ތުޅާދޫ ހައުސިން ޔުނިޓުތައް.-- ފޮޓޯ: ތުޅާދޫ އޮންލައިން
30 ޑިސެމްބަރ 2025 - 12:36
ބ. ތުޅާދޫގައި މައްސަލަ ބޮޑުވެ، ދޫނުކުރެވި ދިގުލައިގެންދާ ފްލެޓުތައް ދޭނެ އުސޫލެއް ހަދައިފި އެވެ.
ހައުސިން މިނިސްޓްރީން މިިދިޔަ ބުދަ ދުވަހު އާއްމުކުރި އުސޫލުގައި ބުނީ 100 ހައުސިން ޔުނިޓު ދޫކުރާނީ ތުޅާދޫގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރު ވެފައިވާ މީހުންނަށް ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އެއްވެސް ހިސާބެއްގައި 600 އަކަފޫޓަށް ވުރެ ބޮޑު ތަނެއް ނެތުން ނޫނީ އެ ތަން ދޫކޮށްލަން އެއްބަސްވުމާއި މަސް ދުވަހަށް ޖެހޭ ޖުމްލަ އާމްދަނީ 60،000ރ. އަށް ވުރެ ބޮޑު ނުވުމަކީ ވެސް، ފްލެޓަށް އެދި ހުށަހެޅުމުގެ ޝަރުތެކެވެ.
ހައުސިން ޔުނިޓަށް އެދެން ޖެހޭނީ އެކަމަށް ހުޅުވާލުމުން، ހިޔާވެހި ޕޯޓަލް އިންނެވެ.
މާކްސް ދިނުމުގައި އާއިލާގެ ކުޑަބޮޑުމިނާއި ދިރިއުޅުމުގެ ހާލަތަށް ބަލަ އެވެ. އަދި ދަރިއަކު ނުލިބެނީ ދެމަފިރިންގެ ތެރެއިން މީހެއްގެ ސިއްހީ މައްސަލައަކުން ނަމަ މެޑިކަލް ޕްރެކްޓިޝަނަރެއްގެ ލިޔުން ހުށަހަޅަންޖެހެ އެވެ.
ތުޅާދޫ ހައުސިން ޔުނިޓުތައް ދޫކުރަން އެންމެ ފަހުން މިނިސްޓްރީން ހަވާލުވެއްޖެ https://t.co/Yvkf41tHxN
— Mihaaru (@Mihaarunews) November 28, 2025
ކުރީގެ ސަރުކާރުން ތުޅާދޫގައި އިމާރާތްކުރި ތިން ކޮޓަރީގެ ހައުސިން ޔުނިޓުތައް ނިންމައި 2022 ހިސާބުގައި ކައުންސިލާ ހަވާލުކުރި އެވެ. އަދި ކައުންސިލުން ވަނީ އެ ތަންތަން ދޫކުރާނެ އުސޫލު ހަދައި ފްލެޓު ލިބޭ މީހުން ކަނޑައަޅައިފަ އެވެ.
ނަމަވެސް، އެ ޔުނިޓު ދޫކުރަން ކަނޑައެޅީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައި އަދި އިސްލާހުކުރި އުސޫލަށް ބިނާކޮށް އޮކްޓޯބަރު 9، 2023 ގައި ތުޅާދޫ ކައުންސިލް އިދާރާ އިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ވެސް ބާތިލް ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅި އެވެ.
އެ މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައި ވަނީ ހައުސިން ޔުނިޓް ދޫކުރުމާ ގުޅޭގޮތުން ކުރިން އާއްމު ކޮށްފައިވާ އުސޫލަށް ގެނެސްފައިވަނީ ޝަރުއީ އަދި ގާނޫނާ ހިލާފު ބަދަލެއް ކަމަށް ވާތީ މިނިސްޓްރީން ދިން ލަފާ އަދި މެއި 11، 2022 ގައި އާއްމުކުރި އުސޫލަށް އަމަލު ކުރުމަށެވެ.
އެކަމަކު، އޭގެ ފަހުން ވެސް އެކި މައްސަލަތަކާ ހެދި ފްލެޓުތައް ދޫކުރެވޭ ގޮތެއް ނުވެ އެވެ. އެހެންވެ، އެ ފްލެޓުތައް ދޫކުރަން އެންމެ ފަހުން މިނިސްޓްރީން މިދިޔަ މަހު ހަވާލުވި އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީ އަށް ހާއްސަ ބައެއް ހަދަން ހަވާލުކުރީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްއާ ޖުލައި 2019 ގަ އެވެ. އެއީ 79.6 މިލިއަން ރުފިޔާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާސަރު
30 December 2025
ގެޒެޓްގައި އޮތީ އަލަށް އަޅަންއުޅޭ ހައުސިންޔުނިޓްތަކެއްގެ ވާހަކަ. މީގައި ކުޑައޮޅުމެއް އެބައުޅޭ. މިހާރު އަޅާފަހުރި ޔުނިޓްތަކުގެ ސައިޒާ އެއިއުލާންގައި އޮތްސައިޒް ވެސް ތަފާތު.
