އެމްޓީސީސީގެ ސޯމިލް: ސައުދީގެ އެމްބަސީ ހިންގާ އެ އިމާރާތުގެ މައްޗަށް އެރި މީހަކު ވަނީ ހައްޔަރުކޮށްފައި
17 ޑިސެމްބަރ 2025 - 09:09
ސައުދީ އެމްބަސީ ހިންގާ އިމާރާތުގެ ފުރާޅުމައްޗަށް އެރި އުމުރުން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ސައުދީ އެމްބަސީ މިހާރު ހިނގަމުންދަނީ ހުޅުމާލެ ފެރީ ޓާމިނަލްއާ ޖެހިގެން ހުންނަ އެމްޓީސީސީ ސޯމިލްގަ އެވެ. މީގެ ކުރިން ފޮރިން މިނިސްޓްރީ އާއި އަރަބިއްޔާ ސްކޫލް ވެސް އެ ތަނުގައި ހިންގަ އެވެ.
ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ޒުވާނާ ތަހުގީގުގެ ބޭނުމަށް ފަސް ދުވަސް ވަންދެން ބަންދުކުރަން ގާޒީ ވަނީ އަމުރު ކުރައްވައިފަ އެވެ.
ބަންދު އަމުރުގައިވާ ގޮތުން ސައުދީ އެމްބަސީ އަށް އޭނާ ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ބަންދު މަޖިލީހުގައި އެ ޒުވާނާ ބުނީ، އެއީ ސައުދީ އެމްބަސީކަން އޭނާއަށް ނޭނގޭ ކަމަށާއި އެފަދަ ނިޝާނެއް ވެސް އެ ތަނުގައި ހުރި ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ. އެ ތަނުގައި ސައުދި އަރަބިއްޔާގެ ދިދައެއް ނަގާފައިހުރެ އެވެ.
ސައުދީ އެމްބަސީގެ ފުރާޅުމައްޗަށް އެރީ އެ ތަނުގެ ފޮޓޯ މީހުން ނަގާފައި ހުންނަ ތަން ފެންނާތީ ފޮޓޯއެއް ނަގާލަން ކަމަށް ވެސް ބުންޏެވެ.
ނަމަވެސް، އެ ތަނަށް ފުރާޅުމައްޗަށް އެރިތާ 10 މިނެޓްގެ ތެރޭގައި ފައިބާފައިވާނެ ކަމަށާއި އެއީ އެތަނަށް މީހުން އެރުމުން ބާލުވާތީ އެއީ ރަނގަޅު ކަމެއް ނޫން ކަަމަށް އިހުސާސް ކުރެވިގެން ކަމަށް ވެސް ބުންޏެވެ.
ކުށުގެ އެއްވެސް ރެކޯޑެއް ނެތް އެ ޒުވާނާ ވަނީ އެ ތަނަށް އެރުނީތީ މާފަށް ވެސް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެކެކެކެކެކެކެކެކެކެކެކެ
17 December 2025
މި ތަ ޒުވާނަކު ކަމެއް ކުރީމަ ކަންކުރަން ޖެހޭ ގޮތަކީ؟ ބޮޑެތި ވަގުން ވެސް ބަންދަށް 5 ދުވަސް! ކޮބާ ޒުވާން އުމުރުގަ ކުރެވޭ ކަންކަމަށް ދޭ ލުއި އަދަބު؟ ކޮބާ ކޮމި އުނިޓީ ސާވިސް އަވާސް؟
raajje
17 December 2025
މިހާރު ފުރާވަރަށްއަރާގިނަ މީހުންގެ ކޮމަންސެންސުވެސް ނުހުންނަނީޔޭދޯ، އަދި އަމުދުން ތިމާލޭގައުޅޭމީހަކަށް ކިރިޔާވެސް ކޮމެންސެންސުހުރިނަމަ އެނގެންވާނެ ތަންތަނުގެ ފުރާޅަށް އެއީ ގެޔެއްވިޔަސް ތިމާގެ ފުރާޅެއްނޫންނަމަ އަރަންޖެހޭނީ ހުއްދަހޯދައިގެންކަން، ބޮޑޭވާންވެގެން އަރަނީ، ދެންކޮންމާފަކަށްއެދޭކަށް، އޮންނައަދަބެއްދިނީމާދެންވެސް މައިތިރިވެގެން ހަމައިގައުޅެންދަސްވާނީ، މާފުދީދޫކޮށްފިނަމަ ދެންގޮސްއަރާނީ ސިފައިންގެ ފާރުމަތިންކަމަށްފެންނަނީ!
