ޕީއެންސީން ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ: ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދޭންޖެހޭ 444 މިލިއަން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
15 ނޮވެމްބަރ 2025 - 12:05
ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގި އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުދީ ހުރި ފައިސާ ދޫކުރަން މި މަހުގެ ކުރީކޮޅު ފެށި ފަހުން މިހާތަނަށް 444 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ނުދީ ހުރި ފައިސާ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭގައި ދީ ނިންމާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ.
މާލޭގެ އާޓިފިޝަލް ބީޗްގައި ޕީއެންސީން ރޭ ބޭއްވި ބޮޑު ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ އެ މުއްދަތު މި މަހުގެ ހަ ވަނަ ދުވަހު ހަމަވިއިރު، ފައިސާ ދޫކުރުން އޭރުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.
"ފަސް ހަފުތާ ވީ ތަނާ ފެށީ ބިލުތައް ދައްކަން. ފެށި ގޮތަށް މިއަދާ ހަމައަށް އައިއިރުގައި މިއަދުގެ މި ގަޑިއާ ހަމައަށް އައި އިރުގައި ތަފާތު 1،040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދެވިއްޖެ. 1،040 ފަރާތަކަށް ފައިސާ ދީފިން. ޖުމްލަ 444.3 މިލިއަން ރުފިޔާގެ ޕެންޑިން ބިލްސް އަށް އަޅުގަނޑުމެން ފައިސާ ދައްކައިދީފިން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ދިނުން ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދާނެ ކަމަށާއި އެގޮތަށް ގޮސް ހުރިހާ ފައިސާއެއް ދީ ނިންމާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން ކުރީގެ ސަރުކާރަށް ރައީސް މުއިއްޒު ރޭ ވެސް ފާޑުވިދާޅުވި އެވެ. އެއީ އަމިއްލަ ކުންފުނިތައް ހިންގާ މީހުންނަށް ކުރީގެ ސަރުކާރުން ދީފައި އޮތް ދެރައެއް ކަަމަށް އެ މަނިކުފާނު ސިފަ ކުރެއްވި އެވެ.
"މިދިޔަ ސަރުކާރުން އެކި މަސައްކަތް ކުރުވާފައި، އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތައް އެއީ،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ފައިސާ ޗާޕްކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތަށް ވެސް އެ މަނިކުފާނު ރޭ ރައްދު ދެއްވި އެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން އެކި ފަރާތްތަކަށް ދޭން ހުރި ފައިސާ ދެމުން އަންނަނީ ފައިސާ ޗާޕުނުކޮށް ކަމަށާއި އެކަން މި ސަރުކާރުން ނުކުރާނެ ކަމަށެވެ.
"ފައިސާ ޗާޕެއް ނުކުރާނަން. އަޅުގަނޑުމެން ބޭނުމެއް ނޫން ފައިސާ ޗާޕް ކުރާކަށެއް،" ރަައީސް ވިދާޅުވި އެވެ.
މި އަހަރުގެ ކުރީކޮޅު ގއ. އަތޮޅާއި ގދ. އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ގދ. ހޯޑެއްދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ އޭރު އޮތެވެ. އެ ފައިސާ ހަފުތާގެ ތެރޭގައި ދައްކާނެ ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ރައީސް ވިދާޅުވެފައިވަނީ ސަރުކާރަށް 51 ހަފްތާ ވިއިރު ސަރުކާރުން އަމިއްލަ ކުންފުނިތަކަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުބިންސުލައިމާން
15 November 2025
ހަމަ ޔަގީނުންވެސް އަޅުގަޑުމެނަށް ނުލިބޭ. 40 މިލިޔަން ލިބެންޖެހޭ. ސިޔާސީ ފަރާތް ތަކަށް 10 ޕަސެންޓް ދޭން އެްއްބަސް ނުވާތީ ކުރިއަށް ނުގޮސް.
ޝެލަރީ
15 November 2025
މަރުވެދާނޭ މާދަމާގައިމޭ ދޫކޮށްފަ ދޫކޮށްފަ، ފައިސާ އާއި އިއްޒަތާ ޝަރަފް ބާރުވެރިކަން
މީހުންދޯ
15 November 2025
ސަރުކާރުގެ ކުންފުނިތައް ހިންގަނީ ގެއްލުމުގައި ހިންގާ އިރު އެމެންގެ އިޝްތިހާރު ތައް މެއިންސްޓްރީމް މީޑިއާ ގައި ބޮޑުއަގުގައި ކުރުން އެއީ ކުރަންޖެހޭނެ ކަމެއްތޭ ޕީއެސްއެމް ފަދަ ޕްލެޓްފޯރމް ތަކުގައި އަގުހެޔޮކޮށް އެކަން ކޮށް ސަރުކާރުން ސަރުކާރަށް ފައިސާ ލިބޭނެ ގޮތް ނޫންތޭ ހަދަންވީ ސަރުކާރުން ސްޓެލްކޯ އަށް ދައްކަން ޖެހޭ ފައިސާގެ ބޮޑު ބައެއް ވަނީ ނުދައްކައޭ ހަމަ އެގޮތަށް ސަރުކާރުގެ ތަންތަނުން ވެމްކޯ އަށް ވެސް ފައިސާ ނުދައްކައޭ މީ ނަމުނާ ދައްކަންޖެހޭ
ދިލްބަހާރު
15 November 2025
ދެން އެ އަރާމީހަކު އަރާފަ ހަމަ އަދަދެއް ބުނެލާއިރު އެއީ ތެދެއްތޯ ދޮގެއްތޯ ބަލާލާނެ މީހަކުވެސް ނުހުރޭތަ. އިންޑިއާ ކަންތަކުގައިވެސް އެންމެފަހުން ގޯސްވީ ކައިރީއުޅުނު ބަޔަކު. އެމީހުން ބުނިއްޔޯ ތިމަންނާ ކައިރީ ކަނޑުތައް ވިއްކާފިޔޭ، 1000 އަށްވުރެ ގިނައިން ސިފައިން އެބައުޅެޔޭ! އާޚިރުގައި މިހެން ނުވާނެކަމަށް ހީކުރަން. ފަސް ހަފްތާވެސް ވީގޮތަކީ ކުރިންބުނި ފަސްހަފްތާކީ އެކަން ކުރަން ރެޑީވާ ފަސްހަފްތާއޯ. މިދިޔަ ރޯދަމަހު ނިންމާނެޔޯވެސް ބުނި ހަމަ އެބޭފުޅާ.
