ރ. މީދޫގައި އިމާރާތްކުރާ ހޮސްޕިޓަލް ބިންގާ އިއްޔެ އަޅައިފި އެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.
މީދޫގައި ހޮސްޕިޓަލުގެ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާންކުރީ ކުރީގެ ސަރުކާރުގަ އެވެ. އަދި ފަހުން އެ އިއުލާން ބާތިލް ކުރުމަށްފަހު އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ކުރީގެ ސަރުކާރުގެ ފަހުކޮޅުގެ ތެރޭގަ އެވެ. އެއީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 135 މިލިއަން ރުފިޔާއަށެވެ.
ނަމަވެސް، އޭރު އަމަލީ އެއްވެސް މަސައްކަތެއް ނުކޮށް އުޅެނިކޮށް، މި ސަރުކާރުން ވެސް މިދިޔަ އަހަރު ވަނީ ހޮސްޕިޓަލްގެ މަސައްކަތް ކުރުމަށް އާރުޑީސީއާއެކު އާ އެއްބަސްވުމެއްގައި މިދިޔަ އަހަރު ސޮއިކޮށްފަ އެވެ.
މި ފަހަރު އަމަލީ މަސައްކަތް ފަށާފައިވަނީ ހޮސްޕިޓަލް އަޅަން ސޮއިކުރިތާ އަހަރެއްވާން ގާތްވެފައި ވަނިކޮށެވެ.
ހެލްތު މިނިސްޓްރީން ބުނީ 30 އެނދުގެ ހޮސްޕިޓަލް އަޅަން ހަވާލުކުރީ 108.9 މިލިއަން ރުފިޔާއަށް ކަމަށެވެ. އެއީ 570 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އަލަށް ގާއިމްކުރާ ހޮސްޕިޓަލުގައި؛
- އެކްސްރޭގެ ހިދުމަތް
- އަލްޓްރާ ސައުންޑް ސްކޭން
- ފިޒިއޮތެރަޕީ
- އިމަޖެންސީ ރޫމްގެ ހިދުމަތް
- އައިސޮލޭޝަން ފެސިލިޓީ
- އޮޕަރޭޝަން ތިއޭޓަރު
- ޕްރައިވެޓް 10 ރޫމް