ރަސްމާލެ ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ބައްލަވާލައްވަނީ: މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިއުލާންކޮށްފައިވާ އިރު، ފްލެޓާއި ގޯއްޗަށް އަންނަ ޖެނުއަރީގައި ހުޅުވާލާނެ. -- ފޮޓޯ | މިހާރު
17 ނޮވެމްބަރ 2025 - 11:47
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އަންނަ ޖެނުއަރީ 4 އިން ފެށިގެން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެ މަޝްރޫއުގެ އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުން ކުރެ ކޮންމެވެސް އެއް ބަޔަކަށެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައި ވަނީ އެ މަޝްރޫއުގެ ދަށުން 7،500 ފްލެޓް ދޫކުރާށެވެ.
ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. މި ގޯތިތައް ދޫކުރަނީ ދެ ކެޓަގަރިއަކަށް ބަހާލައިގެންނެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގޯތި ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭ ރަށްވެހިންނަށް 10،000 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރެއިން، އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 7،000 ގޯއްޗާއި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ގޯތި އަދި ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި ދޫކުރާނެ އެވެ.
މާލޭގައި ދިރިއުޅޭ އެެހެން ރަށްވެހިންނަށް 3،000 ގޯތި ކަނޑައަޅާފައިވާއިރު މައިމުޅަވުން (މައިންބަފައިންގެ މުދާ ވާރުތަނުވާ ސަބަބެއް މެދުވެރިވެ) ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ގޯއްޗާއި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،000 ގޯތި ކަނޑައަޅާފައިވެ އެވެ.
އެހެން ރަށްރަށުގެ މީހުންނަށް ގޯއްޗަށް ކުރިމަތިލެވެނީ ވެސް މާލޭގައި މެދުނުކެނޑި އުޅޭތާ 15 އަހަރުވުމުންނެވެ.
ފްލެޓް އުސޫލުގައިވާ ގޮތުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް ކަނޑައަޅާފައިވެ އެވެ. އަދި ބާކީ 2000 ފްލެޓުގެ ތެރެއިން 800 ފްލެޓް ކަނޑައަޅާފައި ވަނީ ދައުލަތުގެ އެކި މުއައްސަސާތަކާއި ފުލުހުންނާއި ސިފައިންނަށެވެ. އަދި އެކަނިވެރި މައިންނާއި ބަފައިންނަށާއި މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނަށް ވެސް އެ ކެޓަގަރީގައި ފްލެޓް ހާއްސަކޮށްފައިވެ އެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމެވެ. އެހެންވެ، ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ރޭ ވަނީ އިފްތިތާހުކޮށްފަ އެވެ.
ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިފްތިތާހުކުރުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ކުރީގެ އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގާފައިވާ ގޮތުން އޭގެ އިންސާފުވެރިކަމާއި އަދުލުވެރިކަމާ މެދުގައި ޝައްކު އުފެދޭ ކަމަށާއި އޭގެ ސަބަބުން މިފަދަ ޕްރޮގްރާމްތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ، މާޔޫސްވާން ޖެހިފައިވާ ކަމަށެވެ.
އެކަމަކު ސަރުކާރުން ކަނޑައަޅާފައިވާ އާ ސިޔާސަތުތަކާ އެކު ރައްޔިތުން ތަހައްމަލުކުރަމުންދާ އުނދަގުލަށް ނިމުމެއް ގެނެސްދީ، ކުރާ އުއްމީދު ހަގީގަތަކަށްވެ، އަމިއްލަ ބޯހިޔާވަހިކަމެއްގައި ކޮންމެ އާއިލާއަކަށް ވެސް އަބުރުވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާދިރު
17 November 2025
މިފަހަރުވެސ ލައްވާނުލާނެހެނެ ހީވަނީ. އަތޮޅު ތެރޭމީހުންނަށް 3000 ގޯތި އެއީ މަދު އަދަދެއް. ވީމާ މިފަހަރުވެސް ވާނީ މަގުމަތހިހެން ހީވަނީ. ކުރީ ސަރުކާރުގަ ނުލިބުނު މީހުންނަށް ދީބަލަ. ކޮންހާ ސަކަާތެއް ޖަހާކަށް. މިޒާތަށް އެކި ޕޯޓަލްތަކަށް ފޯމުލާތާ ވަރުބަލިވެއްޖެ. އަބަދު އުސޫލު ބަދަލުވާކަމުގައި ވަންޔާ ކޮނމެސް ބަޔަޖު ބާކީވުމުގެ ފުރުސަތހު ެބައޮިތް.
