ތިން އޮފިސަރުންގެ ނަމާއި ކުރި ކަމަށް ތުހުމަތު ކުރެވޭ ކަންކަން ވެސް ވަނީ ސިއްރު ކޮށްފައި.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިމާރާތް: ކޮރަޕްޝަންގެ ތުހުމަތުގެ އިނގިލި ދިއްކުރުން ގިނަ ތަނެއް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
03 ނޮވެމްބަރ 2025 - 19:24
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ފިޔަވަޅު އަޅަން އެ މަނިކުފާނު އެދިވަޑައިގެންފައިވާ ކަސްޓަމްސްގެ ތިން އޮފިސަރުންނާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
ހޯކްސްގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާ ހިލާފަށް ސިނގިރޭޓު ކާޓަންތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ބޭރުކުރި މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު ވަނީ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިދިޔަ މަހުގެ 29 ގައި މަގާމުން ވަކިކުރައްވައިފަ އެވެ.
ކަސްޓަމްސްގެ ހަތަރު ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން މަހުމޫދު ރިޔާޒާއި އަބްދުﷲ ވަހީދު މަގާމުން ވަކިކުރައްވާފައިވާއިރު، 241 ކޮމިޓީގެ "ސިއްރު" ސިޓީ އަށް ރިއާޔަތްކޮށް އިތުރު ތިން އޮފިސަރެއްގެ މައްސަލަ އެ އިދާރާ އިން އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ބަލައި، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އަޅައި ދިނުމަށް ރައީސް ވަނީ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ އަށް އެ ދުވަހު އަންގަވައިފަ އެވެ.
އެ ތިން އޮފިސަރުންގެ މައްސަލަތަކާ ގުޅޭ ގޮތުން "މިހާރު" އިން މިއަދު ސުވާލު ކުރުމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މީހުންގެ މައްސަލަތައް އެ އިދާރާގެ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ބަލަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.
ކަސްޓަމްސްގެ ގަވާއިދާއި އުސޫލުތަކުގައިވާ ގޮތުން އެއްވެސް އޮފިސަރަކާ މެދު ފިޔަވަޅެއް އެޅޭނީ ތުހުމަތު ކުރެވޭ މައްސަލައެއް އެ ގަވާއިދުގެ ދަށުން އުފައްދާފައިވާ ހާއްސަ ކޮމިޓީން ބެލުމަށް ފަހު އެވެ. އެހެންވެ، އެއީ ވަކި ތަރުތީބަކުން ގެންދާ ޕްރޮސެސްއެއް ކަމަށް ވެ އެވެ.
މަޖިލިގުގެ 241 ކޮމިޓީން ރައީސް މުއިއްޒަށް ފޮނުވީ ސިއްރު ވާހަކަތަކެއް ހިމެނޭ ސިޓީއެއް ކަމަށް ވުމުން އެ ސިޓީގައި ބުނާ ވާހަކަތަކާއި މީހުންގެ ނަންތައް އަދި ހިންގި ކަމަށް ބުނާ ކަންކަން ވަނީ ސިއްރު ކޮށްފަ އެވެ.
ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތުގައި ކަސްޓަމްސް ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒާއި އަބްދުﷲ ވަހީދު ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. ހާއްސަކޮށް މަހްމޫދު ރިޔާޒާ އެއްކޮޅަށް ގިނަ ބަޔަކު އަރައި، އޭނާ ދިފާއު ކޮށްފައިވެ އެވެ.
އެހެންވެ. މަހްމޫދު ރިޔާޒު ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރި މައްސަލަ ބަލައި ދޭން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ 241 ކޮމިޓީ އަށް މިދިޔަ މަހުގެ 30 ގައި ހުށަހަޅުއްވައިފަ އެވެ.
ކަސްޓަމްސްއިން މިދިޔަ މަހުގެ 29 ގައި ވަކިކުރެއްވި ދެ ޑެޕިއުޓީން. (ކ) އަބްދުﷲ ވަހީދު އަދި މަހުމޫދު ރިޔާޒު.
