އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 10 ދަރިވަރަކަށް އޯ-ލެވެލް އިމްތިހާނުގައި އެކި މާއްދާތަކުން ރަން ވަނަތައް ލިބިއްޖެ އެވެ. 

އެ ސްކޫލުން "މިހާރު" އަށް މިއަދު ބުނީ 8 ދަރިވަރަކު އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާއިރު، އެއް ކުއްޖަކަށް ރާއްޖެއިން އެންމެ މަތީ ވަނަ އަދި އިތުރު ކުއްޖަކަށް ހައި އެޗީވްމަންޓް ލިބިފައިވާ ކަމަށެވެ. 

ރާއްޖެއިން އެއްވަނަ
  • ފާތިމަތު އައިނީ ސިފާން: ލިޓްރެޗާ އިން އިންގްލިޝް
ހައި އެޗީވްމަންޓް
  • އަލަވީ އައްޔޫބު ބިން މުހައްމަދު ޝުޖާއު: އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ 
ދުނިޔެއިން ގަދަ 10 

އިނގިރޭސި މާއްދާ (ދުނިޔެއިން އެއް ވަނަ):

  • އައިޝަތު ފަތޫން އަހުމަދު
  • އައިޝަތު ޝުއާ އަޝްހަދު
  • މަރިޔަމް އަތުގާ ޖަލާލް
  • މަރިޔަމް ލަނާ ޝައުކަތު

ޓްރެވަލް އެންޑް ޓޫރިޒަމް:

  • ސަވާ އަބްދުﷲ ސައީދު: ދުނިޔެއިން ތިން ވަނަ
  • ޔަޝްމު ޔަމަން އަލީ: ދުނިޔެއިން ހަތް ވަނަ
  • ލޫތު ލީވާން އަހުމަދު ހުޝާމް: ދުނިޔެއިން 10 ވަނަ

އެކައުންޓިން:

  • މުހައްމަދު ރައްޔާން އަހުމަދު: ދުނިޔެއިން ހަތް ވަނަ

އޯ-ލެވެލް (ދިރާސީ އަހަރު 2024-2025)ގެ ނަތީޖާ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ދޫކޮށްފައިވާއިރު، މާލޭގެ އިތުރުން ރަށްރަށުގެ ގިނަ ދަރިވަރުން ވަނީ ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. 

ނަތީޖާތަކުގެ ރީ-ޗެކިން މަރުހަލާ ނިމުމާ އެކު، ސްކޫލްތަކުން މި ހަފުތާގައި އަންނަނީ އެ އިމްތިހާނުގައި ސްކޫލްތަކަށް ލިބިފައިވާ ކާމިޔާބީތައް އާންމުކޮށް ދަރިވަރުންނަށް މަރުހަބާ ކިޔަމުންނެވެ.