އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓްރީގެ އާ ވެބްސައިޓް ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
03 ނޮވެމްބަރ 2025 - 12:12
ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށް، އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ފަސޭހައިން ބަލައިލެވޭ ގޮތަށް ހަދައިފި އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ މައުލޫމާތު ހިމަނައިގެން މިދިޔަ އަހަރު ހެދި އެޑިޔުކޭޝަން މިނިސްޓްރީން އާ ވެބްސައިޓުގައި އެކަޑަމިކް ކަލަންޑަރު އާންމުކުރަމުން އައީ ޕީޑީއެފް ކޮށެވެ.
މިހާރު ދިރާސީ ކަލަންޑަރު ޝާއިއުކޮށްފައި ވަނީ ސްކޫލް ދުވަސްތަކާއި ބަންދު ދުވަސްތަކާއި އިމްތިހާނު ދުވަސްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތައް ވެސް ވަކިން، ފަސޭހައިން ބެލޭ ގޮތަށެވެ.
މީގެ އިތުރުން ޓާމްތަކުގެ ދުވަސްތައް ވެސް ވަކިން ފެންނާނެ އެވެ.
Ministry of Education | Official Website
ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައި
ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފައި
މިހާރު އާންމުކޮށްފައިވާ އަންނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ 27 ގަ އެވެ. އެ ޓާމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.
އަންނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2 ގަ އެވެ. ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ބޮޑު ޗުއްޓީ ލިބެނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.
އަންނަ އަހަރުގެ ކަލަންޑަރުގައި، ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ހުރީ ވަކިކޮށްފަ އެވެ. އަދި ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު އެވެ. އެކަމަކު، ކޮވިޑުގެ ބަލިމަޑުކަމުގައި އައި ހުއްޓުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން އޭރުގެ ސަރުކާރުން، ދިރާސީ އަހަރުގެ ފެށުން އޮގަސްޓު މަހަށް ބަދަލުކުރި އެވެ. އެއީ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހު 2021 ގަ އެވެ. ނަމަވެސް ބެލެނިވެރިންގެ އެދުމުގެ މަތިން މިހާރު ވަނީ ކަލަންޑަރު ބަދަލުކޮށް އަންނަ އަހަރުން ފެށިގެން ޖެނުއަރީގައި ކިޔެވުން ފަށާ ގޮތަށް އަނެއްކާވެސް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކްސިް
03 November 2025
ދެން 200 ރަށުގަ 2025 ގަ އޭޓީއެމް ބަހައްޓަން އުޅޭ ގައުމަކަށް މި ވަރު އޯކޭ ދޯ
އަޅެ
03 November 2025
ކުރިން އިން ޕޑފ ފައިލް ވެސް އެ އީ ހަމަ ޑިޖިޓަލައިސް ކޮށްފަ އިން އެއްޗެއް. އޭތި ވެސް ވަރަށް ފައްކަލޭ
ޑޯޗާ
03 November 2025
