ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ކުއްޖަކާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ސަރަހައްދުގައި ހިމެނޭ ރަށަކުން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް މިދިޔަ މަހުގެ 27 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން އުމުރުން 32 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ 

މި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް އަންނަނީ ތަހުގީގުކުރަމުންނެވެ. އެހެންވެ، އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.