ދިސްވޭއިން
15 November 2025
ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ސަރުކާރުން ދޭން ފެށީ އެއީ ވަރަށް ބޮޑަށް މަކަރާއި ހީލަތް ކުރިއަށް ނެެރެގެންނޭ ފައިސާ ދެނީ ސަރުކާރުގެ ބޮޑުންނަށް ބައިއެޅޭ ގޮތަށޭ ފައިސާ ލިބޭ ފަރާތް ތަކުން މިވާހަކަ ނުދެއްކި ނަމަވެސް މިކަން ހިނގަނީ އެމަގުންނޭ ކޮންޓްރެކްޓަރުން ނަށް ލިބެން ހުުންނަ ފައިސާ އިން މަދުވެގެން %30 ސަރުކާރުގެ ބޮޑުންނަށް ގިނަ މީހުންނަށް ފައިސާ ލިބެނީ ފިފްޓީ ފިފްޓީ އުސޫލުންނޭ އެއީ ސަރުކާރުގެ ބޮޑުންނަށް %50 ބައިދީގެންނޭ މީ މިކަން ކުރާގޮތް
މިއައު
15 November 2025
ދޮގު ނުހައްދަވާ. ހަމަ ފަތަށް ބަރުވާނީ. ދެން ތިކަހަލަ ދޮގު ތަކުގަ ތިޔަ އަރައިގަނެވެނީވެސް ބައެއްގެ ހައްގަށް
ނުދެވޭނެއޭ
15 November 2025
ރަސްމާލެ ހިއްކަނީ ސީދާާ މުއިއްޒުގެ ބެލުމުގެ ދަށުން އެތަން ހިއްކި ކޮންޓްރެކްޓަރުންނަށް އަދިވެސް ފައިސާ ނުދީ އެބަހުއްޓޭ މީ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ހިންގާ ޕްރޮޖެކްޓްސް ތަކަށް ފައިސާ ނުދީ އޮތް ވަރު އެޗްޑީސީން މަސައްކަތް ކުރުވާ އެތައް ބަޔަކަށް ފައިސާ ނުދައްކާ އެބައޮތޭ އެމްއޭސީއެލް އިން ވެސް އެތައް ބަޔަކު ލައްވާ މަސައްކަތް ކުރުވާ ފައިސާ ނުދީ އެބަހުއްޓޭ އެތައް ބަޔަކަށް މި 5 އަހަރު ނިމޭއިރު ވެސް މިސަރުކާރުން ކުރުވާފައިވާ މަސައްކަތް ތަކަށްފައިސާ
ވޭމަންޑޫ
15 November 2025
ކިތަންމެ މީހުން ގިނަޔަސް ވޯޓުން ބަލި ކުރާނަން އިންސާ ﷲ ކާކުތަ ނާންނާނީ 2 ކޮޅު ޓިކެޓާއި 1000 ރ ހުރުމާއި ކެއުމާއި ހުރުމާއި ދިނީމާ ގިނަމީހުން ފުރުސަތުގެ ބޭނުން ހިފާލީ ހަމަ ފުލެޓަށް އަރާލަން އިތުރު 5 އަހަރު ލިބޭނެ ކަމަށް ހިތައްވެސް ނާރުވާތި ދެން ބިރުދައްކައިގެން މީހުން ޖަކޮއްގެން ޖަލްސާ ބޭއްވިޔަސް ކާކުގަބޫލް ކުރަނީ މިހާރު ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް ތާޢީދެއް ނޯންނާނެ %99 ޔަގީން ނުހޯވޭނޭކަން ވަޒީފާގެ ބިރުދައްކައިގެން މަޖުބޫރުކޮށްގެން މީހުންނެރުނީ
ފުރުސަތުދޭށޭ
15 November 2025
ސަރުކާރުން ކުރުވާ މަސައްކަތް ތައް އެއްގޮތަކަށް ވެސް ޓާރންކީ ބޭސިސް އުސޫލުން ކޮށްގެން ނުވާނެއޭ އެމްޕްލޯޔަރ ޑިޒައިންޑް އެން ކޮންޓްރެކްޓަރ ބިލްޑް އުސޫލުން ވަރަށް ތަފްސީލް ކޮށް ބިޑް ޑޮކިއުމެންޓް ޖެހޭނެއޭ ތައްޔާރުކުރަން ހުރިހާ ބިޑް ތައް ޖެހޭނީ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް ބިޑިންގް ޕްރޮސީޖަރ އެޕްލައިކޮށް އެ ޕްރޮސީޖަރ ދަށުން ފަސްޓް އެންވެލޮޕް ޓެކްނިކަލް އެންވެލޮޕް އިން ފާސްވާ ކޮންޓްރެކްޓަރުންނަށް ސެކެންޑް އެންވެލޮޕް ޕްރައިސް ޕްރޮޕޯސަލް ހުށައަޅަން
ޛަމީލު
15 November 2025
ހުސް ދޮގު. އަދިވެސް ނުލިބޭ؛!