ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން.-- މިހާރު ފައިލް ފޮޓޯ
23 ނޮވެމްބަރ 2025 - 13:52
މެދު ރާއްޖެތެރޭގެ ރަށެއްގައި ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދީ ބިރުދެއްކި ކަމަށް ބުނާ މައްސަލައެެއް ފެންމަތިވެއްޖެ އެވެ.
ސޯޝަލް މީީޑިއާގައި އެ ކުއްޖާގެ ބައްޕަ ބުނީ އޭނާގެ 10 އަހަރުގެ ފިރިހެން ދަރިފުޅު، މަޣުރިބު ނަމާދަށް ދިޔަ މަގުމަތީގައި، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ބެލުމުގެ ދަށުން ބަލަހައްޓާ 17 އަހަރުގެ ދެ ކުއްޖަކު އޭނާއަށް ބިރުދައްކާފައި ކަމަށެވެ.
އެކަން ކުރީ ގަދަކަމުން އެ ކުއްޖާ ފަޅު ތަނަކަށް ގެންދިއުމަށް ފަހު ކަމަށް ވެ އެވެ.
އޭނާ ބުނި ގޮތުގައި އެ މީހުން ވަނީ ކުއްޖާއަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން އުޅެފަ އެވެ. އަދި ކުއްޖާގެ ގައިގައި ސިނގިރޭޓު ބަޓު ޖައްސައި، އެކަން މައިންބަފައިންގެ ގާތުގައި ބުނެފި ނަމަ، އެމީހުން މަރާލާނެ ކަމުގެ އިންޒާރު ވެސް އެ ކުއްޖާއަށް ދިން ކަމަށް ވެސް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.
"އެ ހާދިސާއަށް ފަހު ކުއްޖާ ހުރީ ބިރުން، ވާހަކަ ވެސް ދައްކަން އުނދަގޫ،" ބައްޕަ ބުންޏެވެ.
"މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑު ގޮވާލަން ސަރުކާރާއި ޖެންޑާ މިނިސްޓްރީ އަދި ޕޮލިހަށް މި މައްސަލަ އަވަހަށް ބަލައި އިންސާފު ހޯދައިދޭން. އެއްވެސް ކުއްޖަކީ ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހޭ ކުއްޖަކަށް ވެގެން ނުވާނެ."
އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ބިރު ދެއްކި ކުދިންގެ ތެރެއިން އެކަކު ވަނީ އެ ކުއްޖާއާ އެކު ނަމާދަށް ދިޔަ އަނެއް ކުއްޖާ މިއަދު ސްކޫލުގައި އުޅެނިކޮށް އޭނާގެ ކަރުގައި ހިފައި އަނިޔާކޮށްފަ އެވެ.
އެ މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަނގަޅު ކުދިންނަށް ޙައްޤެއްނެތް
24 November 2025
ފިޔަވަތީގައި ބަލަހައްޓާ ގިނަކުދިން ކިޔަވަނީ ހުރަވީސްކޫލްގައި، އެކުދިންގެ ސަބަބުން ޓީޗަރުންނަށާއި ކުދިންނަށްވެސް ވަރަށް އުދަގޫވޭ. ޢަޅުގަނޑުގެ ދަރިފުޅުގެ ކްލާހުގައި ކިޔަވަންވެސް އުދަގޫވާ ވާހަކަ ދަރިފުޅު ގެއަށް އައިސް ކިޔާ، އެއްވެސްވަރަކަށް ރޫލްސް ފޮލޯ ނުކޮށް ޓީޗަރު އެއްޗެއް ކިޔައިދޭން ފަށާއިރަށް ފަހަރަކު ގްރޫޕަކަށްގޮސް އަޑުގަދަކޮށް ކުދިންގެ އެއްޗިސްއަތުލާ އުދަގޫކުރާވާހަކަ، އަދި އެކުލާހުގައިތިބޭ ސެންކްލާސް ކުދިންގެ ފަރާތުންވެސް އެހާ އުދަގޫވޭ،
ޢަލީލް
23 November 2025
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެހެއްޓުންތެރިކަން ކުޑަވެ ޒިންމާވާނެ މީހެއް ނެތުމުގެ ސަބަބުން އެފަދަ ދަރިވަރުން ހާޒިރުވާ ސްކޫލްތަކުގެ ދަރިވަރުންނަށް ވަރަށް ބޮޑެތި ގެއްލުމާއި ބޭއަދަބީ ކަންކަން ދަސްވޭ.
މީމި
23 November 2025
އަމިއްލައަށް އިންސާފު ހޯދަން ޖެހޭނީ މި ގައުމުގަ.
ކައްޒާބުދޮންތުއްތު
23 November 2025
ފުލުހުންގެ ބަހެއްބޭނުންވޭތަ؟ އެމީހުންނަށް ވަކިކީއްކުރެވޭނީ؟
ހަލިީމް
23 November 2025
މީ ޖަނގައްޔެއްތަ ނޫނީ ޤައުމެއްގަތަ މިއުޅެވެނީ ،
އަމިއްލައަށް ގޯހެއް ނަހާދާތި
23 November 2025
އިންސާފެއް ނުލިބޭނެ. ހުރިހާތަނެއް އޮތީ ރައްޔިތުންނަށް ޖަވާބުދާރީ ވުން ހުއްޓާލާފާ. އޭސީސީ ވެސް، ރައީސް ވެސް އެއްވެސް ބަޔަކު މިހާރު ރައްޔިތުންނަށް ޖަވާބު ދާރީ އެއް ނުވޭ. ޖަވާބު ދާރީ ވުމަކީ ނޫސްވެރިން ކުރިމައްޗަށް އައިސް ކުރާ ސުވާލުތަކަށް ޖަވާބު ދެވުން. މިހާރު މިއޮތީ ރައްޔިތުންގެ ވެރިކަން ހައިޖެކްވެފަ. ދެން އިންސާފެއް ނޯންނާނެ. ސޯޝަލް މީޑިއާގައި އުދާސް ބޭރުކުރުން ނޫން ގޮތެއް ނޯވޭ.
ބަހުރު
23 November 2025
ރައްޔިތު މީހާ ނުކުމެ އިންސާފު ހޯދާ ގާއިމު ކުރުން ނޫން ގޮތެއް ދެން މިހާރު ނެތް، އެކަން ދެންދާނީ ކުރިއަށް