ސްޕޮޓިފައި މިއުޒިކް ޑިޖިޓަލް ޕްލެޓް ފޯރމެއް މެސިވް ޑޭޓާ ބޭސްދޯ އެއީ އެގޮތަށް ރާއްޖޭގެ ސްކޫލް ތަކުގައި ކިޔަވާ ދޭ ސަބްޖެކްޓްސް ތައް ޑިޖިޓަލް ކުރެވި ލެސެން ޕްލޭންސް އެން އެކްސްޕްލެނޭޝަން ޔޫ ޓިއުބް ޗެނެލްސް ތައް މެދުވެރިކޮށް ހުންނަން ޖެހޭނީ ޑިޖިޓަލް ކުރެވިފައޭ ޕްރީ ސްކޫލް އިން ފެށިގެން ގޮސް ގްރޭޑް 12 ނިމެންދެން މީ އެޑިއު މިނިސްޓަރަކު ވިސްނުން ގެންގުޅެން ޖެހޭނެ ލެވެލް އަކީ ފެޓީކަންކަން ދޯ ކުރަނީ ތިޔާ ކަންކަމަކީ އެއީ ކަނޑުގައި އަޅާ ރޮނގުދޯ
ދިސްވޭއިން
03 November 2025
ޑިޖިޓަލް ކުރުމަކީ އެއީ ޒީރޯ އެން ވަންސް ޕްރޮސެސް ކުރުން 2025 ވަނަ އަހަރު ޑިޖިޓަލް އެކުރެވުނީ ރާއްޖޭގެ އެޑިއު ކަލަންޑަރު އެކަމަކު ދުނިޔެ މިވަނީ ޑިޓިޗަލް އިން ވާރޗުއަލް ވޯލްޑް އަށް ހިޖްރަ ކޮށްފައޭ ރާއްޖޭގެ އެޑިއު ސިސްޓަމް އަދި ސިލެބެސް އެބަޖެހޭ ދިރާސާ ކޮށް ބަލަން ހުރި އެރަރސް ތައް ވަރަށް ބޮޑަށް އަޕްގްރޭޑް އެބަކުރަން ޖެހޭ ރާއްޖޭގައި ކިޔަވާދޭ މެތެޑް އަދި ސިލެބެސް ވެސް ވަރަށް ސޮފްޓް ސިމްޕްލް އެން އީޒީ ސަބްޖެކްޓްސް ތަކޭ ކިޔަވާ ދެމުން ގެންދަނީ
ޗާލް
03 November 2025
ކީއްވެތަ ތިވަރު ބޮޑުކަމެއް ރައީސް ލައްވާ ނުފެއްޓެވީ
އަކަ
03 November 2025
މޯލްޑިވްސް 2.0 ގެ ހެޔޮ ބަދަލެއް
ރަދީފްއޮފިޝަލް /
03 November 2025
ވަރަށް ބޮޑު ޕްރޮޖެކްޓެއް.
ޞދބބސބސ
03 November 2025
2 ވަނަ ޓާމުގެ މިޑް ބްރޭކު ކޮންމެ އަހަރަކު ސެޕްޓެމްބަރު މަހު މި ދޭންޖެހެނީ ކިހިނެއް. އޮގަސްޓުމަހު ސްކޫލު ފަށާފަޔާއެކީ ޖެހިގެން އަންނަ މަހު މިޑް ބްރޭކު ޓާމު ދެބައިވާން ކައިރިވެސް ނުވެ
އިނެކްސް
03 November 2025
“ ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒް” ކުރިއަސް މަހަކު އެއް ދުވަސް ރައީސް ބަންދު ކުރާ ނަމަ، ޓީޗަރުންގެ ދުވަސް، ކުޑަކުދީންގެ ދުވަސް ކަހަލަ ދުވަސް ފާހަގަ ކުރަން މުޅި އެއްދުވަސް ބޭކާރު ގޮތުގަ ނަގާލާ ނަމަ ތިޔަ ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒް ކުރުމުގެ ބޭނުން ވަޒީރު ބުނެދީބަލަ!!
އަނގައޮތިއްޔާކިޔަނީ
03 November 2025
ހިތުން ވަރަށް މޮޅު އެއްޗެއް ދޯ ތި ބުނީ. ޓީޗަރުންގެ ދުވަސް ބަންދެއް ނުކުރޭ މިއަހަރަކުވެސް. އެކަމަކު ޒަމާނުއްސުރެ އެދުވަހު ކިޔަވާދީ ނޫޅޭނެ. އެދެން މައްސަލައެއްވެސްނޫން މާބޮޑު. ކުޑަކުދިންގެ ދުވަހެއްވެސް ބަންދެއްނޫން މިއަހަރަކު.
މަސީހާ
03 November 2025
@އަނގައޮތިއްޔާކިޔަނީ ކަމަނާ އަށް ނޭގެނީތޯ މިއަހަރުގެ ޓީޗަރުންގެ ދުވަހުވެސް އެންމެ ކުލާހެއްގެ ކިޔަވާ ނުދީ ސްކޫލްތަކުގަ ކުދީން ތިބީ އަނގަ ތަޅަން. ހަރުދަނާ ހަރަކާތެއް ނުހިންގޭ! އަނގައޮތިއްޔާ ވާހަކަ ދައްކާ
އަބްޑޫޅް +
03 November 2025
ހިއް ހިއް ހިއް........ ހަމަ އަދި ކިރިޔާތަ؟