މިދިޔަ ހަފުތާގައި ބޭއްވި ލޯކަލް ޕޮލިސިން ކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވާއިރު ޕޮލިސް ކޮމިޝަނަރު އިހުސާން އެ ވާހަކަ އަޑުއައްސަވަނީ.---ފޮޓޯ: ޕޮލިސް
05 ޑިސެމްބަރ 2025 - 18:39
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު އޮންނާނީ ރައްޔިތުންގެ އިތުބާރު އޮތް ތަނެއް ކަމަށާއި އެ ކަމަކު މި ފަސް އަހަރު ޔާމީން ވެސް ފަހުރުވެރިވެވަޑައިގަންނަވާ ތަނަކަށް އެ މުއައްސަސާ ހައްދަވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ފުލުހުންގެ ނަޒާހަތްތެރިކަމާއި އިތުބާރު އަލުން ގެންނަން ޖެހޭއިރު މިނިސްޓަރު އިހުސާނަށް އެކަން ނުކުރެއްވޭ ކަމަށް ޕީއެންއެފްގެ ރޭގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވުމުން ދެއްވި ރައްދެއްގަ އެވެ.
ޔާމީނަށް ސޯޝަލް މީޑިއާގައި ދެއްވި ރައްދުގައި އިހުސާން ވިދާޅުވީ، ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި "ސިޓިން ރޫމްގައި ފްރޮންޓް އޮފީސް" ހިންގަވަން އިންނެވުމުގެ ބަދަލުގައި ލިބިވަޑައިގެންނެވި ފަސް އަހަރު ދުވަހު ރައީސް އޮފީހުގައި އިންނަވައިގެން ފުލުހުންގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު އެ ވާހަކަ ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެން ނަމަ މިއަދު އޮންނާނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފުލުހުންގެ މުއައްސަސާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާތް ﷲ ގެ އިދާރަފުޅާ އެކު، މި ފަސް އަހަރު ނިމިގެން ދާއިރު ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން ފުރިހަމަ އަށް އިތުބާރު ކުރައްވާ އަދި ރައީސް ޔާމީން ވެސް ފަހުރުވެވަޑައިގަންނަވާ މުއައްސަސާއަކަށް،" އިހުސާން ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެން ކުރާނަން."
މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި އަދި މި ވަތަން ދެކެ ލޯބިވާ މީހުން ކަމަށާއި އެ މީހުންގެ ހިދުމަތާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
"އެ ތާނގައި ހުރި ރަނގަޅު ކުރަންޖެހޭ ހުރި ކަން ދަނެ އެ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާ އެކު ރައީސް މުއިއްޒު ވެރިކަން ކުއްވަނީ،" އިހުސާން ވިދާޅުވި އެވެ.
ގާނޫނީ ގޮތުން ފުލުހުންގެ ކަންކަމަށް ޖަވާބުދާރީވެވަޑައިގަންނަވާ މިނިސްޓަރުގެ ހައިސިއްޔަތުން އިހުސާން ވަނީ ފުލުހުން ހިދުމަތް "ރީސެޓް" ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. އެ ކަމަށް މަގުފަހި ކުރުމަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހު ބޭއްވި ލޯކަލް ޕޮލިސިން ކޮންފަރެންސަށް ފަހު މިނިސްޓަރު ވިދާޅުވީ، އެ ކޮންފަރެންސްގެ ނަތީޖާ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ފެންނަން ފަށާނެ ކަމަށާއި ކަންބޮޑުވުންތަކަށް ވަރަށް ކައިރިން އެޑްރެސްކޮށް، ދެނެގަނެވިއްޖެ ކަމަށެވެ.
އިހުސާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވަނީ ނަތީޖާ ކަމަށެވެ. ރައްޔިތުންނަށް އެ ނަތީޖާ ނުދެއްކޭ ފުލުހުންނަށް އަބަދު ފުލުހުންގެ ވަޒީފާގައި ނުތިބެވޭނެ ކަމަަށާއި އެ ފަދަ މީހުން ޖެހޭނީ ނަތީޖާ ދައްކަން ކަމަށް މިނިސްޓަރު ވަނީ އެ ކޮންފަރެންސްގެ ދުވަސްވަރު ވިދާޅުވެފަ އެވެ.
"ރީޓްރެއިން ވާން ނަސޭހަތް ދީ، ފުރުސަތު ދީފައި، އެކަމަކު މިތާނގެ ތެރޭގައި އަބަދުމެ ނޮންޕާފޯމް މީހެއްގެ ގޮތުގައި ނުއެއް ހުރެވޭނެ. ރައްުޔިތުން އެބަ އެކްސްޕެކްޓް ކުރޭ ނަތީޖާ. އެ ނަތީޖާ އަޅުގަނޑުމެން ދައްކަން ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަތީގާ
06 December 2025
ހާޒިރީި ޕުރޮމޯޝަން ހުއްޓާލަންޖެހޭކަން ވިސްނުނުބާ ، ފުލުހުން ނާއި ސިފައިންނަކީ ހާޒިރީއަށް ޕުރޮމޯޝަންދޭކަހަލަތަންތަނެއްނޫން. ޢަދި ކޮމްޕިއުޓަރު ކޯހަކުން މަގާމު މަތިވާންޖެހޭތަންތަނެއްްނޫން. ތަރިތައް ޖެހިޖެހީނުންކަމެއްކުރަންނިކުންނަވަރުމީހަކުނެތް އިއްޒަތް މަތިކަމުން
ސީނާޖީ
06 December 2025
ތިފެންނަނީ ތިބޭފުޅުން އިސްވެ ތިބެ ފުލުހުން މެދުވެރިކޮށް ގެނައި ބަގާވާތުގެ އަސަރު ތިކަންދާނެ އެތައްޖީލަކަށް ދެމިގެން. ވ.ސަލާމް
ޕަރީޒާދު
06 December 2025
ބަލަ ޔާމީން ކުރި ކަންތައް ގިނަވީމަ ކޯޓް ތަކާ ޖަލުން އަރައިނުގަނެގެން އެއުޅެނީ.
