ގިނަ އަހަރުތަކެއް ވަންދެން މިނިސްޓަރުކަން ކުރެއްވި ރާޝިދާ ޔޫސުފް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: އޭނާ ވަނީ ރާއްޖޭގައި ހޯމް ސްކޫލިން ތައާރަފްކޮށްދިނުމަށް އެދިވަޑައިގެންފައި. -- ފޮޓޯ: ރައީސް އޮފީސް
17 ޑިސެމްބަރ 2025 - 12:55
ރާއްޖޭގެ ސްކޫލްތަކުގައި އޮތީ މުބާރާތްތައް ކަމަށާއި ހޯމް ސްކޫލިން ތައާރަފްކުރަން ޖެހިފައިވާ ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގެ މީހުންނާ ބައްދަލުކުރަން ބާއްވަވާ ބައްދަލުވުންތަކުގައި ރޭ ގަލޮޅު ރައްޔިތުންނާ އެކި ބޭއްވެވި ބައްދަލުވުމުގައި ރާޝިދާ ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ހަމަޖެހިލައިގެން ނޭވާލާނެ ވަގުތުކޮޅެއް ސްކޫލްތަކުގައި މިހާރު ނުލިބޭ ކަމަށެވެ.
"ކިޔެވުން ވެސް މުބާރާތަކަށް ވެއްޖެ. އެކްސްޓާ އެކްޓިވިޓީސްތައް ވެސް މުބާރާތަކަށް ވެއްޖެ. ދުވަސްތައް ފާހަގަކުރުން ވެސް މުބާރާތަކަށް ވެއްޖެ. މިހާރު ސްކޫލުތަކުގައި ހުސް މުބާރާތްތައް އޮންނަހެން ހީވަނީ،" ޓީޗިން ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ރާޝިދާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޔޫތު އެންޑް ވިމެންސް އެފެއާޒް މިނިސްޓަރުކަމާއި ވިމެންސް އެފެއާޒް އެންޑް ސޯޝަލް ވެލްފެއާ މިނިސްޓަރުކަމާއި ވިމެން އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓަރުކަން އަދި ލަންކާގައި ހުންނަވާ ހައި ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ރާޝިދާ ވިދާޅުވީ މިއީ އޭނާ ސްކޫލެއް ހިންގެވި އިރު ވެސް ފެށިގެން އުޅޭ ކަމެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ރާޝިދާ ވިދާޅުވީ ސިކުނޑި ބޭނުންކޮށްގެން ވިސްނައި ފިކުރުކޮށްގެން ކަންކަން ދަސްކުރަން މިހާރު ކުދިން ބޭނުން ނުވާ ކަމަށެވެ. ކުދިން ކިޔަވަނީ ހިތުދަސްކޮށްގެން ކަމަށާއި ވިޔަފާރި އުސޫލުން ހައްދާ ޕާސްޓްޕޭޕަރާއި ޓިއުޝަނުން ކަމަށް ވިދާޅުވި އެވެ. އަދި ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދޭ ޕްރޮޖެކްޓުތަކާއި އެސައިންޓްމެންޓްތައް ވެސް ވިޔަފާރި އުސޫލުން ހައްދައިދޭ ކަމަށް ވިދާޅުވި އެވެ.
