ދައުވާ ލިބޭ ހަތަރު ބޭފުޅުން މިއަދު ޝަރީއަތުގެ މަޖިލީހުގައި: ދައުވާއަށް ވަނީ އިންކާރުކޮށްފައި
20 އޮކްޓޯބަރ 2025 - 18:08
ކުރީގެ ސަރުކާރުގައި ހުޅުވާލި ގެދޮރުވެރިޔާ ސްކީމުން ޝަރުތު ހަމަނުވާ ބަޔަކަށް އުސޫލުން ބޭރުން ޕޮއިންޓު ކަނޑައަޅައި، ފްލެޓް ދިން މައްސަލާގައި ހައުސިން މިނިސްްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފްލެޓް ކޮމިޓީގެ މެމްބަރުންތަކަކަށް ކުރާ ދައުވާއަށް އެ ބޭފުޅުން މިއަދު އިންކާރު ކުރައްވައިފި އެވެ.
ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާކުރީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް މީހުންނަށް އުސޫލާ ހިލާފަށް ފޮއިންޓު ދީ ޝަރުތު ފުރިހަމަނުވާ ބަޔަކު ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާތީ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. އެ ބޭފުޅުންނަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
އަކްރަމްގެ އިތުރުން ދެން ދައުވާކުރަނީ ފްލެޓް ކޮމިޓީގެ މެމްބަރު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު އާރިފާއި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު އަހްމަދު ވިޝާން ނަސީމް އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު ލިރުޣާމް ވަހީދުގެ މައްޗަށެވެ.
ހަތަރު ބޭފުޅުންނަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު، ހުރިހާ ބޭފުޅުން ވެސް ވަނީ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. އަކްރަމްގެ ގާނޫނީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޝަރުތު ހަމަނުވާ އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ދިނުމަށް އަކްރަމް ކުރެއްވި ކަމެއް ނޯންނާނެ ކަމަށާއި އުސޫލާ ހިލާފަށް އަކްރަމް ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
އަދި މަގާމާއި ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އަކްރަމް ކުރެއްވި އެއްވެސް ކަމެއް ވެސް ނޯންނާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންވެ، ދައުލަތުން އަކްރަމްގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކުރާ ކަމަށް ވިދާޅުވި އެވެ.
އަނެއް ތިން ބޭފުޅުން ވެސް ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އެ ބޭފުޅުންނާ ދެކޮޅަށް ހުރި ހެކިތައް ހާމަކޮށްފަ އެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ ދިފާއީ ހެކި ހުށަހެޅުމާއި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް މިއަދު މުއްދަތު ދެއްވައިފަ އެވެ. އެ މުއްދަތުތަކަށް ފަހު، މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ކުރަމުންދާއިރު އެ ތަހުގީގަށް އަކްރަމާއި އޭރުގެ ބައެއް އެހެން އިސް ވެރިންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދޫކުރި މައްސަލާގައި ދައުވާކުރަން ފޮނުވިއިރު، 76 ޕޮއިންޓުގެ ގުރުއަތު ނުނަގައި 75 ޕޮއިންޓަށް 300 ފްލެޓް ދިން މައްސަލައެއް ވެސް ހައުސިން މިނިސްޓްރީން ވަނީ ތަހުގީގުކޮށްދޭން އޭސީސީއަށް ހުށަހަޅައިފަ އެވެ. ފްލެޓްތަކުގެ ސޮއި ކުރުމުގެ މަރުހަލާގެ ތެރެއިން ފެންމަތިވި އެ މައްސަލާގައި އެދިފައި ވަނީ، ފްލެޓް ދިނުމުގެ އުސޫލާ ޚިލާފަށް، ވަކި ބަޔަކަށް މަންފާވާ ގޮތަށް ފްލެޓް އެލޮކޭޓްކޮށްފައިވާ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.
