އަދާލަތު ޕާޓީން މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ. ފޮޓޯ: އަދާލަތު ޕާޓީ
20 އޮކްޓޯބަރ 2025 - 18:22
އަދާލަތު ޕާޓީން މިދިޔަ ދެ އަހަރު ތިބީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމްކޮށް، ސަރުކާރަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތަށް ސިޔާސީ މަސައްކަތް ބައްޓަންކޮށްގެން ކަމަށާއި ނަމަވެސް އެ ޕާޓީ މިހާރު އޮތީ ސަރުކާރު ހަމަމަގަށް އެޅުވުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނު ފަހުން ސިޔާސީ މަަސައްކަތާ ދުރުގައި ރާއްޖޭން ބޭރުގައި އުޅުއްވި އިމްރާން އަދާލަތު ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޕާތީގެ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރައްޔިތުންނަށް ރަނގަޅުވާ ގޮތަށް ސަރުކާރު ހިންގާ ނަމަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އެއްވެސް ދަތިކަމެއް ނާންނަ ގޮތަށް ކަމަށެވެ. ސަރުކާރު ހިނގަމުންދާ ގޮތް ގާތުން ބަލައި އެކަމުގައި ޕާޓީއެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަކީ ވެސް އަދާލަތުގެ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް މިއަދު ސަރުކާރަށް ދެ އަހަރެއްހާ ދުވަސް ވާން ގާތްވެފައި ވާއިރު، އަޅުގަނޑުމެނަށް ސަރުކާރު ހިނގަމުންދާ ގޮތަށް ބަލާއިރު ވަރަށް ސާފުކޮށް ފެންނަން މި އޮތީ މިއަދު ސަރުކާރުގައި، ސަރުކާރެއް ހިންގުގެ ސިޔާސަތުގެ ގާބިލިއްޔަތުކަން ނެތްކަން،" އިމްރާން ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ނުޖެހި ފެއިލްވަމުންދާ ކަަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. އިގުތިސާދީ ރަނގަޅު ވިސްނުމެއް ނެތް ކަމަށާއި އެ ވިސްނުން ހުރި މީހަކު ދައްކާ ވާހަކަ އަޑު އަހަން ވެސް ސަރުކާރުން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ފާޑުކިޔާ މީހުން ދައްކާ ގިނަ ވާހަކަތައް ތަކުރާރުކުރެއްވުމަށް ފަހު އިމްރާން ވިދާޅުވީ ރައްޔިތުން މިއަދު ތިބީ "ރުޅިގަދަވެފައި" ކަމަށެވެ.
"[ސަރުކާރުގެ މަސައްކަތްތައް ކޮށްގެން ފައިސާ ނުދޭތީ] ޖީއެސްޓީ ނުދައްކައިގެން ނުވަތަ ކޯޓާތަކަށް ގެނެސްފައި ތިބޭ ބިދޭސީންގެ މައްސަލައިގައި ކުންފުނިތަކުގެ ވެރިން ޖަލަށްލާ ހިސާ ދިޔައިމާ ރާއްޖޭގެ ވިޔަވާރިވެރިންނެއް ދެން މަޑަކުން ނުތިބޭނެ. މިކަންކަން ހަމަ މަގަށް އަޅުވަން ރައްޔިތުން ނުކުންނާނެ،" އިމްރާން ވިދާޅުވި އެވެ،
އެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި އެ މަސަައްކަތުގައި ރައްޔިތުންނާ އެކު ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައްޔިތުން ބިކަވެ ހާލުގައި ޖެހުނީމާ ވެރިކަން ކުރަން ބަޔަކު ތިބުމުގެ ބޭނުމެއް ނޯންނާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިކަންކަން ހަމަ މަގަށް އަޅުވަން ރައްުޔިތުން ނުކުންނާނެ. އެކަމަށް މިއަދު ވަނީ މަސައްކަތް ފެށިފައި، ރައްޔިތުން އެ މަސައްކަތުގައި ބާރަށް ކުރިއަށް ގެންދަވާ، އިރާދަކުރެއްވިއްޔާ އެ މަސައްކަތުގައި ތިޔަ ބޭފުޅުންނާ އެކީ އަޅުހގަނޑުމެން އެބަ ތިބިން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން މިމޭރުމުން ވާހަކަދެއްކެވި އިރު އިދިކޮޅު އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރާނެ ކަން އަދާލަތުން ކުރިން އޮތީ އިއުލާނު ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮހޮއްތުބެ
27 October 2025
މިއީ އުރަތްޕެއް ނެތް ބައެއް
ދިގަލި
22 October 2025
އަދާލަތަށް ޤައުމުގެ އެއްވެސްކަމެއް ހަމަ މަގަށް އެޅުވޭނެބާ؟ ތީ އަސްލު ވަގުތު ބަލާފަ އަލަށް އަންނަ ސަރުކާރުން ބައެއްނަގައިގެން މާލީ ނަފާ ހޯދަން ތިބޭ މުއްލާ ގުރޫޕެއް؟ ބާނީއަކީ އިމްރާން. ދިރިއުޅުމަށް ކުރާ މަސައްކަތަކީ ހުސް އަނގަތަޅައިގެން ރައްޔަތުންގެ ފައިސާއިން ދިރިއުޅުން. ވަރަށް ސަލާމް. އެމްޑީޕީއަށް ނަސޭޙަތްތެރިވަން މި ގުރޫޕާ ކައިރިނުވަން. ސަރުކާރު ބަދަލުވަނީ އަދާލަތުގެ ސަބަބަކުންނޫން. ވެރިކަން ކުރެވޭގޮތާ ރައްޔަތުން ހިތްހަމަ ނުޖެހުނީމަ،
އިބްރާހީމް
21 October 2025
ފުރަތަމަ އަމީނީ މަގު ހަމައަކަށް އަޅުވަބަލަ. ވަރަށް ރާޅުބާނީ ގިނަ.