މިހާރު ގްރޭޑް 12 ނިންމައިގެން ނިކުންނަ ދަރިވަރުންނަށް ސިޓީއެއް ލިޔަން ނޭނގުމާއި ދިވެހިން ވާހަކަ ދައްކަން ވެސް ނޭނގޭ ކަމަށް އިވޭ ވާހަކައިގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ. ރާޝިދާ ވިދާޅުވީ ސްކޫލް ނިިމިގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި އެހެން މީހުންނަށް އިހްތިރާމްކުރުން ވެސް ނެތް ކަމަށެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ:ނިޝާން އަލީ | މިހާރު
ސްކޫލު ނިންމާ ކުދިން ވަޒީފާގައި ހަރުނުލާ މައްސަލަ ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު ސްކޫލު ނިންމާފައި ނުކުންނަ ކުދިން އަދާކުރާ ވަޒީފާ ކަމުނުގޮސްފި ނަމަ އެކަން އިތުރަށް ކުރާކަށް ބޭނުމެއް ނުވޭ. ލިބުނު ވަޒީފާ އަދާކޮށްގެން އެއިން ލިބުނު އެއްޗެއް ހޯދައިގެން ކުރިއަށް ދާން ދަރިންނަށް ދަސްކޮށެއް ނުދެވޭ،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވެސް އިންނެވި ބައްދަލުމުގައި އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށް ރާޝިދާ ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ތައުލީމު ދެމުން އަންނަ ގޮތް ބަލައި ދިރާސާކުރަންޖެހޭ ކަމަށެވެ. މިހާރު އޮތް ހާލަތުން، ގައުމު ހިންގުމުގެ ގާބިލްކަން ހުރި ބަޔަކު އުފެއްދިދާނެ ކަމާ މެދު ސުވާލު އުފައްދަވަމުން ރާޝިދާ އެދިވަޑައިގަތީ ގާނޫނަކަށް ފައްތައިގެން ވިޔަސް ހޯމް ސްކޫލިން ތައާރަފްކޮށްދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޭއައި
17 December 2025
މާދަމާ ސްކޫލު ނިންމާ ދަރިވަރު ސިޓީ ލިޔާކަށްނިޖެހޭނެ. އޭއައި ޕްލެޓްފޯމެއްގައި ސިޓީ ފޯމެޓު ދީ ޑްރާފްޓްކޮށްލަންވީ. އަދި ސިޓީބިޓީއިން ހިންގާ ބިއުރަކްރަސީއަކަށްވުރެ، ރިއަލްޓައިމްގައި ކުރާ ރިކުއެސްޓް/ޗެޓް ޕްލެޓްފޯމުތަކުން ކަންކަންކޮށް އެފިޝަންސީގެނުވާނެ. ކުރީގެ މިނިސްޓަރ ރާޝިދާގެ ހިޔާލުތައް އެހުރީ މާދަމާގެ ޓެކްނޮލޮޖީއަށް ދަރިވަރުން ބިނާކުރުމަށްވުރެ، ކުރީގެ މާޒީއަށް ދަތުރުކުރުމުގެ މިސްރާބަށް!
ވައިވުޑްޔޫޑޫދެޓް
17 December 2025
ހޯމްސްކޫލިން އަކީ ސްކޫލަށް ނުފޮނުވާ ގޭގައި ކިޔަވައިދިނުން ، އެއީ ރަނގަޅު ވިސްނުމަކަށް ވާ ގޮތަކީ ކޮބާ މިހާރުވެސް ކުދިން ގޭއިން ބޭރަށް ނު ނިކުމެ ސޯޝަލީ އައިސޮލޭޓުވެ ނަފްސާނީ މައްސަލަތައް އިތުރުވަމުން ދަނީ ސޯޝަލް އައިސޮލޭޝަން އަކީ އެތައް ބައިވަރު ބައްޔެއްގެ މޭޖާ ރިސްކްފެކްޓާ އެއް
ހހހހހހ
17 December 2025
ހޯމް ސްކޫލިން ވަރަށް ރަނގަޅު. ސްކޫލަށް ފޮނުވީމަ ކުދިން މިހާރު ހަލާކު ވަނީ
ފަރަންޖީ
17 December 2025
ތިވެސް ޚިޔާލެއް. އެކަމަކު ތީކީ މިދިވާގެން އުޅެ މައްސަލަތަކައް އޮތް ހައްލެއް ނޫން. ދުނިޔޭގަ ހޯމް ސްކޫލިން އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ހޯމްސްކޫލް ކުރާ ކުދިންގެ އަދަދު %1 އަށްވެސް ނާރާ. އެންމެ ގިނަ ޔޫއެސްގަވެސް އުޅެނީ %5އިން ދަށުގަ. މުއްސަނދިންނަށް ތިނިޒާމުން ފައިދާއެއްވެދާނެ. އެކަމަކު ތީގެ ނުރައްކާވެސް އެހާބޮޑު. މިހާރުވެސް އަންހެން ދަރިން ސްކޫލަށް ފޮނުވަން ބޭނުންނުވާ އެތައްބަޔަކު އުޅޭ. ސްކޫލަށް ފޮނުވަނީ ގާނޫނާޚިލާފުވުމުގެ ބިރުއޮތީމަ.
ކިޔަވާދިނުން ބަދަލު ކުރޭ!
