ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ކަލާފާނު ސްކޫލްގެ ހޯލުގައި މިއަދު ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
20 ޑިސެމްބަރ 2025 - 10:55
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފި އެވެ.
ޖުމުލަ 698 ގޯތި މިހާރު ހިއްކަމުން އަންނަ ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާއިރު، އެ ގޯތިތައް ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލްގަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ، ހުޅުމާލޭގެ ފޭސް ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، އައު ލޭންޑް ޔޫސް ޕްލޭނެއް ހަދާފައިވާ ކަމަށެވެ. އެހެންވެ އެ ޕްލޭނަށް ރިއާޔަތްކޮށް، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވާތީ އައު ލޮޓް ނަންބަރެއް ކަނޑައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން ބާއްވަން ޖެހުނީ އެހެންވެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ބާއްވާ ގުރުއަތުލުމަށް ކަލާފާނު ސްކޫލަށް ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފުސީލް:
• 1،650 އަކަފޫޓުގެ 181 ގޯތި
• 2،050 އަކަފޫޓުގެ 242 ގޯތި
• 2،450 އަކަފޫޓުގެ 132 ގޯތި
• 2،850 އަކަފޫޓުގެ 62 ގޯތި
• 3،250 އަކަފޫޓުގެ 41 ގޯތި
• 3،650 އަކަފޫޓުގެ 16 ގޯތި
• 4،000 އަކަފޫޓު 24 ގޯތި
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، ބިން ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް ގުރުއަތުލުން ކުރިއަށް ގެންދާ ހޯލަށް އެކަކަށް ވަދެވޭނެ ކަމަށެވެ.
"މިގޮތުން ގުރުއަތުލާއިރު ޕްލޮޓް އެލޮކޭޓް ކުރެވޭ ފަރާތްތަކަށް ވަގުތުން އެ ފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން ލިބިގެންދާނެ އެވެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.
ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ކަލާފާނު ސްކޫލްގެ ހޯލުގައި މިއަދު ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެ މިނިސްޓްރީން ބުނި ގޮތުގައި، ގޯތި ލިބޭ މީހުންގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ލިބޭ މީހުންނާ އެކު ސޮއިކުރާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ އެވެ. އަދި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކައި ނިމުމުން، ގޯތި ލިބިފައިވާ މީހުންނާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ކުރިއަށް ގެންދާނެ ކަަމަށް ބުންޏެވެ.
ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ބާއްވާ ގުރުއަތުލުމަށް ކަލާފާނު ސްކޫލަށް ހާޒިރުވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން 1،351 ގޯތި ދިނުމަށްޓަކައި، ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 31.5 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން މިދިޔަ އަންގާރަ ދުވަހު ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައި ވަނީ، މާލޭ ރައްޔިއްތުންނަށް ގޯތި ދިނުމަށް ހުޅުމާލެ 3 އަކާއި ގިރާވަރު ފަޅުގެ ބިން ހިއްކުން އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާތީ، ހުޅުމާލެ 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ވަކި ހިސާބަކަށް ގޮސް، ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އިތުރު ޑްރެޖަރުތަކެއް ގެނެސް އެ މަސައްކަތް ހަލުވި ކުރީ މިދިޔަ މަހު އެވެ.
މިގޮތުން، ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތަށް ފަހު، ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ މަނިކުފާނު އަންދާޒާ ކުރައްވާ ގޮތުގައި ގިރާވަރު ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗަޕް
20 December 2025
4000 އަކަފޫޓްގެ ގޯތި؟ މިއީ ބޮޑު ކޮށިތަކެއް ނުންތަ. އިބްރާހީމް ހިންގާފައި މިއޮތީ ހާދަ ބޮޑު ޖަރީމާއެކޭ. 20 ، 30، 40 މިލިޔަން މަދު ބަޔަކަށް ބަހާލީ ވެރިކަމުގެ ދަހިވެތި ކަމުގައި.
ކޮރަލް
20 December 2025
ބޯހިޔާ ވަހި ކަމެއް ނެތިގެން ހުޅުމާލެ އިން ބިން ދިނީމަ އިމާރާތް ނުކޮށް ގުދަނާ ، ކެފޭ ، އާއި ހޮޓަލާ ، ކާރު ގަރާޖް ފަދަ ތަންތަން ހެދުމަކީ ބަލއި ގަނެވޭނެ ކަމެއް ނޫނެވެ. މިއީ ބަލަން ޖެހޭ ކަމެކެވެ. ދިރި ނޫޅެ ބިން ނުހަދާ ބޮޑު ކުއްޔަށް ދެނީ އެވެ.
ބަލަގަ
21 December 2025
ކުއްޔަށް ދީފަ ލާރި ހޯދައިގެން ދެން ދޯ ހެދޭނީ. އެންމެނަކަށް ލޯނެއް ނުލިބޭނެ
އުދުހޭ
20 December 2025
ރާއްޖެތެރޭގަވިއްޔާ އޮތީ ހަމައެކަނި ބިން ހިއްކުން. މާލޭ މީހުންނަށްވީމަ ހުރިހާ މަގެއްވެސް ހަދައިދޭންޖެހޭ، ނަރުދަމާ ކަރަންޓް ސްކޫލް ހޮސްޕިޓަލް ބަސް ދެން މިހެންގޮސް ހުރިހާކަމެއް ހުންނަންޖެހޭ. އޭރުންތާ ރާއްޖެރޭމީހުންނަށް ކުށްޔަށް ދެވޭނީ.
