ފުލުހުންގެ ޝީލްޑެއްގައި މީހަކު އަތް ޖައްސާލައިގެން: އައްޑޫ ޕޮލިސް ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުނު ފުލުހަކަށް ދައުވާކުރަން ވަނީ ޕީޖީއަށް ފޮނުވައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 ނޮވެމްބަރ 2025 - 11:51
އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ފުލުހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ ޕޮލިސް ކޮންސްޓެބަލް ސ. ހިތަދޫ، ފުނަގެ، މުހައްމަދު ނައުފް ނަސީމް، 25، އައްޑޫ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ވާތީ، އެ ރޭ އޭނާ ހައްޔަރުކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އޭނާ 15 ދުވަހަށް ބަންދުކުރި ކަމަށާއި ބަންދުގެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވުމުން އޭނާ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަދް ލަދް
02 November 2025
އެކަމަކުވާ ކަލޭނޭ. ނޫސްތައް ފުރެންދެން ފުލުހުންގެ ޖަރީމާ.
ވެރިން
02 November 2025
ކިހިނެއް ދެން ތިމީހުން ނަށް އިތުބާރު ކުރާނީ،ތި މުއައްސަސާ އަށް މިހާރު ރައޔިތުން އިތުބާރެއްނުކުރޭ
ނިލްނަތު
02 November 2025
ޕީޖީ އޮފީހަށް ފޮނުވިޔަސް އޭނަގެ މައްޗަށް ކުރަނީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ އެކަނި. އެކަމަކު ޓްރެފިކިން މިންގަނޑަށް ފެތޭ ވަރަށށް ފެނުނު! މިއީތޯ އިންސާފަކީ، މެންބަރެއްގެ ގާތް ބަޔަކަށް ވީމަ މިހަދަނީ މިހެން.
ދުނބުރި އީސަ
02 November 2025
ހާދަ ދެރަ ވަޑާމެކޭ. ކިހިނެތްތަ ދެން ހަދާނީ؟