ގަހަރުމާދާ
17 December 2025
ކޮންގޮތަކުންހޭ ތިޔާތަން އެންބަސީއަކާ ވައްތަރީ؟ ތިޔާތަން ހަމަ ވައްތަރީ މާލެ ދަތުރުކުރާ ނާލު ބައްތެއްޔެއް ބަންނަން އަޅާފަ ހުރި ހަރުގެއަކާ. ތަނެއް ތަނެއްގައި ހުއްޓަކަސް ޒުވާނާ ނުޖެހޭ ފުރާޅަށް އަރާކަށް. އެކަމަކު އެންބަސީ އެއް ވެއްޖެއްޔާ އެއީ އެންބަސީއެއްކަން އިނގޭ ވަރުގެ ކުޑަ މިނޫން ސެކިއުރިޓީ ގަނޑެއް ވެސް ބެހެއްޓިއްޔާ ބައިތުލް މާލު ހުސްވަނީތޯ؟
18 އަހަރު
17 December 2025
ޢަހަރެން 18 އަހަރު އަހަރެން ތިހިނެއް ނުލޭން
އަމަލު
17 December 2025
ދުނިޔޭގެ އެއްވެސް ތަނެއްގަ މިހާ ދަށްފެންވަރަށް ޑިޕޮލަމެޓިކް ގުރައުންޑެއް ހުރިހެނެއް ހިޔެއްނުވޭ. ބައުންޑުރީ ވޯލްއެއް ނެތް، އެންމެ ހަރަކާތްތެރި މެރިންޑުރައިވްގަ ހިގާފަދާމީހާ ކައްޗައް ފިޔަވަޅެއް އެޅުނަސް އެތެރެއަށް ވަދެވޭގޮތައް. އޮޑި ހަރުގެޔަކާ ބޮޑަށް ވައްތަރީ.
ޕިއްޒާޖޯޑީ
17 December 2025
ކޮބާ އެތާ ޑިއުޓީއަށް ބަހައްޓާފަ ހުންނަ ފުލުސްމީހާ. ކޮންމެ އެންބަސީއެއްގަ ފުލުހަކު ހުރޭ ޑިއުޓީގަ. ކޮބާ އޭނާގެ ޒިންމާ، އޭނާވެސް ހައްޔަރު ކުރަންވީ 5 ދުވަހަށް. ޗައިނާ އެމްބަސީ ޑިއުޓީގަ ކިޔާފަ އާޓިފިޝަލް ބީޗުގަ އޭސީ ކޮއްޓެއްގެ ތިބޭނެ ފޯނާ ކުޅެން. އެވެސް ޑިއުޓީ.
ލުބްލާ2025
17 December 2025
ފަޒުލް ރަޝީދު ހައްޔަރުނުކޮށް މިފަކީރު ޖަލަށް؟
ދިއްދާ
17 December 2025
ތިއީ އިމާރާތެއްތަ؟ ގުދަނެއް ނޫންތަ ތިއީ. އެމެރިކާއަށް 600 ބިލިއަން ޑޮލަރު ދިން ބަޔަކު ގުދަނެއްގައި އުޅުން ހެއްވާ ކަމެއްދޯ.
އަންދަލޫސިޔާ
17 December 2025
ހައްޔަރުކޮށް، މައްސަލަ ތަޙްްޤީޤްކޮށް، ޙުކުމް ކުރަންޖެހޭ. މިއީ ނުރައްކާ ކަމެއް.
ސައިނީސް
17 December 2025
މީ މިސާލަކަތް ހަދާފައި ބޮޑު އަދަބެއް ދޭންޖެހޭ ، ނޫނީ އަދިވެސް މީހުން މިކަހަލަ ކަންތައްތައް ކުރާނެ ، ކޮންމެ ޤައުމެއްގައި މީ ބޮޑެތި ހުކުން އަންނަ ކަންތައްތައް
މިއާން
17 December 2025
އަދަބުދޭންޖެހޭނެ، ނަމަވެސް ސައުދީ އެމްބަސީ ފަދަ ޑިޕްލޮމެޓިކް ރެސްޓްރިކްޓެޑް ތަނެއްގައި އެއަށްވުރެ ތަންކޮޅެއް ރަގަޅަށް ސެކިއުރިޓީ ބެލެހެއްޓެންޖެހޭނެ، އަދި އެތަނަށް އާއްމުކޮށް ވަދެނުކުމެވޭހެން ހުރެގެން ނުވާނެ،