ޭހެހެހެހހެހެހހެދދހ
17 November 2025
ހުޅުވާފަ ބަހައްޓާ.. ހަމަ ލިބުނީ ކުއްޔަށް ދޫކޮށްލީ މިއުޅޭ ދަތި ހާލުގައުޅޭ ދިވެހިން
ނަފާ
17 November 2025
އަލަތު ކައިވެނީގެ ފުލެޓް ތައް ހުސްވެއްޖެ
އަހްމަދުު
17 November 2025
އެމްޑީޕީ ސަރުކާރުގައި ފްލެޓަށް ކުރިމަތިލާގެން 4000ފްލެޓަށް ޝަރުތު ހަމަވެފައިވާ ފްލެޓް ނުލިބިތިބި މީހުން އަލުންޖެހޭނީ ފްލެޓަށް ފޯމުލާންތޯ ސާފުކޮށްލާދެއްވާ.
ބޮއެ
17 November 2025
އެކަނިވެރި މައިންނަށް ފްލެޓް ދޭގޮތަށް ހެދުމަކީ ވަރި ގިނަވުމަށް މަގު ފަހިވާނެ ކަމެއް. އެ އަންހެން މީހާއަށް އޭނާގެ މައިންބަފައިން ގާތު ހުރެވޭނެ ގޮތެއް ނޫންނަމަ އާއިލާ މީހުން ގާތުގައި ހުރުން އެއީ ރަގަޅުގޮތަކީ، މީބުނަނީކީ ފަހަރެއްގައިވެސް އެ މަންމައާއި ދަރިން ނިކަމެތި ކޮށްލާކަށްނޫން. މަގުސަދު އަކީ ޢާއިލާއެއްގެ ގޮތުގައި އޮތުން.
789މޮޅު ގަވާއިދު
17 November 2025
އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުން ކުރެ ކޮންމެވެސް އެއް ބަޔަކަށެވެ. މިއީ ވަރަށް ފައްކާ ގަވައިދެއް އެއްވެސް ތަނަކުން ބޯހިޔާވަހިކަން ނުލިބޭ މީހަކު ގޯތި ކެޓަގަރީން ކުރިމަތިލައިފަ ނުހޮވުނީއޯ އެކަމަކު އޭނާއެއީ މާލޭގެ މީހެއް ނޫނީ ދަފްތަރު މީހެއް ދެން އެމީހާ އެވީ ބާކީ ފްލެޓްގަނޑެއްވެސް އޭނާއަކަށް ހައްޤެއްނޫން މިކަހަލަ ޤަވާއިދު މިހަދަނީ.
678އާބަން
17 November 2025
މިނިސްޓްރީން ބުނި ގޮތުގައި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލު ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުން ކުރެ ކޮންމެވެސް އެއް ބަޔަކަށެވެ. އެހެންވީމަ މިއިން ކެޓަގަރީއަކަށް ލައިފައި ނުލިބިއްޖެއާ އެމީހަކު އަނެއްކާވެސް ބޯހިޔާވަހިކަން ނުލިބިއަހަރުތަކެއް ގުނަންވީ ...
އަލި
17 November 2025
މާލެއާ އެހާދުރުވީމަ ކަނޑު ދަތުރު ކުރަންޖެހޭނެތީ ރަސްމާލެ ވާނީ ރާއްޖެތެރެ ކަހަލަ ތަނަކަށް.މާލެ ސަރަހައްދަށް އަންނަން ނުޖެހޭ ވަރަށް ރަސްމާލެ ކުރިއަށް ނުގެންދެވޭނެ.ދެން ކަނޑު އަޑިން ޓަނަލް އެޅޭނީ ވަރަށް މުއްސަނދި ގައުމުތަކަށް ހެން ހީވަނީ.
ފަހި
17 November 2025
ފުރަތަމަ ހަދާފަ ހުރި ފުލެޓް ތައް ހަވާލު ކޮށްބަލަ.
އޮނަރަބްލް އަފީފު ދީދީ
17 November 2025
އެތައް ބިލިޔަން ޑޮލަރުގެ ލޯނުނަގައިގެން ކ.އަތޮޅު ކަނޑު ފަޅު ހިއްކައިގެން ތަރައްޤީކުރި ބިންތަކުން މިފަހަރުވެސް ދޫކުރާ 13 ހާސް ބިމުން "ކަށިމައްޗަށް ޕޮއިންޓް ދީގެން" 10 ހާސް ބިން މާތްވެގެންވާ މުޤައްދަސްރަށްކޮޅުގެ "އެއްވަނަ ދަރަޖައިގެ ރައްޔިތުނަށް" ދޫކުރާއިރު ދެވަނަ ދަރަޖައިގެ "ރާއްޖެތެރޭ މީހުން" އަތަށް ފޯމު ގަނޑުވެސް ލިބޭނީ 15 އަހަރުދުވަހު އޭނާ މާލޭމީހަކަށް ކުލި ދައްކައިގެން. ދުނިޔެއިން ނަސްލީ ތަފާތުކުރުން ނެތިދިޔައިރުވެސް ރާއްޖޭގައި މިކަންއެބައޮތް.