ސަރުކާރު ހިންގާ ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ސަޕޯޓަރުންނަށް އަތްޕުޅު ހިއްލާލައްވައި ސަލާން ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
18 ޑިސެމްބަރ 2025 - 11:22
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާ މެދުގައި 62 ޕަސެންޓް މީހުން ހިތްހަމަޖެހޭކަން ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސާވޭއަކުން ދައްކައިފި އެވެ.
ރާއްޖޭގައި ހިންގާ ތިންކް ޓޭންކެއް ކަމަށްވާ ބާނީން ކުރި ސާވޭގައި ބުނީ، ރައީސް މުއިއްޒު ޒިންމާ އަދާކުރައްވާ ގޮތާ މެދުގައި، ވޯޓުލާ އުމުރުގެ ދިވެހިން ދެކޭ ގޮތް މިދިޔަ މަހު އަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން 62 ޕަސެންޓު މީހުން އެ މަނިކުފާނުގެ މަސައްކަތްޕުޅާ މެދު "ހިތްހަމަޖެހޭ" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް ބުނެފައިވެ އެވެ.
މިދިޔަ މަހުގެ 23 އިން މި މަހު އެކެއްގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ސާވޭގައި ރައީސްގެ މަސައްކަތްޕުޅާ މެދުގައި "ހިތްހަމަނުޖެހޭ" ނުވަަތަ "ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ" ކަމަށް 38 ޕަސެންޓު މީހުން ބުނެފައިވެ އެވެ.
އެ ނަތީޖާއާ އެކު، ރައީސް މުއިއްޒަށް ލިބިފައި ވަނީ 24+ ނެޓް އެޕްރޫވަލް ރޭޓިންއެއް ކަމަށް ބާނީން ބުންޏެވެ.
Baani’s latest poll finds strong support for President Muizzu, with 62% of Maldivian voters approving of his performance midway through his first term, giving him a net approval rating of +24 points. pic.twitter.com/Ii9GDp2vJ5
— Baani (@Baani_Centre) December 18, 2025
ރައީސް މުއިއްޒުގެ މަސައްކަތްޕުޅާ މެދު ހިތްހަމަޖެހޭކަން ފާޅުކުރި 62 ޕަސެންޓް މީހުންގެ ތެރެއިން 21 ޕަސެންޓް މީހުން ވަނީ "ވަރަށް ބޮޑަށް" ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. ބާނީން ބުނި ގޮތުގައި، އެއީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ މީހުން ކަމަށް ބެލެވިދާނެ އެވެ.
ބާކީ ތިބި 41 ޕަސެންޓް މީހުން "ހިތްހަމަޖެހޭ" ކަމަށް ބުންޏަސް، އެއީ އެ މަނިކުފާނުގެ ދެގޮތެއް ނުވާ ސަޕޯޓަރުން ކަމަކަށް ނުބެލެވެ އެވެ.
ބާނީން ބުނި ގޮތުގައި، މި ސާވޭގެ ނަތީޖާ ނެރެފައި ވަނީ ރެންޑަމް ފޯން ކޯލް މެދުވެރިކޮށް އިންޓަވިއު ކޮށްގެންނެވެ. އެ ތިންކު ޓޭންކުން 391 މީހަކާ ސުވާލުކޮށް، ބައިނަލްގައުވާމީ ޕޯލިން މިންގަނޑުތަކާ އެއްގޮތަށް ސާވޭކޮށްފައިވާ ކަމަށް އެތަނުން ބުންޏެވެ.
މި ނަތީޖާގެ މާޖިން އޮފް އެރާ އަކީ ފަސް ޕަސެންޓު އަދި ކޮންފިޑެންސް ލެވެލްއަކީ 95 ޕަސެންޓެވެ. އޭގެ މާނައަކީ މި ޕޯލް އެ މުއްދަތުގެ ތެރޭގައި އެކި ފަހަރު މަތިން ހިންގި ނަމަވެސް 95 ޕަސެންޓް ފަހަރު ޖަވާބުތައް ހުންނާނީ މި ސާވޭގެ ނަތީޖާއާ ފަސް ޕަސެންޓަށް ވުރެ ކުޑަ ތަފާތެއްގެ ތެރޭގަ އެވެ.
ބާނިގެ ސާވޭއިން އެނގުނު ގޮތުގައި، ފިރިހެނުންނަށް ވުރެ އަންހެނުންގެ މެދުގައި ރައީސް މުއިއްޒަށް އޮތް ސަޕޯޓް ބޮޑެވެ. ސާވޭގައި ބައިވެރިވި އަންހެނުންގެ ތެރެއިން 64 ޕަސެންޓް އަންހެނުން ވަނީ ރައީސްގެ މަސައްކަތްޕުޅާ މެދުގައި ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. އަދި ފިރިހެނުންގެ 60 ޕަސެންޓް ސަޕޯޓް ރައީސަށް ލިބިފައިވެ އެވެ.