ކަކުނިބޯ
21 December 2025
މާލޭސަރަހައްދުގަ ރޯހައުސް ނޫނީ ފްލެޓް ވިއްކާއަގަށްތޯ ގަނެގެންތިއުޅެނީ
މާޅައި
20 December 2025
މާލެއަކީ ކ މާލެ ދެން އެއްއެސްތަނަކުން މާލެއޭ ކިޔާ ހިލޭ ބިނދިނުމީ ޚިޔާނާތް
މޮޅުގޮތެއް
21 December 2025
ރާއްޖޭގެ ހުރިހާ ގޯއްޗެއް ފްލެޓެއް އަތުލާފަ އަަބަދުވެސް ސަރުކާރަށް ކުލި ދައްކާގޮތަށްދީ. އެހެންޏާފަހެ. ބަލަގަ ރާއްޖޭގެ ވެރިޔާއަށް ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ބޭނުން ތަނަކުން ގޯތި ދެވޭނެ. ތިހެން ބުނަންޏާ ކީއްކުރަން ރަށްރަށު މީހުންނަށް މާލޭން ދެނީ މާލޭ މީހުންނަށް ރަށްރަށުން ނުދެވެންޏާ. ކ. މާލެ އޭ ގޮވާނެ. އެކަމަކު ކ. އަތޮޅުގެ ފަޅަކުން ލޮނު ފެންފޮދެއް ވެސް މާލޭ މީހުންނަށް ދީގެން ނުވޭ މޭކަރާވަރުން.
ފާމުލަދޭރި ކިލެގެފާނު
20 December 2025
ރާއްޖޭގެ ހުރިހާ ރަށެއްގެ ވެސް ބިންހިއްކަނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން. މާލެ ފިޔަވާ ހުރިހާ ރަށަކުން ވެސް ގޯތި ދެނީ އެރަށެއްގެ މީހުނަށް. އެވެސް ހިލޭ މާލޭގެ ބިމަށް އިތުރު ކުރެވޭ ބިމުން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ލިބެން ޖެހޭ. އެހެން ރަށްރަށުގައި ހިލޭ ދޭ ގޯތި މާލޭ މީހަކަށް ވީތީ ބޮޑު އަގުގައި ގަންނަން ޖެހިގެން ނުވާނެ.
ގުދުގުދާބެއްޔާ
20 December 2025
100% ތާޢީދު ކޮމެންޓެއް! ކ.މާފުށީގެ ބިންވެސް ހިއްކީ ހަމަ ދައުލަތުގެ ފައިސާއިން އެތަންތަނުގެ އަގު މާލޭ ސިޓީގެ ދެގުނަ އަގުބޮޑު! އެތަންތަން ވެސް ދިނީ ހަމަ އެކަނި މާފުށީ ރައްޔިތުންނަށް! އަހަރުމެން މާލޭ މީހުން ނޫޅެން ގަޔަށް ހިނިއަރައިގެން އެތަންތަން ހޯދާކައް!
ހާސަރު
20 December 2025
މާލޭ މީހުނަށް ގޯތި ދީގެން ވާހަކަ ދައްކާއިރު މިހާރު ރަގަލަށް ގެސްޓް ހައުސްވިޔަފާރި ކުރާ ހުރިހާރަށެއްގެ ބިމުގެ އަގު މާލެއަށް ވުރެ ބޮޑު! އެކަމަކު އެހުރިހާ ރަށަކުންވެސް ލިބެނީ ހަމަ ހިލޭ! ކީއްވެތަ މާލޭ މީހުނާ އަޅައިގަނެގެން މިއުޅެނީ!!!!!
ބިންވެރިޔާ
20 December 2025
މަސްވެރިޔާގެ އެކަނި ޓެކްސްފައިސާއަކުން ނުން މާލޭ ފުލެޓުއަޅާ ބިންހިއްކާފަ މާލޭން ގޮތިދެނީ. ކަލޭ ގެލިގަނެގެން މަކަރާ ހިލަތުން ފުލެޓު ހޯދާފަ އަތި ގޯތި ހޯދަނީ. ކަލޭ ގެޅިގަނެގެން ރަށްރަށުން އަހަރުމެނަށް ބިން ހޯދަދޭންވިނުން
ޟަޚިމީމް
20 December 2025
ވަކި ބަޔަކަށް ދިން ހަދިޔާއެއް.
ރާއްޖެ
20 December 2025
އާރްޓީސް މަރުވަންދެން އުޅެން ޖެހޭނީ މާލޭ މީހާއަށް ރެންޓް ދެއްކުމުގަ. މި ވަރު ރޭސިސްޓް ގައުމެެއް މަދުވާނެ މިހާރު ދުނިޔޭގަ.
ތިމާވެށި
20 December 2025
ރަށުގަ އަރާމުގަ އުޅެވެން އޮއްވަ މާލެ އައީ އެވެ.
ނޒބސ
20 December 2025
ޔެލޯޕާޓީން ދިވެހިންނަށް ދިން ތަފާ. ކިތައްމީހުން ދިރިއުޅޭނެތަން ތީ. ބަހާލާފަ އެހުރީ. ދެންވެސް ޕޯޑިއަމަށް އަރާ އަތްތައިފައި ބުނަންވީ ދިވެހިންނޭ ގައުމޭ. ހުރިހާ ދިމާއަކުންވެސް ފެންނަނީ ކޮށްފައިވާ ގެއްލުން