ބޮޑުތަކުރުމަގު ފުޑް ކޯޓު ސަރަހައްދުގައި ޕާކް ކޮށްފައިވާ ކާރެއް، ފުލުހުންގެ ޓޯއަށް ހާއްސަކޮށްފަައިވާ އުޅަނދު ބޭނުންކޮށްގެން ނަގަނީ.-- ފޮޓޯ: ޕޮލިސް
05 ޑިސެމްބަރ 2025 - 13:33
ވެހިކަލްތައް ޓޯކުރުމަށް ހާއްސަ އުޅަނދެއް ފުލުހުން ބޭނުންކުރަން ފަށައިފި އެވެ.
އާއްމު ތަންތަނުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަން ފުލުހުން މީގެ ކުރިން ބޭނުންކުރީ ފޯކްލިފްޓެވެ. އެހެންވެ، ބައެއް ފަހަރު އުޅަނދުތައް ނަގާއިރު ގެއްލުން ވެސް ވެ އެވެ.
ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓުގައި ބުނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ނަގަން ހާއްސަ ޓޯ އުޅަނދެއް ބޭނުންކުރަން ފެށުމުން، ޓޯ ކުރުމުގެ މަސައްކަތަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ފުލުހުންގެ ޓޯއަށް ހާއްސަކޮށްފަައިވާ އުޅަނދު.-- ފޮޓޯ: ޕޮލިސް
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ ކުރަމުންނެވެ.
އޭގެ ތެރެއިން ޒިބްރާ ކްރޮސްގައި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކު ކޮށްފައިވާ އުޅަނދުތައް މާލޭގެ މަގުތަކުން ނަގަން އިއްޔެ ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓޯޔާޑް
05 December 2025
މިވެހިކަލްގެ ޚިދްމަތް 24 ގަޑިއިރު ދޭންޖެހޭ. ދައުލަތަށް ހާދަ ފައިސާއެއް ލިބޭނޭ
މާސިޑީޒް
05 December 2025
ތީތި ޓޯކޮއްލާފައި ތިލަފުއްޓަށް އެއްލާލާ
ހަސަންކޯ
05 December 2025
ކާރަށް ބޮޑަށް ގެއްލުންވާން ބޭނުން ނޫނިއްޔާ، ހޭންޑް ބުރެކި ނުޖައްސާ ބާއްވާ އަދި އޯލް ޑްރައިވް ބޭނުންކުރާ ބޮޑެތި ވަރުގަދަ ކާރުތަކުގެ ބޭފުޅުން ވަރަށް ހާސްވާނެ
މަމީހާ
05 December 2025
ދެމެހެއްޓެނިވި ގޮތެއްގައި، ހުއްޓުމެއްނެތި ކުރިއަށް ގެންދިއުން އެދެން. މައްސަލައަކީ މިއަދު ތިކަންކޮށް، ހެޑްލައިނެއް ޖަހާފައި އެތަކެއް ދުވަހެއް ގަވާއިދެއް ނެތި ޕާކުކުރަން ދޫކޮށްލާތީ.
ޑޮކްޓާރ. ބަނާނާ
05 December 2025
އިތުރު މިފަދަ ވެހިކަލް ގެނެސް ގެން ވެސް 24 ގަޑިއިރު ޓޯ ކުރަން އެބަޖެހޭ. ޙުޅުމާލޭ / މާލޭ ގެ ގެއަަކަށް މިހާރު ވަދެވޭ ވަރެއްނޫން އިގޭތޯ؟ ހިގަން އޮންނަ ޕޭވްމަންޓް މަތީ ބަލިމީހުން އުފުލާ ފްރޮޅުލީ ގޮޑީގެ ވޯކްވޭ ކަފިހުރަސް މިހެން ގޮސް ކިޔާނެ ކަމެއް ނެތް ވެހިކަލްތައް ޕާކްކޮށް އެކަމުގެ އުދަގޫ އިންތިހާއަށް ބޮޑުވެއްޖެ. މިކަން ހައްލު ކުރަން އެބަޖެހޭ...
ކިލުޖާސް
05 December 2025
ރައްޔިތުން ފެލަން ގެނޭ އެއްޗެކޭ ބުނިއްޔާ މާ ތާހިރުވާނެ.
ބާލިދީ
05 December 2025
ކަލޭނުވާވަރުންވެސް ކާރަށް އަރާ އިނދެވޭތޯ ބަލާތި.
ޖަވު ހަރީ
05 December 2025
މީގެ އިން ޓޯކުކޮށް ނިމޭ އިރު ދެން އިތުރު އުޅަނދެއް މާލޭގެ މަގުމަތީން ފެނުމަކީ ވަރަށް ނާދިރު ކަމެއް
ޓެކްސީ
05 December 2025
ޓޯކުރާ ހުރިހާ އުޅަނދުތައް ތިލަފުށްޓައް ބަދަލުކުރަންފަށައިފިނަމަ މާލެ އަދި ހުޅުމާލެއިން ތިބައިވަރު މަދުވާނެކަމަށް ލަފާކުރެވެ
ސަސި
05 December 2025
ރަގަޅު، ކުރާ ކަމެއް ސްޓައިލްގަ ކުރަންވާނެ. މީހުން ބުނެފާނެ ބަޖެޓް ސަޕޯޓޭ،