އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ތިން މީހުން.
19 ނޮވެމްބަރ 2025 - 10:53
އއ. މާޅޮހުގައި އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އިއްޔެ އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ނިދާފައި އޮއްވައި މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލި މައްސަލައިގައި ދައުވާ އުފުލީ އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަށް ކަމަށެވެ. އެއީ؛
- އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު
- އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމް
- އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސް
އާޝިދުގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
ވިސާމާއި ފާރިސް އަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރާލި މައްސަލައިގެ ތުހުމަތަށް އެ ތިން މީހުން މިދިޔަ އޮގަސްޓް މަހު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
އަބްދުއްރަހުމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލަތަކާ ގުޅިގެން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށެވެ. އޭނާއަށް ހަމަލަދީފައި އޮއްވައި ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު އެވެ.
އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އެ ގެ އަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި ކޮޓަރީގެ ސީލިންގާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައުންސިލް
19 November 2025
މީ ކުށްވެރިން ނޫޅޭ ރަށް
އަހުމަދު555
19 November 2025
ހެކި ކޮބާ؟ ޕޮލިހުން ޖަލުގައި އެމީހުން ބައިތިއްބައިގެން ބިރުދެއްކިޔަސް ސާފު ހެކިހުށަހަޅާ..
ބަތާނު
19 November 2025
ކަލެއަށް ހެކި ދައްކާކަށް ނުޖެހޭ. ޙެކި ދައްކަން ޖެހޭ ތާނގަ އެ ދައްކާނެ. ކުއްވެރިން ދިފާއު ކުރަން މާ ވެގެން އުޅޭނެ ކަމެއް ނެތް!
އައްމަޑޭގެ
19 November 2025
ހެކި ހުށަހަޅާނެ ޝަރީއަތުގަ. ކަލެއަށް ހެކި ދައްކާކަށް ނުޖެހޭ.
ނަނަނަ
19 November 2025
ސާފު ހެކިދައްކާނީ ޝަރީއަތުގަ.. އެހެންވެ ޝަރީއަތް ކުރަނީ… ބަލާފަވެސް އެނގޭ ތީ ޖަލުގަ ބައިތިއްބަން ޖެހޭ ބައެއްކަން..
ރަދީފްއޮފިޝަލް /
19 November 2025
03 މީހުންގެ ލަދު ކޮބާ؟؟