އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު: ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ ކުށްތަކަށް އަރައިގަންނަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި. --ފޮޓޯ: މަޖިލިސް
06 އޮކްޓޯބަރ 2025 - 11:30
އެމްޑީޕީން މިދިޔަ ހުކުރުދުވަހުގެ ރޭ ކުރި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ފުލުހުންނާ ކުރިމަތިލައި ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށާއި މިފަދަ ކުށްތަކަށް އަރައިގަންނަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ އެމްޑީޕީގެ މުޒާހަރާއަކީ "އާދަޔާ ހިލާފު ނުރައްކާތެރި" މުޒާހަރާއެއް ކަމަށެވެ. ބައެއް މެމްބަރުން މުޒާހަރާގައި ފުލުހުންނާ ކުރިމަތިލީ "ދުވަހަކު ވެސް އަޅުގަނޑުމެންނަށް ނުފެންނަ ގޮތަކަށް" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހިތާމަކުރަން، ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު [މައުރޫފް ޒާކިރު] އަަޅުގަނޑު ދެކުނިން ބެރިކޭޑެއް ތެރެއަށް [ވަދެ] އޮއްވާ، ވަދެގެން އޮވެ، ފުލުހުންނަށް ހުރަސްއެޅި މަންޒަރު،" ފަލާހް ވިދާޅުވި އެވެ.
"ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަަކަށް ހުރެ އެފަދަ އަމަލެއް ކޮށްފިއްޔާ، އަޅުގަނޑުމެން މި ގަވާއިދާއި ގާނޫނުއަސާސީއަށް ވެސް އިސްލާހު ގެންނަން ޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވިޔަސް އެވަރުގެ ކުށެއް ކޮށްފިއްޔާ، އެ މެމްބަރެއްގެ ގޮނޑި ގެއްލެން ޖެހޭނެ އިއްޒަތްތެރި ރައީސް."
އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހް ވިދާޅުވި ގޮތުގައި، ގާނޫނުން އެގޮތަށް ކަނޑަނާޅާ ނަމަ ރައްޔިތުންނަށް ފެންނާނީ މެންބަރުންނާއި އާއްމުންނާ ދެމެދު ތަފާތުކުރާ މަންޒަރެވެ.
"އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ ކުރިއަށް އޮތް ތަނުގައި، ހެދިފައި މިހިރަ ގާނޫނުތަކާއި ގަވައިދު ތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް، އިސްލާހުތަކެއް ގެންނަން،" ފަލާހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި، ޖިނާއީ ކުށެއްގެ ސަަބަބުން ގެއްލޭނީ އެ ކުށުގެ އަދަބަކަށް އެއް އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާ ހާލަތުގަ އެވެ. އެ ނޫން ގޮތަކަށް ގޮނޑި ގެއްލޭނީ ހޮވުނު ޕާޓީން ވަކިވުުމުން ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު، މިއީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ކަނޑައަޅަން އެ މައްސަލަ އޮތީ ސުޕްރީމްކޯޓަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
06 October 2025
ނޫސްވެރިންނަށް ލާއިންސާނީ އަދަބުދޭން ގޮވާ މަޖިލިސް މެމްބަރުންގެ ގޮޑިއަށް ކިހިނެތް ވާންވީ؟
ާއުނިމާ
06 October 2025
މިހާރު ގޮނޑި ގެއްލޭގޮތްތައް އެއޮތީ ލިޔެފަ ނޫންތޯ ! އެވަރުންވެސް ނުފުދޭ ކަމަށްވަންޏާ ތިޔަ ޕޮއިންޓްވެސް ލިޔުއްވާ، އެކަމަކު ފަހުން ވެރިކަން ބަދަލުވީމާ ޖަބުރޯލޭ ނުކިޔުއްވައްޗޭ !
ޢަލީ ކުރުސީ
06 October 2025
މިއަށްވުރެ ޤާބިލް މީހަކު އަޅެފަހެ ނެތީތަ ހަމަ ޕީ.ޖީ ލީޑަރަކަށް ލާން؟
ތޮއްޅޭ
06 October 2025
މަޖިލީހުގެ ގޮނޑީގެ ވަކި އިންސައްތައެއް ޕޮލިހުންނައް ލިބޭގޮތް ހަދަން ފަލާހުމެނައް ކެރިދާނެތަ؟؟!
ޖާގަ
06 October 2025
ފުރަތަމަ ތިބޭޅާ ބިން ގަތްގޮތް ބަލާބަލަ.
އިސްކޮޅު
06 October 2025
އިންސާގެ ދުލެއްއޮތަތީވެ ހަމަހުރެފަ ބަސްތަކެއް އަމުނާލަނީ އެވަރިހަމަ ކިއޭނުކިއޭއެއްޗެއް ނޭގުނަސް. ޤައުމުގެ ރައްޔިތުމްގެ ވިންދާ ގުޅޭކަންތަކުގެ ވާހަކަ ތިޔަދައްކަނީ. ޖަވާބުދީބަލަ ވައުދުވިގޮތައް ތައިލެންޱުން ނާއި ޔޫއޭއީން ދޭންބުނި އާސަންދަ ވީތަނެއް؟
މަބުނާނީ
06 October 2025
އޭނަ އެތާއުޅުނީ ސުލްހަވެރިމުޒާހަރާއެއް ކުރާގޮތަކަށްނޫން. އެއީ އާއްމު މެމްބަރެއްނަމަ އެރޭ ހައްޔަރުކޮށް ޖިނާއީ ދައުވާކުރާނެ. މެމްބަރުންގެ އިމްތިޔާޒުވެސް ވަކިހައްދެއްގެތެރޭ އޮންނަންޖެހޭނީ.
ވަރަށް ވެދުން
06 October 2025
ފިލްމު ނިމެނީ.....2 އަހަރު ހިގައްޖެ
އަންޒަފް
06 October 2025
ލޮލް
ކޮސްތަޅަނީ
06 October 2025
ބިރުން ކުރާ ކޮސްކަންތަކުން ފަހުން އަމިއްލަ ގޮނޑި ގެއްލޭނީ!! ތިޔަކަހަލަ ޤާނޫނު ރައީސްޔާމީނުވެސް ހެދި! އެއްމެފަހުން ހުރިހާ ގެއްލުމެއް އެމަނިކުފާނަށް ލިބުނީ!!