ހުޅުމާލެ ބަނދަރުގައި އަޅާފައި އޮތް ސަފާރީއެއް: ހުޅުމާލޭ 3 އަލުން ހިއްކަން ފަށަން އެ ސަރަހައްދުގެ ފަޅު ހުސްކުރަން ވަނީ އަންގާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
05 ނޮވެމްބަރ 2025 - 13:55
ހުޅުމާލޭ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް އެ ސަރަހައްދުގެ ފަޅު ހުސްކުރަން އެޗްޑީސީން އަންގައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް، އެ ސަރަހައްދުގައި އެ މަސައްކަތަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް ނަގައި ވަގުތީ ގޮތުން އެހެން ސަރަހައްދެއް އުޅަނދު އެޅުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އުޅަނދުތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ގުޅިފަޅާއި ކުޑަގިރި އާއި ތިލަފުށީގެ ފަޅުން ބައެކެވެ. އެ ރަށްރަށުގެ ފަޅުގައި އުޅަނދުތައް އަޅާނެ ސަރަހައްދުތަކުގެ ޗާޓުތައް ވެސް އިއުލާނާ އެކު އާންމުކޮށްފައިވެ އެވެ.
އެޗްޑީސީން ވަނީ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މާދަމާ ރޭ 12:00 ގެ ކުރިން ނަގަން އަންގައިފަ އެވެ.
ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކަން ފެށުމަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ވަނީ އަންގާފައި.
ހުޅުމާލެ 3 ހިއްކާތީ، އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން އެކި ފަހަރު މަތިން، އިއުލާނުކޮށްފައިވެ އެވެ. އެކަމަކު އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް ނަގާފައި ނުވާތީ، އެ މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތި ވާނެ ކަމަށް ވެސް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް އެޗްޑީސީން ސީއެމްސީ އަށް ހަވާލުކޮށްފައި ވަނީ 259.2 މިިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ސެޕްޓެމްބަރު 2023 ގައި ބިން ހިއްކުމުގެ މަސައްކަތް ފެށުނު އެ މަޝްރޫއުގައި 23 ހެކްޓަރަށް ވުރެ ބޮޑު ބައެއް ވަނީ ހިއްކައިފަ އެވެ. އެ އަށް ފަހު، އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާ ކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އޭރު އީޕީއޭގެ އާއްމު އިއުލާނަކާ ގުޅިގެންނެވެ.
މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އީޕީއޭގެ ހުއްދަ އަލުން ލިބުމާ އެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކަން ފެށިޔަސް ފަހުން ވެސް އެ މަސައްކަތް މަޑުޖެހުނެވެ. އަނެއްކާ ވެސް އެ މަސައްކަތްތައް ތައްޔާރުވެފައިވާއިރު މިހާރު ހިއްކަން އުޅޭ ސަރަހައްދަކީ ގިނަ އަދަދެއްގެ ސަފާރީތައް އަޅާފައި އަޅާފައި އޮންނަ ސަރަހައްދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަދަބަވާަސދ
06 November 2025
މާލެ ހަތަރު ކަށި ހަމަވާ މީހުނަށް އުފާވެރި ހަބަރެއް، ކުއްޔަށް ދޭނެ ބިންތައް މިޔޮތް ލިބެނީ! ބާރަށް ކުރިޔަށް ގެންގޮސް މަސައްކަތް ނިންމާލަދެއްވާ މާލޭ ރައީސް ޑރ. މުއިޒް
ރައްޔިތުމީހާ.
06 November 2025
ތި ބިން ހިއްކަނީ އަހަރެންގެ އަތުން ނަގާ ޖީއެސްޓީ ހިމަނައިގެން. އެކަމު ބިންހިއްކާ ނިމުނީމަ އެބިން ހިލޭ ދެނީ ވަކިބަޔަކަށް. އަހަރެން ޖެހެނީ އެތައް މިލިއަނުން ޚަރަދު ކޮށްފަ ދިރިއުޅޭނެ ތަނެއް ހޯދަން. ކޮބާ އިންސާފު.
ކޮރަލް
05 November 2025
ސީއެމްސީ އަށް ހިއްކަން ދީފަ ދައުރު ބަދަލު ވީމަ ހުއްޓުވާފަ އަލުން ހިއްކަން ދެނީ އެވެ. ދައުރު ބަދަލު ވާ އިރަށް ޕްރޮޖެކްޓް ތައް އެބަ ހުއްޓުވަ އެވެ. އެއްޗެއް ދިނީމަ ނޫނީ އަލުން ހުއްދަ އެއް ނުދޭނަމޭ ބުނާ ކަހަލަ އެވެ.
އައިސަން
05 November 2025
ބަލަ އަދިވެސް ހިއްކާ ނުނިމޭތަ؟ ހާދާ ކަމެއް ނުވެޔޭ ދޯ
އަބްދުﷲ
05 November 2025
ޔާމީނުގެ ސަރުކާރުން ސަފާރީތައް އަޅަން ދިޔަނެރުފަޅު ދިން ނަމަވެސް ސަފާރީތަކުގެ މީހުން ބޭނުންވަނީ ދިޔަނެރު ފަޅުގައި ރިޒޯޓެއް ހަދަން އަދި ހުޅުމާލެ ފަޅުވެސް އަގަކާއި ނުލައި ބޭނުން ކުރަން. މިރާއްޖޭގައި ގާނޫނާއި ޚިލާފަށް ދައުރުވާ ބަނގުރަލަކީ ސަފާރީތައް ހުޅުމާލެ ފަޅުގައި އަޅައިގެން ތިބެ އޭގެން ބާލައި ވިއްކަމުންދާ ތަކެތި. ބަނގުރާ ހުއްޓުވާ ނަމަ އެބަޖެހޭ ސަފާރީތައް ދިޔަނެރުގައި އަޅަން މަޖްބޫރު ކުރުވުން އަދި އެއުޅަނދު ތަކުން ބާލާ ތަކެތި ޗެކްކުރަން.
ހާސަރު
05 November 2025
ތިހެން ތިތަން ހުސްކުރަން މިހާރު ކިތައްފަހަރު އިއުލާން ކޮށްފި! އެމްޑީޕީން ބޮޑުއެއްވުމަކަށް ގޮވާލުމާއެކު ތިޔަ އިއުލާން ކުރޭ! ހިއްކާތަނެއް ނުފެނޭ!
ސުރޭމު
05 November 2025
ބިލިޔަނުން ލޯނުނަގާފަ ހިއްކާ ހަތަރުކަށިމަތި ކިރިޔާ 18 ފުރުނު ކުދިންނަށް މުޅިން ހިލޭ ބަހާލާ! މިހާރުވެސް އެބަ ހުރި 50000 ކުއްޔަށް ދޭން ޖަހާފަ. ރޓ މީހުން މުޅި އުމުރު ކުލި ދައްކާލަ ދައްކާލަ ތިބޭ!