އަށް ދާއިރާއަކުން ސަގާފީ މަސައްކަތާ ގުޅޭ ކޯސްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގައުމީ މިންގަނޑުތައް އެކުލަވާލުމަށް އަށް ދާއިރާއަކުން އޮކިއުޕޭޝަނަލް ކޮންސިސްޓަންސީ ސްޓޭންޑަޑްތައް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ފޭލިވިއުމުގެ ގައުމީ ސެޓްފިކެޓް
  • ކަސަބު ގަތުމުގެ ގައުމީ ސެޓްފިކެޓް
  • ތުނޑުކުނާ ވިއުމުގެ ގައުމީ ސެޓްފިކެޓް
  • ތިލޭރުކަމުގެ ގައުމީ ސެޓްފިކެޓް
  • މާވަޑިކަމުގެ ގައުމީ ސެޓްފިކެޓް
  • ފަނާއި ރުކުފަތި އަދި ސަޓާ ފަދަ ސަގާފީ ތަކެތި ވިއުމުގެ ގައުމީ ސެޓްފިކެޓް
  • ސާންތި ވިއުމުގެ ގައުމީ ސެޓްފިކެޓް
  • ލިޔެލާޖެހުމުގެ ގައުމީ ސެޓްފިކެޓް

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއިން ކޮންމެ ދާއިރާއަކުން ވެސް ސެޓްފިކެޓް ލެވެލް 3 ދަރަޖައިގެ ސެޓްފިކެޓްތަކެއް ދޭނެ އެވެ. 

މޯލްޑިވްސް ނޭޝަނަލް ސްކިލްސް އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޕީއޭ)ގެ ފުރަތަމަ އެޑްވައިޒަރީ ކޮމީޓީގެ ފުރަތަމަ ޑްރާފްޓް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެމްއެންއެސްޕީއޭއިން ޓެކްނިކަލް ޕެނަލް އަދި ސެކްޓާ ކައުންސިލު މެމްބަރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ. ގެ އެލަވަންސެއް ދެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.