ފިޔުގާސް
06 December 2025
ކޮން ޔާމީނަކާތަ އަޅައިގަނެގެން ތިއުޅެނީ..
ބަކުރުު
06 December 2025
ޔާމީނަކާ މީހަކު އަޅާގަނެގެން ނޫޅޭ. ޔާމީނު އުޅެނީ މިސަރުކާރާ އަޅާގަނެގެން ރައީސްކަންކުރާހިތުން ކޮސްބޮލަށް އަރާގެން.
ަަސަތޭކަ އެކާވީސް
06 December 2025
ފުރަތަމަ ކަމަކަށް ތި ފުލުހުންގެ ލީޑަރޝިޕް އަށް އަޅަންޖެހެ ފިޔަވަޅުތައް އަޅާބަލަ. ހަމަ ތި ބޭފުޅުންގެ ސަރުކާރުން ނެރެފަހުރި ރިޕޯޓްތައް އެހުރީ ރައްޔިތުންނަށް ފެންނަން.
ހިހޫސާނޫ
06 December 2025
ކޮބައިތޯ އެއަރޕޯޓްން ގެންދިޔަ ބުރިފުކޭސް؟ މިނިސްޓަރަކަށް ވީމަ އެބަހުންނަންޖެހޭ ކޮންމެވެސް ވަރެއްގެ އަޚްލާގެއްވެސް ދޯ ހަމަ މީހަކު ބުނާހާއެއްޗެއް ހުރެ އަމުނައިގެންނުވާނެ މީގެ ވިއްސަކަށް އަހަރުކުރިންވެސް މިޤައުމުގަ މިނިސްޓަރުންތިބި އަދި އެބޭބޭފުޅުންނައް ރައްޔިތުން ނުހަނު ހަދަރާއި ލޯބިދިން އަދިހަމަ ވެރިކަން ބަދަލުވިފަހުންވެސް އެއިގެތެރެއިން ދުނިޔޭގަ ތިއްބެވި ބޭފުޅުންގެ ފުށުން އެފެންނަ ރިވެތި އަޙުލާޤު ނިކަން އިހުސާނު ބަލާބަލަ.
ޱރ ވާނުވާ
06 December 2025
އިހުސާން މެންގެ ސަރުކާރުންތޯ ދަރުމަވަންތަ ހޮސްޕިޓަލް އެޅީ؟ އިހުސާނު މެންގެ ސަރުކާރުންތޯ ރަސްފަންނު ހެދީ؟ އިހުސާނު މެންގެ ސަރުކާރުންތޯ ދެކުނު ހާބަރުގެ ގޮނޱުކަން ނައްތާލާ ފުޱު ކޯޓްތައް އެޅީ؟ އިހުސާނު މެންގެ ސަރުކާރުންތޯ ބޭރުމަގު ހެދީ؟ އިހުސާނު މެންގެ ސަރުކާރުންތޯ ސަލްމާން މިސްކިތް އެޅީ؟ އިހުސާނު މެންގެ ސަރުކާރުންތޯ މާލެ ހުޅުލެ ބުރިޖު އެޅީ؟ އިހުސާނު މެންގެ ސަރުކާރުންތޯ ވެލާނާ އެއަރ ޕޯޓްގެ ދެވަނަ ރަންވޭ އެޅީ؟ ފަހަތުން އެބައާދޭ
ނކސޓ ޕރޒޑނޓ
05 December 2025
ވެރިކަމުގެ 6 މަސްދުވަހު ފުރަތަމަ ދިނީ އިނާމަކަށް 30 ޕަސެންޓް މުސާރަ ކުރިއެރުން. އެކަމަކުވެސް މިހާ މުސާރަ ބޮޑޮކޮށްދިނީމަވެސް އަހަރެމެންނަން މި އިހުސާނު ލާގެން ޕަބްލިްކް ބޭނުންވާ ނަތީޖަރ ނުނެރެވި މިދަނީ. ހާދަދެރައޭ
ކޮސް
05 December 2025
އިހުސާނު ތިތަނުން އިސްތިއުފާދީފަ ގެއަށް ދިޔައިމަ ތިޔަން ރަނގަޅުވާނެ.ޕާޓީއަށް ފޯމުފުރަން ކުރިކަންތަކުން ފުލުހުންތިބީ ތިޔަ މިނިސްޓަރުގެ އިތުބާރުގެއްލިފަ.
ބޭޗާރާ
05 December 2025
ތިކަމުގެ ހަނދާނެއް ނުހުންނާނެ. އެބައި ހާޑް ރިސެޓްކޮށްފި.
ޕަބޫޖި
05 December 2025
ޔާމީނު އަކީވެސް އިންސާނެއް. އަތްދަށުން ދިޔަ ކަންކަން ވެސް ހުރި. އެކަމަކު ރަނގަޅަށް ކުރި ކަންކަމުގެ ނިސްބަތުން "އޭ" ރިޕޯޓެއް ލިބެނީ ހަމަ.