ކުރީގެ މިނިސްޓަރު މަހުލޫފު ޕީއެންސީއާ ގުޅިވަޑައިގެން އެ ކަމުގެ އިގުރާރު ރައީސް މުއިއްޒާ މިރޭ ހަވާލު ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
14 ނޮވެމްބަރ 2025 - 22:32
އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުގެ މަގާމު ފުރުއްވި އަހުމަދު މަހްލޫފް މިރޭ، ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވަމުން އަންނަ ބޮޑު ޖަލްސާގައި މަހްލޫފް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެން، އެކަމުގެ އިގްރާރު ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކޮށްދެއްވައިފަ އެވެ.
މަހްލޫފްގެ އިތުރުން ކުރީގެ ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފާއި އިތުރު ބަޔަކު ވެސް ވަނީ އެ ޕާޓީއާ ގުޅިފަ އެވެ.
ނޫސްވެރިޔަ އިމާދު ޕީއެންސީއާ ގުޅިވަޑައިގެން އެ ކަމުގެ އިގުރާރު ރައީސް މުއިއްޒާ މިރޭ ހަވާލު ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މަހްލޫފް އެމްޑީޕީން ވަކިވީ މި އަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހު އެވެ. އެމްޑީޕީ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވުމަށް ފަހު، އެ ޕާޓީން ވަކިވާން ނިންމި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ. އެކަމަކު ވަކިވުމާ ހަމައަށް ވެސް ފަހުން ބޭއްވި ޕާޓީގެ އެއްވެސް ހަރަކާތެއްގައި ނޫޅުއްވަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީން ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ ހިޔާލު ތަފާތުވެ، އެ ޕާޓީއާ ފެޔަށް ޖެހުމަށް ފަހު އެވެ. އޭރު އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލިސް މެންބަރެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރުންކުރު
15 November 2025
ފެން އޮތްތާކަށް މަސް ދުވާނެ. އެއީ ހައިރާންވާންޖެހޭ ކަމެއްތަ؟؟
ޑރ ވާންޗޯ
15 November 2025
ބާވެ ދިޔަވާވަރުން ނުދުއްވިގެން އެހެލާފައޮތް ރިޔަލުދޯންޏެއް ޕެޗުއަޅާލައިގެން ވައިޖެހޭކޮޅަށް ދުއްވާލެވޭތޯ މަރުފަލިޖަހަނީ!!!!
ޢެޑްމުންޑޯ
15 November 2025
އެއްވެސް ޕާޓީ އެއްގައި ގިނަދުވަހު ހުންނާނެ ކަމެއްނެތް ، ވެރިކަން ގެއްލޭ އިރަށް ބަދަލުވާންވީ ވެރިކަމުގައި ތިބޭ ޕާޓީއަށް ، އެއިރުން މެދުނުކެނޑި ލިބޭ އެއްޗެއް ލިބިލިބި ހުންނާނީ
ރައުޔު
15 November 2025
އެމްޑީޕީ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވުމަށް ފަހު، އެ ޕާޓީން މަޚްލޫފު ވަކިވާން ނިންމި ސަބަބެއް އޭނާ ހާމަ ނުކުރައްވަނީ ސަބބުތައް ހާމަކުރެވޭ ވަރަށްވުރެ ތަންކޮޅެއް ގިނަކަމުންނެވެ. އެކަން އެޕާރޓީގެ ވަރަށްގިނަ މެންބަރުންނަށް އެނގެއެވެ.
މޭރާ ޚެޔާލް
15 November 2025
މަޚްލޫފް ތިޔަ ހެއްދެވީ ރަނގަޅަށް
މަހުލޫގު
15 November 2025
ސާބަހޭ ދަރިޔާ! ކޮރަޕްޝަންގެ ލާމަސީލު ނަމޫނާ.
ފަޓުލޫނު
15 November 2025
ވެރިކަން ބަދަލުވާ ގޮތަށް މިހާ ހަލުވި ސްޕީޑެއްގައި ބަދަލުވާ މީހެއް އަދި ނުދެކެން
ސަމްސިއްޔާ
15 November 2025
ހެހެހެ މުޅިން އަމިއްލަ ފައިދާއަަށް އުޅޭ ގޮލައެއް. ދެރައީ ރައްޔިތުން މިމީހުން ބަލައިގަންނާތީ
އަފްރާސިޔާބު
15 November 2025
ކާކުތަ އަމިއްލަ އެދުމެއްނެތި އުޅެނީ. އޭގެ ހަތަރުމީހުން ދުނިޔޭގައިވެސް. އެއީ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނުއާ، ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމުއާ، ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު މި މީހުންނެވެ. ދެން މަހޭ ހަމަ ތިދިޔައީ މިނިސްޓަރުކަން ބޭނުންވެގެން އަމިއްލަ އެދުމެއްގައެވެ.
ހައްޕުނޑު ރަތްކުޅު
15 November 2025
ގަދަ ގޮލައެއް. ބޯހުރި ސޮރެއް. ވެހޭތާ ފެންނެގުމުގެ އަސްލީ މިސާލު.
ޑރ ވާންޗޯ
15 November 2025
އިންތިހާޔަށް ކޮރަޕްޓްމީހުންނަކީ އަބަދުވެސް އެއިރެއްގަހުންނަ ވެރިއެއްގެ ދެފައިގަ ދޫލެވޭތޯއުޅޭބައެއް. އޭރުން އެމީހެއްގެ ކޮރަޕްސަންތައް ޑިލީޓުވާނީ.
އަފްރާސިޔާބު
15 November 2025
ތިޔަ ނޫން މީހަކު ދައްކަ ބަލަ. އިނދިކޮޅަކަސް އެއްކޮޅަކަސް ރައްޔިތުން ތިބީ އެއްކޮށް ތިބުނާ ވައްތަރުގެ ނަންކީ މީހުންނެވެ. މަށަށް ބައެއްދީގެން ކާނަމަ މަށަށް މައްސަލައެއްނެތް ރައްޔިތުން ތިބި ގައުމެއް މީ.