ޚަބަރު / އިލެކްޝަންސް ކޮމިޝަން

ސިޔާސީ ޕާޓީތަކުން މިއަދުން ފެށިގެން ވަގުތުން ވަކިވެވޭނެ

ޕާޓީއަކަށް މީހަކު ވަންނަން އެދިއްޖެ ނަމަ އެކަން ޕްރޮސެސް ކުރަން އެ ޕާޓީއަކަށް 30 ދުވަސް އީސީން ދޭނެ. ޕްރޮސެސް ނުކޮށްފި ނަމަ އެ މީހަކު ޕާޓީގެ ދަފްތަރުގައި އީސީން ހިމަނާނެ.

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކަށް ޖަވާބުދާރީވެވަޑައިގަންނަވަނީ

01 ޖެނުއަރީ 2026 - 14:42

8 comments

ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް މިއަދުން ފެށިގެން އެ ޕާޓީއަކުން ވަގުތުން ވަކިވެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ އިސް ވެރިއަކު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގައި މަސްއޫލިއްޔަތު އަދާކުރާ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ފިޔަވައި އާންމު މެމްބަރުން އެ ޕާޓީތަކުން ވަކިވާން ބޭނުންވެގެން އީސީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ވަގުތުން ވަކިވެވޭނެ ކަމަށެވެ.

"ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތަށް ޕާޓީތަކުގެ އިސް މަގާމުތައް ހޮވާފައިވާ މެމްބަރުންނާއި މަޖިލިސް މެމްބަރުން ފިޔަވައި އެހެން ހުރިހާ އެންމެންނަށް މިހާރު އެ ފުރުސަތު އޮންނާނެ. އިތުރު އެއްވެސް ޕްރޮސެސްއެއް ނެތި އާންމު މެމްބަރުންނަށް މިހާރު ވަގުތުން ޕާޓީތަކުން ވަކިވެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީއަކުން ވަކިވާން ބޭނުން ނަމަ ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓަލް my.elections.gov.mv އަށެވެ.

ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ނުވަތަ ގާނޫނުގައިވާ ގޮތަށް އެ ޕާޓީއެއްގެ އިސް މަގާމެއް ފުރުއްވާ ބޭފުޅަކު ޕާޓީން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެންފި ނަމަ އީސީގެ ޕޯޓަލް މެދުވެރިކޮށް އެ ކޮމިޝަނަށް އެލާޓު އަންނާނެ އެވެ. އެފަދަ ބޭފުޅުންނަށް ޕާޓީތަކުން ވަކިވެވަޑައިގެންނެވޭނީ އީސީން ބުނި ގޮތުގައި އެ ކޮމިޝަނުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެވެ.

"އެންޓި ޑިފެކްޝަންގެ ގާނޫނުގެ ދަށުން އަޅުގަނޑުމެން ތިބޭނެ ބްލެކްލިސްޓް ކޮށްފައި ތިބޭ ބޭފުޅުން [ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ މީހުންނާއި މަޖިލިސް މެމްބަރުން]. އެ ހުރިހާ އެންމެން އަޅުގަނޑުމެންގެ ސިސްޓަމުން އެނގެން ހުރޭ މިހާރު،" އީސީގެ ނައިބު ރައީސް ސޮލާހު ރަޝީދު ކުރިން ވިދާޅުވެފައި ވެ އެވެ.

ޕާޓީތަކުން މިހާތަނަށް ވަކިކޮށްދެނީ އީސީގެ ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދޭތާ 14 ދުވަސް ތެރޭގަ އެވެ.

ސިޔާސީ ޕާޓީތަކުން އާންމު މެމްބަރުންނަށް ވަގުތުން ވަކިވެވޭނެ ފުރުސަތު އީސީން މިއަދުން ފެށިގެން ފަހިކޮށްދިން އިރު، ޕާޓީއަކަށް މީހަކު ވަންނަން އެދިއްޖެ ނަމަ އެކަން ޕްރޮސެސް ކުރަން އެ ޕާޓީއަކަށް 30 ދުވަހުގެ މުހުލަތެއް ދޭން ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ މުއްދަތުގައި ޕާޓީން އެއްވެސް ޖަވާބު ނުދީފި ނަމަ އެ މީހަކު އެ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭނެ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައި ކަމަށް އީސީން ބުންޏެވެ.

އީސީގެ ދަފްތަރުގައި މިވަގުތު ނުވަ ޕާޓީ ރަޖިސްޓަރީ ކޮށްފައިވާއިރު 158،044 މެމްބަރުން އެ ޕާޓީތަކުގައި އެބަތިއްބެވެ.

8 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމްދާނު

01 January 2026

ޝުކުރިއްޔާ އީސީ. އީސީގެ ހުރިހާ ޚިދުމަތްތަކެއް އޮންލައިން ކޮށްފައިވާތީ މިހާރު ވަރަށް ފަސޭހަ.

The name is already taken The name is available. Register?

ޥަލަމް

01 January 2026

ސަޅި ހަމަ ދެންމެ މިހަބަރު ކިޔާފަ މި ވަކިވީ ސަރުކާރު ހިންގާ ސިޔާސީ ޕާޓީން

The name is already taken The name is available. Register?

ދުރުމި

01 January 2026

މިއޮތީ ދައުލަތުގެ ބަޖެޓުަން ސިޔާސީ ޕާޓީތަކަށް ފައިސާ ދީގެން ކުރާ އިސްރާފު ހުއްޓުވާލަންވީ ވަގުތު ޖެހިފަ. މީހުންނަށް ނޭގި ވަގަށް ޕާޓީތަކަށް ވައްދާފައި ތިބި މީހުން ވެސް އަވަހަށް ކެނޑެންވީ . ކޮންމެހެން ޕާޓީއެއްގައި ނެތަސް އެމީހަކު ސަޕޯޓުކުރާ ފިކުރެއްގެ ޕްރޮމޯޓު ކުރެވިދާނެ .

The name is already taken The name is available. Register?

ނުރަބޯ

01 January 2026

ވަގަށް ޕާޓީއަކަށް ވެއްދީމަ ޝަކުވާ ހުށަހެޅީމަ ޕާޓީ އާ ދޭތެރޭ ފިޔަވަޅެއްވެސް އަޅައިދެވުނީކީ ނޫން، އަދިވެސް ޕާޓީއިން ވަކިކޮށްވެސް ނުދެވޭ.

The name is already taken The name is available. Register?

އީސީގެ ކުރީގެ ސްޓާފް

01 January 2026

އީސީގެ އައިޓީގެ ފުރިހަހަމަ މަސައްކަތެއް. ސާބަސް ދެން. ވަރަށް ޑެޑިކޭޓެޑް ޒުވާން ކުދިން ތަކެއް އުޅޭ ތަނެއް.

The name is already taken The name is available. Register?

ޕޯޓަބަލް

01 January 2026

ޕޯޓަލް އަކަށް ނުވަދެވޭ!

The name is already taken The name is available. Register?

ERROR 500

01 January 2026

This page isn’t working efaas.gov.mv is currently unable to handle this request. HTTP ERROR 500 ހަތް ފަހަރު މަސައްކަތް ކުރެވިއްޖެ . ނުވަދެވުނު

The name is already taken The name is available. Register?

Error 200

01 January 2026

ގުޅާބަލަ އެންސީއައިޓީއަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454