގްރެސް ރިޕޯޓުގަ ސޮއިކުރާނެ އޭނާ! ދޮގު ހެދިޔަސް ފުކެއް ބޮޑުވަރު މީ. ނޫސްވެރިންވެސް ވާނުވާ ބަލާފަ މިކަހަލަ ޚަބަރު ޖަހާނަމަ އޮޅުން ފިލާހެން
ޙޮލޝ
24 September 2025
މާ ބޭކާރު ވާހަކަ ގިނައީ..ކޮން 80 އިންސައްތަ އެކޭ ތިކިޔަނީ، ކޮންތާކު އޮތްއެއްޗެއް އެއީ..ރަތްމަންދޫ މީހިން ބަދަލު ކިތަންއުޅޭ