ކުރީގެ ޑައިރެކްޓަރު ފައްތާހު.-- ފޮޓޯ: ފޭސްބުކް
21 ޑިސެމްބަރ 2025 - 16:16
ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު، އަބްދުލް ފައްތާހު، ހއ. ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަން ނިންމައިފި އެވެ.
ފައްތާހު، އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓުތަކުގައި ބުނީ ޕީއެންސީގެ ޓިކެޓުގައި އުފަން ރަށުގެ ކައުންސިލް ރައީސްކަމަށް ކުރިމަތިލަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ވިސްނުމުގައި ކަމަށެވެ. އެހެންވެ، އަންނަ ހޮނިހިރު ދުވަހު ޕްރައިމަރީގައި އޭނާއަށް ވޯޓު ދިނުމަށް ވަނީ އެދިފަ އެވެ.
ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ފައްތާހުގެ އެންމެ ފަހުގެ ފިލްމު "ހައްދު"އަށް ފަހު، އޭނާ ވަނީ އެ ދާއިރާއިން ރިޓަޔާ ވެފަ އެވެ. އެ އަށް ފަހު، 2018 ހިސާބުގައި ކެލައަށް ދިރިއުޅުން ބަދަލުކޮށް، ކެލާގައި ރެސްޓޯރެންޓު ވިޔަފާރިއެއް ވަނީ ފަށައިފަ އެވެ.
އޭގެ ފަހުން ފިލްމީ ދާއިރާގެ އެއްވެސް މަސައްކަތަކުން އޭނާ ނުފެނެ އެވެ.
ފައްތާހުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "14 ވިލޭރޭ"، "ވެހޭވާރޭ ތެރެއިން"، "އުދަބާނި" އަދި "ވާ ލޯބި އެނގޭނަމަ" ހިމެނެ އެވެ. އޭގެ އިތުރުން "ދޯބައްޓާ"، "ހިނިތުންވެލާށޭ ކަލާ" އަދި "ތިއޭ މި ހިތުގެ ވިންދަކީ" ފަދަ ދިވެހިންގެ މެދުގައި މަގުބޫލުވި ޑްރާމާތައް ވެސް ޑައިރެކްޓު ކޮށްފައިވެ އެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރި މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2004 ވަނަ އަހަރު ފައްތާހަށް ގައުމީ އިނާމު އަރުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
22 December 2025
ޙޫމް، ފައްތާހު ދޯވ؟
ޕިންކީ
21 December 2025
އަލުން ޑައިރެކްޝަނަށް އެނބުރި އަާދެބަ ޕްލީޒް. ރޭޝަމް އަދި ހިނިތުން ވެލާށޭ ކަލާ ފަދަ ސީރީޒް ހާދަ މިސްވޭ
ގަނދަކޯޅި
21 December 2025
ޕީއެންސީ ޓިކެޓުގާ އައިމީކަށް ވޯޓުދެވޭކަށް ނެތް. އެކަމަކު "ޖިންނި" ޓިކެޓުގާ އައިއްސިއްޔާ ފަހަރެއްގާ ވޯޓުދެވިދާނެ.
ލައިޓް
21 December 2025
ފައްތާހު އަކީ ތޫނުފިލި މީހުނާގުޅޭ ރާއްޖޭގެ ގިނަބަޔަކު ދަންނަ މީހެއް! ކައުންސިލަށް ހޮވަންވީ މިފަދަ ލޯހުޅުވިފައި ތިބޭ މީހުން!
އަފްރާސިޔާބު
21 December 2025
ލޯހުޅުވުނުކަން އެގޭނީ ކައުންސިލަށް ހޮވުނީމާ. އެއިރުން ފައިސާއޮތްތާކަށް ދުވެނަގާނެ. ރައްޔިތުންގެ މީހުންނޭ ކިޔައިގެންވެސް ބަޔަކު އުޅުނު. އާޚިރުގައި ސަރުކާރުގެ ލާރިގަނޑަށް މޮޔަވީ.
ޒޯނު
21 December 2025
ފައްތަބޭ އެހެންކަމާ އުޅޭންވީނު. އެންމެން ދެން މިކަމުގެތެރޭގާ އުޅޭންޖެހޭތަ؟
އަފްރާސިޔާބު
21 December 2025
މުއްސަނދިވާނެ ގޮތަކީ އެއީކަމަށްވާތީ ފައްތަބޭ ވެސް ރައްޔިތު މީހަކަށްވީ.
ސިނަމާ
21 December 2025
ފައްތާހުގެ ފިލްމެއް ބަލާލާހިތުން އަދިވެސް މިހިރީ ވ ރީތި ފައްތާހުގެ ފިލްމުތައް
ކަކަކަ
21 December 2025
އައްޗޯޑަ
ޒުފަރު
21 December 2025
ފައްތާހުއަށް ވޯޓް ދެވޭނީ 14 ވިލޭރޭ ބެލޭނެ ގޮތެއް ހެދީމަ
ކެލާ އައްޔަ
21 December 2025
ފައްތާހު އޯކޭ. އެކަމު ޕީ.އެން.ސީ އިން ވާދަކުރާތީ ސޮރީ. ވޯޓެއްނެތް ދެވޭކަށް.
2025
21 December 2025
ފާއްތާ ފިލްމުތައް ހާދަ މިސްވެޔޭ......ބޮއިހަލަކި