ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: އެމްއޭސީއެލް
18 ޑިސެމްބަރ 2025 - 23:20
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެ ގޯތިތައް ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ހޮނިހިރު ދުވަހުގެ 9:00 ގައި ކަލާފާނު ސްކޫލްގައި ފަށާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، ކަލާފާނު ސްކޫލްގެ ހޯލަށް ވަދެވޭނީ ގޯތި ލިބޭ މީހުންގެ ތެރެއިން އެކަކަށެވެ. އަދި ގުރުއަތުލުމުގައި ބައިވެރިވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އައުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: އެމްއޭސީއެލް
މިނިސްޓްރީން ބުނީ، ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު، ހިޔާވަހި ޕޯޓަލުން ފެންނާނެ ކަމަށެވެ.
ހުޅުމާލެ ފޭސް 3 އިން 1،351 ގޯތި ދިނުމަށްޓަކައި، ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 31.5 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން މިދިޔަ އަންގާރަ ދުވަހު ބުންޏެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: އެމްއޭސީއެލް
ވަކި ހިސާބަކަށް ގޮސް، ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އިތުރު ޑްރެޖަރުތަކެއް ގެނެސް އެ މަސައްކަތް މިހާރު ވަނީ ހަލުވި ކޮށްފަ އެވެ.
މިގޮތުން، ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތަށް ފަހު، ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ މަނިކުފާނު އަންދާޒާ ކުރައްވާ ގޮތުގައި ގިރާވަރު ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަލީނާ
19 December 2025
ގިރާވަރު ފަޅުން ދޫކުރަން ބުނި ގޯތިތައް ކޮބާ؟
އުދުހޭ
19 December 2025
ހުޅުމާލޭގެ ބިމަކީ ހިލޭ ބަހަން އޮތް ބިމެއްނޫން. މާސްޓަރ ޕްލޭނެއް ހަދާފައޮތް ތަނެއް. ސިޔާސީ މަންފާއަށް ތިޔަހެން ބަހަން ހެޔޮނުވާނެ.
އޮނަރަބްލް އަފީފު ދީދީ
19 December 2025
ކ.އަތޮޅު ކަނޑު ފަޅު ހިއްކައި އުޑުގައި ޖެހޭވަރު ޓަވަރު ހަދަން ދައުލަތް ދަރަނިކޮށް އެތައް ބިލިޔަން ޑޮލަރުގެ ލޯނު ނަގާފައިވާއިރު (މިހާރުވެސް ދަނީ އިތުރަށް ދަރަނި ނަގަމުން) އިބްރާހިމް ސަރުކާރުން 50 ބިލިޔަން ރުފިޔާގެ ބިން ހިލޭ ބަހައިފި. ފުލެޓްގެ އަގު އަދާކުރަން މަހުން މަހައް ދައްކާންޖެހޭ ފައިސާގެ ތެރެއިން 2 ބިލިޔަން ރުފިޔާ އެއްބަސް ވުމާއި އެއްގޮތަށް ތިރަށު މީހުން އެޗްޑީސީއަށް ނުދައްކާ އެބައޮތް. މިކަމުގެ ސަބަބުން ޗައިނާ ލޯނުވެސް ހޯދަން ވަނީ ދަތިވެފައި.