17 December 2025
ރަގަޅު ވާހަކައެއް! އެކަމު މިގައުމުގެ މީހުން އަރަބި ވާހިތުން ކުރާ ކަންކަންވެސް ފާހަގަ ކޮއްލުން ރަގަޅު ދެއްތޯ؟ މިއީ ދިވެހި ރާއްޖެ! އިންޑިޔާ ކަނޑުގަ އޮންނަ އިންޑިޔާ އަދި ލަންކާ ދަރިފަސް ކޮޅު. އިސްކޮޅުން މެދު-ކުޑަ މިންގަޑުގެ ހަމުގެ ކުލަ އަނދިރި ކޮން ހުންނަ ބައެއް! އެކަމު މިހާރު މިއުޅޭ މީހުންނައް ހީވާކަހަލަ މިއީ މެދުއިރުމަތީގެ ބައެއްހެން!
ޕަކާސް ޝަރުމާ
17 December 2025
އަސްލު ތިހާވަރަށް ޖާހިލުނުވިޔަސް ރަނގަޅުވާނެ. ކިރިޔާވެސް ފޮތެއް ކިޔައިފިއްޔާމު އެނގޭނެ މިރާއްޖޭގައި ހަމަ އަރަބި ހިސާބިތަކުންވެސް އެފްރިކާއިންވެސް ނަސްލުގެ ބައެއް ނިސްބަތްވާކަން އަދި އާދަކާދަ ތަކުގެ ތެރޭގަވެސް އުޅޭކަން. ހާދަ އަސަރެއް ތިކުރަނީ.
ހޯސްފޯސް
17 December 2025
އަދި ބައެއް މީހުންނަށް ހީވާކަހަލަ މީ ޔޫރަޕް ބައެއްހެން
ފޯމަރ ސްޓޫޑެންޓް
17 December 2025
ސިޓީ ލިޔަން ނޭނގޭ ކުދިން އުޅޭފަދައިން، އިހުތިރާމްކުރަން ނޭނގޭ ކުދިން އުޅޭ ފަދައިން ބޯނުރަވާއިރުވެސް ނިވާ ކުރަން ޖެހޭ ހިސާބު ނޭނގޭ ކުދިން އުޅޭ ކަމީ ވެސް ހަގީގަތެކެވެ
ޑރ. ރާމީ ޙަސަން މަނިކު ޕީ.އެން.އެފް
17 December 2025
ހޯމް ސްކޫލް ކުރުމަކީ ސަރުކާރުން ހަމަޖައްސާ ދޭން ޖެހޭ ކަމެއް ނޫން! ހޯމް ސްކޫލް ކުރަން ބޭނުން ކުދިން ރާއްޖޭގެ ޤާނޫނާއި އެއްގޮތް ވާގޮތުގެ މަތިން، މިހާރު ވެސް އެކަން ކުރަންވީ. ނަމަވެސް މިއީ ޙާއްސަ ކޮށް އެމެރިކާ އާއި އިޒްރޭލް ގައި ކުރާ ކަމެއް! ސަބަބަކަށް އެތަން ތަނު-ގަ ވެފައި އޮންނަނީ، އެމީހުން ތަބާވާ ދީން ގޭގައި ބޮޑަށް ކިޔަވާ ދިނުން! މިއީ ރާއްޖެ އާއި ގުޅޭ ކަމެއް ނޫން.
ޔޫއްޕީ
17 December 2025
މިނިސްޓަރުކަމުގަ އުޅުނުއިރު ކީއްވެތަ ނުކުރީ؟ މިހާރުދެން މޮޅެތި ވާހަކަދައްކާނެ ކަމެއްނެތް.
ރަނގަޅު
17 December 2025
ސްކޫލުތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ހަދަން ޖެހޭ، ސްކޫލު ގަޑިއާ ގުޅުވައިގެން އިތުރު ހަރަކާތެއް ހިންގަންޏާ ހިންގަންވީ.
ތާއިދޭ
17 December 2025
އަނީސާ އަށް ފުރަތަމަ ފަހަރަށް ތާއިދު މި ކުރެވެނީ.
ހަވަނަ
17 December 2025
އެއީ ރާޝިދާ... އަނީސާއެއްނޫން
ބާލިދީ
17 December 2025
ރާޝިދާ !
ނޯތާއީދު
17 December 2025
ކޮއްކޯ އަނީސާގެ ނަން އެކަނި ދޯ އެނގެނީ؟
ތާއިދުވެ
17 December 2025
ދޮން ކަލޯ އަނީސާ ޖެހިފަ ވެއްޓުނިއްޔާ އިނގޭނެތަ؟