ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
21 އޮކްޓޯބަރ 2025 - 22:58
ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ހިންގާ ކޮންސްޓްރަކްޝަން ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކަށް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގަމުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ސަރުކާރުން ހިންގަން ނިންމާފައިވާ އެތައް މަޝްރޫއުތަކެއް ކުރިއަށް އޮތް 10 ވަރަކަށް ދުވަސް ތެރޭގައި އަމިއްލަ ގިނަ ކުންފުނިތަކަކާ ހަވާލު ކުރާނެ ކަމަށެވެ.
އޭގެ ސަބަބުން އެތައް ކުންފުނިތަކަކަށް އެ މަޝްރޫއުތަކުގެ ފައިސާ ލިބިގެން ދިޔުމުން އެތައް އާންމު ރައްޔިތުންނަކަށް ތަނަވަސްކަން ލިބޭނެ ކަމަށާއި އިގުތިސޯދު ފުޅާވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ލ. ގަމަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެކިއެކި ކުދި އަދި މެދުފަންތީގެ ކުންފުނިތައް އަދި ބޮޑެތި ބައެއް ކުންފުނިތަކަށް ވެސް ސަރުކާރުގެ އެކި ކަހަލަ، އަޅުގަނޑު ވައުދު ވެފައިވާ އެތައް މަޝްރޫއުތަކެއް، އޭގެ ތެރޭގައި ސްކޫލްތަކާއި ހެލްތު ސެންޓަރުތަކާއި މިސްކިތްތަކާ މިހެން ގޮސް އެތައް ތަނެއް އެބަ ހަވާލުކުރަން،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ސަރުކާރުން އަމިއްލަ ކުންފުނިތަކުގެ ބިލްތަކަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް މަރުހަބާ ދަންނަވަން ލ. ގަމުން މިއަދު ނުކުތް މީހުން ސަފު ހަދައިގެން.---ފޮޓޯ: ރައީސް އޮފީސް
"އޭރަށް ވެސް ދިވެހި އެތައް ރައްޔިތުންނެއްގެ ކުދި އަދި މެދުފަންތީގެ ކުންފުނިތަކުން ކުރި މަސައްކަތަށް ފައިސާ ލިބުނީމަ އެތައް ރައްޔިތުންނެއް މުއްްސަނދި ވެގެން ދާނެ. އެކަން ވެސް އަޅުގަނޑުމެން ކުރިއަށް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ރައީސް މުއިއްޒު ލ. ގަމުގެ ރައްޔިތުންނާ މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕްކުރުމެއް ނެތި، ރައްޔިތުން ތަނަވަސްކުރަން މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިލާން ހަމީދު
22 October 2025
ފެނޭތަ އިދިކޮޅަށް؟ ގައުމު މިދަނީ ބާރަށް ކުރިޔަށް. ކަންކަން މިދަނީ ހަމަޔަކަށް އެޅެމުން. ދެން ޖެހޭނީ މަސައްކަތް ފަށަފައި ގައުމު ތަރައްގީވެގެން ދިޔުން
ހަސަން ބަޝީރު
22 October 2025
ސާބަހޭ ރައީސް. ރައްޔިތުންގެ ޖީބުތައް ބޮޑު ކުރަން މަނިކުފާނު ތިކުރާ މަސައްކަތް ހަމަ ޔަގީނުންވެސް ވަރަށް ފުރިހަމަ..
ސަމަރޭ
22 October 2025
ރާއްޖޭގެ އެންމެ ބެސްޓް ކުންފުނި އެމް.އޭ.ސީ.އެލްގެ ދުވަސް ދިޔައީ..
ފަރަންޖީ
22 October 2025
އެހެންވެގެންދޯ އެމްއޭސީއެލްއިން އެމްޓީސީސީ އޮއްވާ އަނެއްކާ އަނެއް ކޮންސްޓްރަކްޝަން ކުންފުނި އުފެއްދީ.
