ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހެނދުނު މަތިންދާބޯޓެއް ޖެއްސި އިރު މާލެއަށް ފެންނަ ގޮތް: އެއާޕޯޓަށް ޖައްސާ ބޯޓުތައް މާލެއަށް ސާފުކޮށް ކުރިން ފެނުނަސް ވައި ނުސާފުވެ ރީތިކޮށް މިހާރު ނުފެނޭ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
10 ޑިސެމްބަރ 2025 - 12:15
ނޭވާލާ ނިޒާމުގެ ބަލިތައް ތަހަައްމަލުކުރާ މީހުންނާއި ކުޑަކުދިންގެ ސިއްހަތަށް ސަމާލުކަން ދޭންޖެހޭ މިންވަރަށް މާލެ އާއި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި މި ދުވަސްވަރު ވައި ނުސާފު ކަމަށް، އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.
"އައިކިއު އެއާ" ގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41.3 މައިކްރޯ ގްރާމްގަ އެވެ.
މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 8.3 ގުނަ މަތީ މިންވަރެކެވެ.
މިއީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށާއި ލޭގެ ތެރެއަށް އެތެރެވާހާ ހިމުން ކުނޑި އެވެ.
އެ މިންވަރަށް އެހާ ހިމުން ހިރަފުސް ނުވަތަ ކުނޑި ވައިގެ ތެރޭގައި ހުރުމަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި ކުޑަކުދިންނަށް ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ.
އައިކިއުއެއާ އިން ލަފާކޮށްފައިވާ ގޮތުގައި ވައިގެ ނުސާފުކަން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ މިއަދަށްވުރެ ކުޑަ ތަންކޮޅެއް ރަނގަޅުވުމަށް ފަހު އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހިސާބަށް ދާއިރު މިހާރަށް ވުރެ ވެސް ގޯސްވާނެ އެވެ.
މިއަދު މާލެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ފުސްވެ ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ކޮންމެ އަހަރެއްގެ ހުޅަނގުމޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ނުވަތަ ދިވެހިން އާއްމުކޮށް ކިޔައި އުޅޭ ގޮތުން ނަމަ ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެ އެވެ. އަދި ބައެއް ފަހަރު މި މައްސަލަ ވަރަށް ބޮޑުވެ އެވެ.
މޫސުން ދިރާސާކުރާ އިދާރާތަކުން ބުނާ ގޮތުގައި މި މޫސުމުގައި ރާއްޖޭގެ ވައި ނުސާފުވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ ޗޭނު "ހިމާލަޔާސް" އަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީ އެވެ. އެ ވައިގައި އެކުލެވޭ ނުސާފުކަމަކީ ހިރަފުހާއި ފެކްޓްރީތަކުން އަރާ ދުން އެކުލެވޭ ނުސާފުކަމެކެވެ.
މި މައުލޫމާތު ގެނެސްދޭ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކުން އާއްމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި އިންޑިއާގެ މަތީގައި އޮތް ހިރަފުސްގަނޑުގެ އަސަރު އެންމެ ބޮޑަށް މިހާރު ކުރަމުން ދަނީ މަލިކު ހިމެނޭ ލަކްޝަދީޕްގެ ރަށްތަކަށެވެ.
އެކަމުގެ އަސަރު، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ރާއްޖޭގެ އުތުރުގެ ބޮޑު ބަޔަަކަށް ކުރާނެ ކަމަށް ވެސް އެ މައުލޫމާތަށް ބަލައި ލަފާކުރެވެ އެވެ.
ވައި އެންމެ ނުސާފު ވެރިރަށް ކަމަށްވާ އިންޑިއާގެ ނިއު ދިއްލީގައި ވެސް މި ދުވަސްވަރު ވައި ނުސާފުވުމުގެ މައްސަލަ ބޮޑެވެ. އެ ސަރަހައްދުގައި ވަނީ ވަޔާއި އެއްގަމު ދަތުރުފަތުރަށް ހުރަސްއެޅޭ ވަރަށް ވައި ނުސާފުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވދވސ
10 December 2025
އިންކްރެޑިބަލް އިންޑިއާ
ބސވސމ
10 December 2025
މީ ދިވެހިރާއޖޭގެ އާދަ. އެކްނ ރީރިވެދާނެ 2 ދިވަހެއްތެރޭގައި
ސަފާހް
10 December 2025
މިކަމުން ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް. މިސާލަކަށް އަނގައާއި ނޭފަތް ފޮރުވޭގޮތަށް މާސްކް އެޅުން.