މިނިސްޓްރީން ބުނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ހަމަޖައްސައިދީފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުގައި އާއްމުކުރުމާ އެކު ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ. އެތައް ބަޔަކު އޭސީސީއަށް ޝަކުވާ ހުށަހެޅި އެވެ. އެ މައްސަލަތައް ބެލުމަށް ފަހު އޭސީސީން ބުނީ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަށް ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢިޚްލާޞްތެރި ބަޔަކި ނެތް
21 October 2025
މި ސަރުކާރަށް ވޯޓްދިނީ، ކަންކަން އިސްލާޙްކުރަން، އެކަމަކު މި މީހުންގެ ނުބައިކަމުން، މުޒާހަރާ ކުރުވައިގެން، ސަރުކާރަށް ދުއްތުރާ ކޮށް މިވެރިންގެ ނުހައްގުޝަރުޠުގެ ލިސްޓަށް މިސަރުކާރުން ފްލެޓްތައް ބަހާލީ، އެއްވެސް ނުފޫޒެއްނެތް ނިކަމެތިން މިސަރުކާރުލިސްޓުން ކަޓުވާފަ ޕާޓީމީހުންނަށް ވިއްކާބެހީ ގެޒެޓްވެސްނުކުރަނީ އެހެންވެ. އިބޫއަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ކުލީ އެޕާޓްމަންޓަށް ޕޮއިންޓްދީގެން ބެލި ރައީސް، އެފަހަރުވެސް ތެދުވެރި ހައްގުވެރިން ކަޓުވާލީ
ނަފާ
21 October 2025
އެމްޑިޕީ ވެރިކަމަށް އައިސް ފުރަތަމަވެސް ދައުވާ ކުރާނި މުއްތަލިބު މައްޗަށް ސަބަބަކީ މައްސަލަ ހައްލުނުކޮށް ނުބައިކޮން އޮތް ލިސްޓަށް ފުލެޓް ދިނުން،
އާބަކުރު
21 October 2025
އަކުރަމުތަ! ސުވާލެއް ނެތް. ތެދެއް ނަހަދާނެ.
ނަން ނުލިޔެވެނީ ކޮމެންޓް ނުޖަހާނެތީ
21 October 2025
ޢެމްޑީޕީ ގެ ދާއިރާތަކުހެ ރައީސުންގެ ލިސްޓާ އެމްޕީންގެ ލިސްޓަކީ ދޮގު މަޢުލޫމާތުން ޝަރުޠުހަމަ ނުވަނީސް ލިސްޓް ގަ ޖަހައިގެން ދިން ފްލެޓް މިއެންމެން އެގްރިމެންޓްގައި ސޮއިވެސް ކޮށްފި. ބައެއްމީހުން އަނބިފިރި ދަރިންނަށްމީ 2 ވަނަ ފްލެޓް، މާލޭގަ އުޅޭ މީހުން މިހާލުގަ ތިއްބާ، ބައެއް އާއިލާތައް ރަށުން ވެސް އެއަންނަނީ އަމިއްލަ ފްލެޓަށް، ވިނަރެސް ޑަޢުން ޕޭމަންޓް އެތަށް ރައްޓެއްސަކު ނުދައްކާ އެތިބީ، 17 ނޮވެމްބަރުގަ ނުހައްގުން ފްލެޓް ދިން މީހުން ނެރެގެން ކުރޭ،
އަންދަލޫސިޔާ
20 October 2025
76 ޕޮއިންޓުން މަތިން ލިބުނު މީހުންގެ %80 މީހުން ދޮގު މަޢުލޫމާތު ދިންކަމަށް އޭސީސީ ތަޙްޤީޤަށް ސާބިތުވޭ. 75 ލިބުނު އެންމެންނަށް ދީފައި 74 އަދި 73 އަށް ދޭން ވެސް ފްލެޓް ހުންނާނެ. އިންސާފު ޤާއިމުކުރޭ!
ސުން
20 October 2025
ފުރަތަމަ ކަމަކަށް 76 ޕޮއިންޓް ދީފަހުރީ ރަނގަޅަށްތޯ ބަލާބަލަ.އަހަރުމެން މާލޭގައުޅޭތާ 28 އަހަރު ވެއްޖެ.15 އަހަރު ނުވާ މީހުންނަށް ފުލެޓް .
ޖަމީލާ ރަޤީބު
21 October 2025
ގާދިއްފުށިންނާ ތ އަތޮޅުން ދިނީ އެމްޑީޕީ، ދާއިރާ ރައީސް އިބޫއަށް އެރުވި ލިސްޓަށް، އޭގައި އޭނާގެ އަނބިދަރިންނާ ވަންހަ ދިލަކޮޅުވެސް ހިމެނޭ، ޝަރުޠު ހަމަނުވޭ ގިނަމީހުން މާލެ އައިސް 5 އަހަރުވެސް ނުވޭ، ބައެއް މީހުން، އަނބިދަރި ފިރިންނަށް ލަގްޒަރީ، ވިނަރެސް ފްލެޓްތައްވެސް ހުއްޓާ ދީ ސޮއިކޮށްފައިސާވެސް ދައްކައިފި، އެހެން ދާއިރާ ތަކުގެ ގޮތެއް ނޭގެ. ބައެއް މީހުނަށް ފްލެޓް ދޭން ގުޅާފަ ފޯމްލައްވާވެސް އެބަހުރި.ޢެމްޑީޕީން އެމީހުން ނެރެގެން މުޒާހަރާ ކޮށްލާ، ހެހެ