އޮނަރަބްލް އަފީފު ދީދީ
19 December 2025
ބިމާއި ފުލެޓްދިނުމުގައި "ތަފާތުކުރުން ގެންގުޅޭ ފަދައިން" ރާއްޖޭގެ އެހެން އެއްވެސްރަށެއްގެ ރައްޔިތުނަށް އަދި ޤާނޫނީގޮތުން ތިރަށު ރަށްވެހިންގެ ގޮތުގައިތިބި "މާލޭ ދަފުތަރު މީހުނަށާއި" ރާއްޖޭގެ އެހެން ރަށްރަށުން ތިރަށަށް ހިޖުރަކޮށް ތިރަށުގައި ރަށްވެހިވާނެ ގޮތެއްނެތިގެން ރަށްވެހިނުވެ އެކަމަކު މުޅި އުމުރު ތިރަށުގައި ހޭދަ ކުރި މީހުނަށްވެސް ތިފަދަ ފުރުސަތެއް ނުދީ "ހަމަ އެކަނި މާލޭ މީހުނަށް ދައުލަތުގެ ވަސީލަތް މިލްކު ކޮށްދޭންވެގެން" ކުރާ ކަމެއްތޯ ތިއީ!؟
އޮނަރަބްލް އަފީފު ދީދީ
19 December 2025
މިގޮތަށް ޤަބީލާ ވަންތަ އުސޫލުން ބިމާއި ފުލެޓް ބަހާ ހުސްކޮށްނުލާ ގޯތިގެދޮރާއި ބިމާއިބެހޭ ޤާނޫނު އިސްލާޙްކޮށް ވާރުތަވެގެން ލިބޭ ބިމާއި ގެދޮރުވެސް ހިމެނޭގޮތަށް ފުރަތަމަ ބިމާއިފުލެޓް ޓެކްސް ފުރީކޮށް އޭނާ މިލްކުކުރާ ދެވަނަ ބިމާއިފުލެޓުން %50 އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ނަގާ "ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމްތަކަށް ދޮގު މައުލޫމާތުދިނުމާއި، އެފަދަކަމަކަށް އެހީތެރިވުމަކީވެސް ޖިނާޢީކުށެއްކަމަށް ޤާނޫނުގައި ކަޑައަޅާ ގެޒަޓް ކުރޭ.
އޮނަރަބްލް އަފީފު ދީދީ
19 December 2025
ދައުލަތުގެ ސޯޝަލް ހައުސިންގ ފުލެޓް ތިގޮތަށް އަގުހެޔޮކޮށްދީ އަދި އެޑްވާންސްގެ ގޮތުގައި ދައްކާ ފައިސާގެ ބޮޑު ބައެއް ކަޑާލަން ރައީސް HDC އަށް އަމުރު ކުރައްވާ ފަދައިން، އެއްބަސް ވުމާއި އެއްގޮތަށް މަހުން މަހަށް ދައްކާން ޖެހޭ އިންސްޓޯލްމަންޓް ފައިސާ ނުދައްކާ ހުރި ފަރާތް ތަކުން އެފައިސާ ހޯދުމަށްވެސް ރައީސް އެޗްޑީސީ އަށް އަންގަވަން ވާނެ. އަދި މިފަދަ އެއްވެސް ފުލެޓެއްގައި ބިދޭސިންނަށް ކުއްޔަށްދީ ދިރިއުޅެން ފުރުސަތު ދީގެން ނުވާނެކަމަށް ވެސް އަންގަން ވާނެ.
%%%%
19 December 2025
ގިރާވަރު ފަޅުގެ މަދު ގޯތިކޮޅު ހުޅުމާލެއަށް ބަދަލު ކޮށްލަދެއްވާ. ކުޑަ ބިންކޮޅެއް އިތުރަށް ހިއްކާލައިގެން ބޮޑުތަނުން ހަރަދުކޮށްލެވޭނެ. ގިރާވަރުފަަޅުގަ ބިންހިއްކައިގެން އެތަނުގަ ކަރަންޓާ ފެނާ އަދި ބޮޑު ޚަރަދުކޮށްގެން ބުރިޖެއް އެޅުމަށްވުރެ އެތަނުގެ ގޯތި ތައް ހުޅުމާލެއަށް ނުވަަތަ ގުޅީފަޅަށް ބަދަލުކޮށްލީމަ މާރަނގަޅުވާނެ ނޫންތޯ.
ފަރިހި
19 December 2025
ކޮބާ ރައީސް މުއިއްޒު ވިދާޅުވި މިސަރުކާރުންވެސް ހުުޅުމާލެއިން (މާލެ ސަރަހައްދުން) ގޯތި ދޫކުރާނަމޭ.. ޚަބަރެއްނުވޭ...
އިކްލީލް
19 December 2025
“ހުޅުމާލެ ފޭސް 3 އިން 1351 ގޯތި ދިނުމަށްޓަކައި، ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.“ މުޅިޔަކުން ތެދެއްނޫން. 1351 އެއީ ފޭސް 2 އާއެއްކޮށް. ފޭސް 3 ގަ އިންނާނީ އޭގެން 700