ޝޥޝޘޥ
10 December 2025
ޓްރޫ
ދަގަތްފާނު
10 December 2025
މާލެ އަތޮޅު އެއީ މާލެ ސަރަހައްދެއްނޫން. މާލެ ސަރަހައްދަކީ މާލެއާއި މާލޭ ފަޅުތެރެ. އެތަނުން ހަމައެކަނި މާލޭމީހުނަށް ގޯތިދިނަސް އަހަރެމެންގެ މައްސަލައެއްނެތް.
ނޯކޮމެންޗު
10 December 2025
ކަލޭމެންގެ ރަށުން މާލެ މީހުނަށް ގޯތި ދޭތަ؟
ދަގަތްފާނު
10 December 2025
ކުރީގައި އަހަރެމެން އަޑުއަހަނީ މާލެއަތޮޅު، އުތުރުގެ އަތޮޅުތައް، ދެކުނުއަތޮޅުތަކަށް، މިކަހަލަ ބަސްބަސް. "މާލެ ސަރަހައްދު" ކިޔާތަނެއްގަ ތިހާ ވައި ނުސާފުއިރު ހިންމަފުށީ ސަރަހައްދާއި ހުރާ ސަރަހައްދު އޯކޭތަ.
ތެފައާސާ.
10 December 2025
ވައި މިހާވަރަށް ނުސާފުވީމާ ކުޑަކުދިންނާއި އުމުރުން ދޮށީ މީހުންނާއި ދާއިމީ ބަލިމީހުން އަމަލުކުރަންޖެހޭ ގޮތެއްވެސް ހިމަނާލިނަމަ....؟؟
އަދިނުހޭލާ ކަންނޭނގެ
10 December 2025
ކޮބާތަ މިރާއްޖޭގެ މީޓިއޮރޮލޮޖީ ’ރިޕޯރޓިން‘ އޭޖެންސީ؟ ފޯކާސްޓް ކުރާ ބައެއްނޫން އެވެސް. އެސޮރުމެންވެސް ދޭތެރެއަކުން ވެދަރ ރިޕޯޓްކުރާނެ. ވާނެހައެއްޗެއް ވީމަ.
އެމީހ
10 December 2025
ފަރުބަދައިން ވާކަމެއްނަމަ ކުރިންވެސް މިކަން ވާނެ. ގުބޯހައްދަން ނޫޅޭ. ފެކްޓްރީ ތަކުން އަރުވާ ވިހަ ގޭސް މި އެނބުރެނީ. އަހަރަކުން އަހަރަކަށް ގޯސް. 2030 ގައި މި ސަރަހައްދުގައި ޑިސެންބަރު ޖެނުއަރީގައި އެއްގަމާއި ކަނޑު އުޅަނދު ދުއްވުން މަނާކުރާ ހިސާބަށް ދިއުން ކާރި. ފެކްޓްރީ ތަކުން އަރުވާ ދުން މަދުކުރަން ބައިނަލްއަޤްވާމީ ފެންވަރުގައި ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ.
ލުބްލާ2025
10 December 2025
މީގެ ބަދަލުހޯދަން އިންޑިއާ، ޗައިނާ އަދި އިންޑިއާ އާަދެކޮޅަށް ބައިނަލްއަގުވާމީ ކޯޓަކަށް މައްސަލަ ހުށަހަޅަން ޖެހޭ. މީ ރާއްޖޭގެ ރައްޔިތުންނަށާއި ޓޫރިޒަމަށް ވެސް އޮތް ބޮޑު ނުރައްކަލެއް
އައިސަން
10 December 2025
ކޮންމެ އަހަރެއްގެ 31 މެއި އަންނަ އިރު ނުހުންނާނެ މިހަނދާނެއް، އޭރަށް ގޯސްވާނީ ސިނގިރޭޓާ ވެޕާ. ކޮން ޒަމާނެއް މިހާރު ހަމަ ކންމެ އަހަރަކު އިރުވައިމޫސުމަށް މިކަމެއް ޖެހޭތަ؟ މައުމޫނު ވެރިކަމުގަވެސް މިހެން ކީ.