ޑރ ވާންޗޯ
21 October 2025
އަދާލަތުން 2 އަހަރުވަންދެން ބަލަންތިބީޔޯ، އެބައިއޯކޭ . ދެންތިޔަބުނީ މިނިކުތީ ސަރުކާރު ހަމަމަގަށް އަޅުވާށޭ. ކޮބައިތޯ އެހަމަމަގަކީ، ތިޔަބުނާ ހަމަމަގަށްގެންދަން ކުރެވޭނީކީއްތޯ. ކަމެއްކުރެވޭނެ އާރެއްބާރެއް ހުރީކީނޫން، ކުރީގަ ކޮންމެސްވަރެއްގެ ސަޕޯޓަރުންކޮޅެއްތިބި. އެމީހުންވެސް ޕާޓީބޮޑުންގެ އަމިއްލައެދުން ފެނިފަ ފިލައިފި.
ގޮހޮޑާ
21 October 2025
ޢިމްރާން ދައްކާ ވާހަކަ ނޫހެއްގަ ލިޔުނަސް، މީނާ ޓްވީޓެއް ކުރިޔަސް އެއަށް ތާއީދުކޮށް ކޮމެންޓެއް ކޮށްލާނެ މީހެއް ނުވާ އިރުވެސް ސިޔާސީ ކަންކަމުގައި ބަސްކިޔަން ލަދެއް ނުގަނޭ. ސިޔާސީގޮތުން އެއްވެސް އުރަތްޕެއް ހުރި މީހެއް ނޫން ޢިމްރާނަކީ. ސިޔާސީ ގޮތުން ބުރަދަނެއް ހުރިނަމަ އިންތިޚާބީ މަޤާމަކަށް ކުރިމަތިލީމަ ހޮވުނީސް. މަޖިލީހަށް ކުރިމަތިލީމަވެސް ދިޔައީ ޗޮކުން
ކޮސްް
21 October 2025
ގިރިތަކަށް އަރައި ކޮރަޕްޝަނުން ހަފުސްވެ ދަރަނިނަގަމުން ގޮސް ގައުމު ފުނޑާލިއިރު އެ ސަރުކާރާއެކު ބައިވެގެންތިބެ ޗުޕުވެސް ނުކިޔާ ތިބެފަ މިއަދު އަޅެ ލަދެއްވެސް ނެތީތަ މިމީސްމީހުން ރައްޔިތުން ކުރިމައްޗަށް އަރައި އަނގަހުޅހުވަން. ރައްޔިތުން ހަނދާނެއް ނުނެތޭ އިސްކޮސް ތިތިބަމީހުން އުޅުނުވައްތަރެއް. ލަދުން ބޯހަލާކު. ތިތަބަ މީހުން މޭކަރަނީ ގައުމު ހަމަ މަގަށް އަޅުވަމުންދާތީ
ކުޅިބަލާ ޕާރޓީ
21 October 2025
ކުޅި ބަލަންތަ ދައުލަތުން މި ޕާރޓީ އަށް ފައިސާ މި ދެނީ؟
އަލިބޯ
21 October 2025
ތިޔަތާގަ އެބައިންތަ އަޅެ އިމްރާން ނޫނީ ޢަދާލަތު މީހެއް، އަޅެ ތިޔަބޭކަލުން ބުނެބަލަ،
1206
21 October 2025
އަދާލަތު ޕާޓީ އުވާލުން އެންމެ ރަނގަޅުވާނީ. އަދާލަތު ޕާޓީގެ މެންބަރުންނަށް ދަންނަވަން، އެ ޕާޓީން ވަކިވެވަޑައިގަތުމަށް.
ކައުންސެލަރު....
21 October 2025
ކަލެއަށް ކޮންހަމަމަގަކަށްތަ އެޅުވެނީ ޖަލްސާއަށްއަރާހުރީ ކޮންމެސް ނޫހެއްގެ ފްރަންޓްޕޭޖްގެ ގަނޑެއް ހިފައިގެން. މިވަރުގެ މީހެއްމީ. އަދިއެބަ ވާހަކަ ދައްކައޭ ލަދެއްނެތިގެން