އުސޫލް
30 December 2025
އުސޫލެއް ނުހެދޭނެ، ހެދޭނީ ގަވައިދެއް. އުސޫލަކީ ގަވައިދެއް ހެދިފަ ނެތް ކަންކަން ކުރުމައް ކިޔާނަމެއް. މިސާލަކަށް، އުސޫލެއްގެގޮތުން މިކަން މިކުރަނީ ކުރިންވެސް ކުރަމުން އައިގޮތަށް.
ހަލޯ
30 December 2025
ތީކާކު ޑިޒައިންކުރި އަދި ކުރެހުމަށް ކާކުހުއްދަދިން ތަނެއްތަ. ތިކަހަލަ ޕުރިޒިން ކޭންޕު ގޮތަށް ތަންތަނުގަ މީހުން ތޮއްޖެއްސީމަ އުފަދޭނީ ގޭންގުތަށް އަދި މުޖުތަމައު ހަލާކުވާނީ.
މާޖިދު.
30 December 2025
ކ.މާލޭ މީހުން ނޫން ބަޔަކަށް ރައްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ނިންމުމުގެ ބާރު އޮވޭތަ ؟ އެހެން ރަށެއްގެ ސަހަރާ ފާރު ރާނަންވިޔަސް އެކަންކުރަންވީގޮތް ނިންމާނީ ކ.މާލެއިން ނޫންތޯ ؟
އޮނަރަބްލް އަފީފު ދީދީ
30 December 2025
ދިވެހިރާއްޖެ އަކީ "ކ.އަތޮޅު މާލެކަމަށް، ދެކޭ އުސޫލު ބަދަލުކޮށް، މި ގަދީމީ ފިކުރާއި ޤަބީލާވަންތަ ވެރިކަމުގެ ނިޒާމް ކަފުންކުރުމަށް" ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ މި 3 ރީޖަނުގައި މީހުންދިރިއުޅޭނީ މަތީގައިދެންނެވި ރަށްތަކުގައިކަމަށް ޤާނޫނަކުންނިންމާ ތަރައްޤީގެ 50 އަހަރުގެ ޕްލޭން މަޖިލިސް ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ފާސްކުރަންވީ ނޫންތޯ؟
ދެރަ
30 December 2025
ބޭނުންވަނީ ބޯހިޔާވަހިކަން، ހިއްކާ ހުރިހާ ރަށެއްގެ ބިންބިމުގަވެސް ފްލެޓް އަޅާބަލަ، ގެވަޅުދިނީމަ ގެނޭޅިގެންވެސް އެތަށް އަހަރެއް ހޭދަވޭ، އަނެއްކާ ހިއްކާ ބިން ހުސްވެ، ފަންސާހަކަށް މީހުންނަށް ދޭއިރު ފްލެޓް ނަމަ އެ ފިލަނީ ކިތަށް މީހުންގެ މުހުތާދު
ގުނައިދު ޝަރީފް
30 December 2025
ފުލެޓް އަޅާފަ ދިނީމަ ކުލިނުދެއްކީމަ ރަގަޅުވާނެ.
ނަސްރު45
30 December 2025
ތިޔަ ގެތައްހޯދަން ތުޅާދޫ ނޫން އެހެން ރަށް ރަށުގެ ރައްޔެތުން ނަށް އެދެވޭތޯ؟ ތިޔައީވެސް އަހަރުމެންގެ ޓެކްސް ފައިސާ އިން ހެދި ތަންތަންވީމަ އަހާލީ.
ތުލާދޫ ދޮންބެ.
30 December 2025
ނަސްރުމެން ކ.އަތޮލު މާލޭ މީހުން ތިރަށުން ނޫން ތަނަކުން ފުލެޓެއް އަދި ގޯއްޗެއްވެސް ބޭނުމެއް ނުވާނެ. ނަސްރުމެން މާލޭ މީހުން ވަންނާނެ ތަނެއް ނެތްކަމަށް ބުނެ ދޮގު މައުލޫމާތު ދީގެން ބިމާއި ފުލެޓު ހޯދަނީ އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދީގެން ނުވަތަ ބިން ވިއްކައިގެން އެ ފައިސާ ޕަކަޅާ ކުރަންކަން ނޭގޭ މީހަކު ރާއްޖޭގައި ނޫލޭ. ދެން ކޮން ބޭކާރު ކޮމެންޓެއް ތިކުރަނީ ؟
ތުލާދޫ
30 December 2025
ލިޔުން ރަނގަޅަށް ކިޔާލުން މުހިއްމު. ތުޅާދޫ މީހަކަށް ވާކަށްނުޖެހެ. ތުޅާދުގައި މެދުނުކެނޑި 10 އަހަރު ދިރިއުޅުން އޮތީ. މާލޭގައި 10 އަހަރު ދިރިއުޅުމުން މާލޭންވެސް ފްލެޓް ލިބޭއުސޫލުން.