ފޭޒްލީން.
27 ސެޕްޓެމްބަރ 2025 - 12:17
ޓިކްޓޮކްގައި މަަޝްހޫރު އައިމިނަތު ފޭޒްލީން ހުއްދަ ނެތި ގެއަކަށް ވަދެ، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރުމުން ކަފާލާތުގެ ދަށުން ދޫކޮށްލަން ކޯޓުން ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފޭޒްލީން، 49، އޭނާގެ އުފަން ރަށް، ގދ. ތިނަދޫގައި ގެޔަކަށް ވަދެ އިންޒާރު ދިން މައްސަލައިގައި އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ނިންމީ 10 ގަޑިއިރު ތެރޭގައި 10،000ރ. ދެއްކުމުން ބަންދުން ދޫކޮށްލުމަށެވެ.
އެކަމަކު ކޯޓުން ދީފައިވާ 10 ގަޑިއިރު ތެރޭ ކަފާލާތުގެ ފައިސާ ނުދައްކައިފި ނަމަ 15 ދުވަހަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުން ބުނެފައިވާ ގޮތުގައި ފޭޒްލީން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ 11:38 ހާއިރު ތިނަދޫ ގެއަކަށް ހުއްދަ ނެތި ވަދެ އެ ގޭގައި ތިބި ކުޑަކުދިންތަކަކަށް ހުތުރު ބަހުން ޒުވާބުކޮށް މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގައި ކަމަށެވެ.
ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދުން ދޫކުރާ އުސޫލެވެ. ކުރިން ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ކަފާލާތު ދެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް އެކަންޏެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް މިދިޔަ އަހަރު ވަނީ އެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.
ކޯޓުތަކުގައި ކުށް ސާބިތުވާ މީހުންނަށް ވެސް އަދަބު ކަނޑައެޅުމުގެ ކުރިން ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރެވޭ ގޮތަށް އެ ގާނޫނަށް ބަދަލު ގެނެސްފައިވެ އެވެ. އެކަމަކު ކަފާލާތުގެ ދަށުން ބަންދުން ދޫކުރިޔަސް ފުރުން މަނާކުރުމާއި ކޯޓުން އަންގާ ގަޑިއަކަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުން ފަދަ ޝަރުތުތައް ކުރެވިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗޯޓާ ބާއީ
27 September 2025
ކަލޯ ލައްކަ ބާރުވެރިޔޭ ދޯ މި ކަންބަލުން
ޙުވާ
27 September 2025
ދެން މީނަގެ އަޑުގެ އޯޑިއޯ އަޅައިގެން ޓިކޮޓޮކް ހެދި މީހުންވެސް ހަމަ ހައްޔަރުކުރަންވީ.
ކިޓްކެޓް
27 September 2025
ތިއޮތީ ލާރިގަނޑެއްލިބޭގޮތްވެފަ
ވޮޗްމޭން
27 September 2025
ޓިކްޓޮކްގައި މަަޝްހޫރު އެއް ނޫން އޭނާއަކީ "އިންފޭމަސް" މީހެއް މި ބަހަށް ދިވެހި ބަހެއް އެބަ ބޭނުންވޭ.
ކޮރަލް
27 September 2025
އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ނިންމީ 10 ގަޑިއިރު ތެރޭގައި 10،000ރ. ދެއްކުމުން ބަންދުން ދޫކޮށްލުމަށެވެ. ކުއް ކޮށްފަ ،، މިއޮތީ އާ ކުޅިވަރެއް ފަށާފަ އެވެ. ފައިސާ ދީފަ މިނިވަން ވުމެވެ.
ބލމގ
27 September 2025
ގާނޫނު ކިޔާލުން ބުއްދިވެރި. ވާހަކަ ދެއްކުމުގެ ކުރިން
ޢޭންޖަލް
27 September 2025
ކަންކަމުގަ ބަންދުކުރާ މީހުންގެ ފޮަޓޯޖަހާ. ފޭޒްލީންގެ ނުޖަހަނީކީއްވެ
ބލމގ
27 September 2025
ފެންނަން އިން ފޮޓޯ ކުޑައީތަ؟
ސުބޫ
27 September 2025
އިންޓަނެޓް ސްލޯ ކަމުން ފޮޓޯ ލޯޑު ނުވަނީސް ކޮމެންޓު ކޮށްލީ ދޯ؟
ސާބހޭ
27 September 2025
އެ ބުނީ މަގް ޝޮޓް ކޮބާހޯ
ވޭނީ އުދާސް
27 September 2025
ޓިކްޓޮކްގަ ހަޑިހުތުރު ބަހުން މުއާމަލާތް ކުރާ ހުރިހާ އެއްމެންގެ މައްސަލަ ތަހްޤީޤް ކޮށްބަލަ ނިކަން. ނިކަމެތި މީހާ އަށް ދެރަގޮތް ހެދުމުގެ ބަދަލުގައި ހަމަ ހަމަކަމާއި އެކުު މީސްމީހުންގެ އަބުރު ކަތިލަކުން ދުވާ އެއްމެންގެ މައްސަލަ ތަހްޤީޤްކޮށް ފިޔަވަޅު އަޅާބަލަ.
ހަސަނަ
27 September 2025
އަނގަހުތުރު ބަސްތައް ކިޔާމީހުން ހަމަ މިގޮތަށް ރިޕޯޓުކުރަންވީ.