އައްލާ ބެއްޔާ
22 October 2025
އަމިއްލަ ކުންފުނިތަކަށް ދޭން ހުރި ފައިސާ ނުދެވިގެން ޕެންޝަން ފަންޑް ގައި ހުރި ލާރިކޮޅު ނަގާފައި ތިދެނީ. އެކަމަކު އަދިވެސް ތިދައްކަނީ އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓް ދޭވާހަކަ. ސަރުކާރު ކުންފުނިތަކަށް ޕްރޮޖެކްޓް ދެނީ ފައިސާ ނެތީމަ ހަމައެކަނި ފޮޓޯއެއް ނަގާލަން. ލާރި ހުރެގެން ޕްރެޖެކްޓް ހިންގާނަމަ ބަނޑަކަށް 2 ހައިމާކާއި ހިލަކޮޅެއް އަރުވައިގެން ފޮޓޯ ނަގަމުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ނުދާނެ.
މަގޭމަގޭ
22 October 2025
ކުރިން ދިޔައީ ހިތަށްއެރިހާ ވައުދުތަކެއް ވަމުން. މިހާރު ދަނީ އިތުރު ވައުދުތައްވަމުން ބިމުއަޑިއަށް ކޮންކްރީޓް އަޅަމުން. އެންމެންނަށްވެސް އެނގޭ ކޮންކްރީޓުން ގަހެއް ނުފަޅާނެކަން. ދެން ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނުކުމެފަ މިހިތަށް އަރަނީ ކޮންކަމެއްބާއޭ ކުރާނީ. ވަރަށް އެބަ ވިސްނަން ރައްޔިތުންގެ ބޯކާލެވޭނެ ގޮތަކަށް.
މޮހޮނު123
22 October 2025
ޕްރޮޖެކްޓްތައް ދޭތި، ފައިސާނުދޭތި
ދޭނަންކުރާނަން
22 October 2025
ދޭނަން. ކުރާނަން. އަންނަނީ. ކުރަނީ. ކޮންމެ ޕޯޑިއަމަކަށް އެރިޔަސް ވާހަކަ މިހުންނަނީ މި ގޮތަށް.
އަފްރާސިޔާބު
22 October 2025
ތިޔައީ ކޮންމެހެން އަތްޖަހަންޖެހޭ ވަރުގެ ކަމެއް.
ކޮމޮޑަސް
22 October 2025
އަހަރު ނިމެން ދެ މަހަށްވީމަތަ؟ ބަޖެޓު ހެދީ މުޅި އަހަރަކަށް ނޫންތަ؟
ތަރުތީބ
21 October 2025
އެމްޑީޕީން ކުރިން ކީ އަމިއްލަ ކުންފުނިތައް ޕްރޮޖެކްޓް ނުލިބިގެން އިނދަޖެހެނީއޭ. ކުރިން ގަބޫލެއް ނުކުރަން. މި ހަބަރު ކީފަހުން އެ ވާހަކަ މިހާރު ގަބޫލުކޮށްފިން. އެހެންވީމާ ދެ އަހަރު އެހެންތާ މިދިޔައީ. ލާރިން ފޭސްއެއްގަ ނޫޅެމޭ ބުނި ވާހަކަވެސް މިހާރު ގަބޫލެއް ނުކުރަން. އެ ފޭޒް ނިމިއްޖެ ކަމަށް އުއްމީދު ކުރަން.
އ.ނ.ތ
22 October 2025
އަމިއްލަ ކުންފުނިތަކަށް ދިނީމާ، އެޑްވާންސް ފައިސާ ނަގާފައި މަސައްކަތެއް ނުކުރޭ. ދައުލަތަށް އެތަށް ގެއްލުމެއް. މަސައްކަތް އަތުލީމާ ކޯޓަށް ގޮސް ބަދަލު ހޯދަނީ. މަސައްކަތް ނުކޮށް ފައިސާނަގައިގެން ތިބެނީ. ދެން ކިހިނެއް މަސައްކަތް ދޭނީ