ކުޑޫގެ ސިޓީގައި ވިދާޅުވީ 2017 ގައި ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރުމުގައި އެހީތެރިވި ކަމަށް ބެލެވޭ މައްސަލައިގައި ކަސްޓަމްސްގެ ގާނޫނުގެ ދަށުން ވަކިކުރި މަހުމޫދު ރިޔާޒަކީ އިހުލާސްތެރިކަމާ އެކު ކަސްޓަމްސްގައި 30 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
"މި ދިގު މުއްދަތުގައި މިފަދަ އެއްވެސް ކަމެއްގައި މަހްމޫދު ރިޔާޒުގެ އެއްވެސް ނުރަނގަޅު ރެކޯޑެއް އޮތް ފަރާތަަކަށް ނުވާތީ، މި މައްސަލަ އަލުން ބައްލަވައި ދެއްވުން އެދި އަދަބުވެރިކަމާ އެކު ދަންނަވަމަވެ." ކުޑޫގެ ސިޓީގައި ވިދާޅުވި އެވެ.
މަހުމޫދު ރިޔާޒު ޑެޕިއުޓީއަކަށް އައްޔަން ކުރެއްވީ ކުރީގެ ސަރުކާރުގައި ޖޫން 25، 2020 ގަ އެވެ. އަބްދުﷲ ވަހީދު އެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރުން، ޖެނުއަރީ 3، 2024 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރާ1
04 November 2025
ވަކިނކުރި ދެ ޑީސީ އިން ގެ މައްސަލައެއް ނެތީމަތޯ ފުލުހުންނާއި އޭސީސީ އާއި ދެންވެސް ހުރިތަނަކަށް ހުށަނާޅަނީ؟ އެހެންވީމަ ވަކި ކުރަން ނުޖެހޭ ނެ ނޫންބާ؟
ބޯގޯސްް
04 November 2025
ކަސްޓަމްސްގެ ގަވާއިދާއި އުސޫލުތަކުގައިވާ ގޮތުން އެއްވެސް އޮފިސަރަކާ މެދު ފިޔަވަޅެއް އެޅޭނީ ތުހުމަތު ކުރެވޭ މައްސަލައެއް އެ ގަވާއިދުގެ ދަށުން އުފައްދާފައިވާ ހާއްސަ ކޮމިޓީން ބެލުމަށް ފަހު އެވެ. އެހެންވެ، އެއީ ވަކި ތަރުތީބަކުން ގެންދާ ޕްރޮސެސްއެއް ކަމަށް ވެ އެވެ. ވަކިކުރި ދެމީހުންނަށް ފިޔަވަޅުއެލީ ތިޔަބުނާ ޚާއްޞޮކޮމިޓީން ބަލާފަތޯ؟
1245
04 November 2025
ވަކި ކުރީ ސިޔާސީ ގޮތުން އަންޔަން ކޮށްފަ ތިބި 2 ޑީ.ސީ
ސުހާނާ
04 November 2025
ބޯގޯސް. ކަލެއަކީ ހަމަ ބޯގޯސް މީހެއް. ރައީސް ވަކިކުރެއްވީ ރައީސް ޢައްޔަނު ކުރައްވާފައި ތިބި 2 މީހުން. ރައީސް ޢައްޔަނު ކުރައްވާ މީހުން ވަކިކުރެއްވުމަކީ ޤާނޫނު އަސާސީން ރައީސަށް ލިބިދީފައިވާ ބާރެއް. އެކަމަށް ސަބަބެއްވެސް ދައްކަވާކަށް ނުޖެހޭ.
ެތެފައާސާ..