Female voters are slightly more positive toward President Muizzu than men. Approval stands at 64% among women vs 60% among men. pic.twitter.com/4qUhaI5k5q
— Baani (@Baani_Centre) December 18, 2025
ފިރިހެނުންގެ ތެރެއިން 40 ޕަސެންޓް މީހުން ރައީސް މުއިއްޒާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނި އިރު، 36 ޕަސެންޓް އަންހެނުން ވެސް ވަނީ ހިތްހަމަނުޖެހޭ ކަމަށް ބުނެފަ އެވެ.
އުމުރުފުރަ އަށް ބަލާއިރު، ރައީސް މުއިއްޒަށް ގިނައިން ތާއީދުކުރަނީ ދޮށީ އުމުރުގެ މީހުންނެވެ. އެ ސާވޭއިން ދައްކާ ގޮތުގައި، 55 އަހަރަށް ވުރެ މަތީ މީހުންގެ 67 ޕަސެންޓް ތާއީދު އެ މަނިކުފާނަށް އެބައޮތެވެ.
އުމުރު 18-24 އަހަރާ މެދުގެ ޒުވާނުންގެ ތެރެއިން ރައީސްގެ މަސައްކަތްޕުޅަށް 50 ޕަސެންޓް ތާއީދުކުރާ ކަމަށް ވެސް އެ ސާވޭގެ ނަތީޖާއިން ދައްކަ އެވެ.
ބާނިިގެ ޗެއާޕާސަނަކީ ތޯރިގް އަހުމަދު އަދި ވައިސް ޗެއާޕާސަނަކީ އިސްމާއިލް ހުމާމް ހާމިދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
18 December 2025
ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް ކައްޒާބަކު ސިއްދީގަކަށް ނުވާނެތާ.
ކޮސް
18 December 2025
ބާނީއަކީ ޚިޔާލީ ކާޓޫނެއް....
ގުއިއްޒު
18 December 2025
ބުހުތާނު ދޮގު ސާރވޭއެއް.
މުއިއްޒުސަޅި
18 December 2025
މިވަގުތު އެންމެ އިތުބާރު ހިފޭ ގޮތަށް ޕޯލްތައް ނަގަނީ މާއްދާ4 އިން - އެމީހުން މުއިއްޒުގެ ވެރިކަމަށް 2 އަހަރު ފުރިގެން ނެގި ޕޯލްގެ %64 ރައްޔިތުން ދިނީ މުއިއްޒުއަށް އޭ ސުޓަރެއް! މާއްދާ 4 ހިންގަނީ އެމްޑީޕީގެ ކުދީންކޮޅެއް!
އޭސުޓަރު
18 December 2025
ތިބުނީ ތެދެއް.
ވަރުގަދަބާނި
18 December 2025
ތީ ހަމަ ވަގުތުން ހަދާ ކަހަލަ ޕޯލްއެއް! މިހާރު ރާއްޖޭގައި ނަގާ ޕޯލްތަކުން އެންމެ ރަނގަޅަށް ނަގަނީ މާއްދާ4 އިން. ކޮންމެ މޮބައިލަކުން އޯޓީޕީ ޖަހައިގެން ލެވޭނީ އެއް ވޯޓު.
ދަތި
18 December 2025
ތަކެތީގެ އަގުތައް އިންތިހާއަށް މަށްޗަށްގޮސް ލިބޭ އާމްދަނީން ދެކޮޅު ނުޖެހީގެން އުޅޭއިރު ކިހިނެތް ތިވަރުގެ ތާއީދެއް ލިބޭނީ؟! އެއްޗެއް ގަނެލަން ފިހާރައަކަށް ނުވަންނަ ބަޔަކަށް ގުޅައިން ކުރި ސާވޭއަކަށް ވެދާނެއެވެ.
ސުރުޚީ
18 December 2025
މިއީ ޕެއިޑް އާޓިކަލްއެއްތަ؟
ފުޅިމަދު
18 December 2025
ޕެޓްރޯލާއި ފުޅިމަދު އެއްކުރީމަ ތެރަސް ހެދުނެއްކަމަކު، ރައީސް ޑރ މުއިއްޒު އޭ ކިޔައިގެން ފަތުރާ ދޮގުތަކެއް ރައްޔިތުން ގަބޫލެއް ނުކުރޭ، އެކަން އެ ސާބިތުކޮށް ދިނީ މިނިވަން ކަމާއި ނަގާލި ކުޑަ ކުޑަ ހިޔާލު ހޯދުމުގެ ބޯޓަކުން. %62 ހޯދައިގެން އިދިކޮޅު ޕާޓީން ސޮކަކަށް ގޮއްސިއެވެ.
ސަޅިބައިސާ
18 December 2025
ރައީސް ޑރ މުއިއްޒު އާއި ދެކޮޅަށް ހުރިހާ ސިޔާސީ ޕާޓީތަކުން ފަތުރާ ދޮގު ހަބަރުތައް ދޮގު އެ ކޮއްލީ %62 ން، އިގޭތޯ..
އަސް
18 December 2025
އަސްލު އެތި ފެންނާނެ 2028ގަ، ރީތިކޮށް ކަޓާނެ، ބަލަން ތިބޭ