ނަސްރު ބޯޓު އަޑިއަށް ދަނީ.-- ފޮޓޯ: އެމްއެންޑީއެފް
16 އޮކްޓޯބަރ 2025 - 15:35
މާލެއިން މުދާ ބަރުކޮށްގެން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ ބޯޓެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ "ނަސްރު ބޯޓު" ދިޔަވާތީ، އެއިން ދަތުރުކުރި ފަސް ފަޅުވެރިން ސަލާމަތްކޮށް ކޯސްޓުގާޑު އުޅަނދަށް ނަގާފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ނުލިބެ އެވެ.
ފޮލޯމީ އެޕް ދައްކާގޮތުން، ހދ. ނޭކުރެންދޫގައި ދުއްވާ އެ ބޯޓު އަޑިއަށް ދިޔައީ ޅ. އޮޅުވެލިފުށި ކައިރިއަށެވެ. އެ ބޯޓު މާލެއިން ފުރައިގެން ކ. ގާފަރަށް ގޮސް، އެ ރަށުން ފުރާފައިވަނީ މިއަދު ހެނދުނު 6:48 ގަ އެވެ.
ނޭކުރެންދޫ ކައުންސިލުން ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވީ މުދާ ހިފައިގެން ވަރަށް ގިނަ ހިސާބުތަކަށް އެ ބޯޓު ދަތުރުކުރާ ކަމަށެވެ.
އެކި ރަށްރަށަށް މުދާ ބާލަމުން، އެންމެ ފަހު ރަށެއްގެ ގޮތުގައި ނޭކުރެންދުއަށް ދާން ހަމަޖައްސާފައި އޮތީ ގާތްގަނޑަކަށް ދެ ދުވަސް ފަހުންނެވެ.
"ސީދާ ގެއްލުމެއް ސާފެއް ނުވޭ އެކަމަކު ކޮންމެ ފަހަރަކު ވެސް މުދާ ބަރުކޮށްގެން މި ދަތުރުކުރަނީ،" ކައުންސިލުން ވާހަކަދެއްކެވި މެމްބަރު ވިދާޅުވި އެވެ.
މުދާ ހިފައިގެން ދަތުރުކުރަން އެ ބޯޓު ބޭނުންކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާއިރު، މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެފައިވާ މި ދުވަސްވަރު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ކަމާގުޅުން ހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫސުސުމަށްބަލާށޭ
17 October 2025
މިހާރަށް މޫސުން ގޯހޭ، މޫސުމަށް ބަލައިގެން ނޫނީ ދަތުރު ނުކުރާށޭ ކިޔާއިރު ވެސް ފަރުވާ ބެހެޓުމެއް ނޯވޭ. ކިހިނެތް ވެފައި ތިބޭ ބައެއްތަ
މިއޮތް ވިއްސާރައިގަ
16 October 2025
ދެން ތި ބޯޓުގެ ވެރިޔާ މުދާތަކުގެ ވެރިފަރާތަކަށް ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ.. ކަނޑު މިހާ ގަދައިރު ނުޖެހޭ ކަނޑު މައްޗަށް ނުކުންނާކަށް މީހުންގެ މުދާ ހިފައިގެން.
ރަނގަޅު
17 October 2025
ދައުވާ ކޮށްގެންވެސް ގަދަވީމަ މައިތިރިވާގޮތެއް ހަދަންވެއްޖެއެއްނު.
ބައިރޯ
17 October 2025
މުދާ އިންޝޫރަންސް ކުރަމާ!!!!!
ބޭކާރުފައިސާ
17 October 2025
ނުޖެހޭ ބޭކާރު ފައިސާތަކެއް އިންޝޫރެންސޭ ކިޔާފަ ކުރާކަށް!!!! ކަނޑު ގަދައޭ ގަދައޭ ގޮވާއިރު ދަތުރު ކުރާކަށް ނުޖެހޭ!!!!
ރަދީފްއޮފިޝަލް /
16 October 2025
ހާދާހާ ދެރައޭ.މޫސުން ގޯސްކަން އެނގިތިބެ ގަދަ ކަނޑުތަކުން ދަތުރުކުރަން ނިކުތުން އެއީ ކުށެއް.ބޯޓު އަޑިއަށް ދިޔުމުގެ ސަބަބުން ކިތައް ބައެއްގެ ހައްގަށްތޯ އުނިކަން ލިބުނީ.މިހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބުނުކަން އެއީ އުފަލެއް.ވ.ވެދުން
ބޒވސޗ
16 October 2025
ރައްކާވެތިބިއްޔާ ދަތުރު