04 November 2025
3 އޮފިސަރުންގެ ނަމާއި ކުރެވޭ ތުހުމަތާއި ކުރިއަށް ގެންދާ ތަހުގީގުން ފެެންނަ ކަންކަމާއި އެޅި ފިޔަވަޅެއްވެސް ސިއްރުކޮށްފައި ބާއްވާތި. މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ބޮޑުތަނުން އިތުރުވާނީ އެއިރުން. ޝުކުރިއްޔާ ކޮމިޝަނަރ މެޑަމް ދިޔާނާ!!!
އެފްއޭ
04 November 2025
ތިޔަކަމެއް ކިހިނެއް ބަލާނީ. ފިރިކަލުންނާއި ގުޅޭ ކަމެއް ބައިވެރިވުމާއި ނުފޫޒުން އޮބެމުން ހިނގައިދާނެ. ދެންތިބީ މޫލާފައި ސިޔާސީ ބާރުތައް.
މިހާރުހަނު
04 November 2025
ތިތަނުން އެކެއްގެ ދިފާއުގަ ނިކުމެ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ބާރުގަދަ މީހަކު. ސީދާސީދާ ކާކުކަން ބުނެފިއްޔާ މި ކޮމެންޓް ޖަހާ ނުދޭނޭ. މިނިސްޓަރަށް އެގިލައްވާނެ މި ދައްކަނީ ކާކުގެ ވާހަކަ ކަން ވެސް. މިހާ ބޭއިންސާފުކޮށް މި ގައުމުގެ ކަންކަން މި ހިނގަނީ ބާރުގަދަ މީހުން އެގޮތަށް އެކަންކަން ބާއްވާން ބޭނުންވާތީވެ.
ދަތްކޮށްޓި
03 November 2025
އަހަންނަށް ލިބިދޭ ބާރުގެ ދަށުން އެ ތިން މީހުންގެ ނަން މި ވަގުތު ހާމަ ކުރަން އުޒުރުވެރިވަން
ވަންޗޯ5
03 November 2025
3 އޮފިސަރުންނަކީވެސް އަލައްތުހުމުތުތަކެއް ކުރާބަޔެއްނޫ ، އެޅޭނެފިޔަވަޅެއްވެސް ކުރެވޭނެކަމެއްވެސް އޮންނާނެކަމައް ނުބެލެވޭ ، މާޒީޔައް ބަލާކަމުގައިވާނަމަ ، މިޙާރުވެސް ބޮޑެތި ސެކްޝަން ހެޑުންގެ ގޮތުގައި އެތިބެނީ ކޮންމެސްކަމަކު ، ސީފޯޓް ފަދަ ތަންތަނުގައި..
ހަކީމުބޭ
03 November 2025
7 ވަަަނަ ފުލޯގެ ފާރުގަ އިން ލޯވަޅަކުންތަ ބަލަނީ
މަ ބުނީ
03 November 2025
މަ ބުނީ ތިން އޮފިސަރުންގެ ނަމާއި ގުޅުއްހުރި ކަންކަން ސިއްރުކުރީ އެއީ ކުރީ ސަރުކާރު ކަމަކަށްވާނި ! މި ސަރުކާރުން ރައީސްގެ ވަޢުދުފުޅާ އަހުދުފުޅާ އެއްގޮތަށް ހުރިހާކަމެއްނިމޭނި ! ހަތަރުހާސް ފުލެޓަށް ސެޕްޓެމްބަރ 2025 ގައި މީހުން ދިރިއުޅެއްވެސް ފެށިއެއްނުންތޯ ! ސަޅިވާނެ ވަޢުދު ރަނުން ރަނަން !
ޓާކުރުސާހަބު
03 November 2025
ކަންކަން ބަލަބަލާ ހުއްޓާ އެއަށްވުރެ ބޮޑުކަމެއް ލައިގަތީމާ ދެން ތިކަން ބެލުން ހުއްޓާލާނެ. ދެން ރައްޔިތުންގެ ހިތްތަކުންވެސް އެކަން ފޮހެވިގެންދާނެ. ދެން އެއަށްފަހު ދޭ ލިވްޑް ހެޕީލީ އެވަރ އާފްޓަރ.