މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ވެސް ބޮޑުކޮށްފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން އެސްޓީއޯއިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުގެ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ.
މިފްކޯއިން މިއަދު ނެރުނު އިއުލާނެއްގައިވަނީ މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 27.24ރ. އަށް ކަމަށާއި އަދި އާންމު ފަރާތްތަކަށް ޑީސަލް ވިއްކާނީ 28.54ރ. އަށް ކަމަށެވެ.
އެ ބަދަލު މިފްކޯއިން ގެނައިއިރު، ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު އެސްޓީއޯއިން ބޮޑު ކުރުމުން ލޯންޗް ދަތުރުތަކުގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ދެމިގެންދާނަމަ ތެލުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.