ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއްގެ ކޮޓަރި އެއްކޮށް އަނދައި ހުލިވުމުން 7 މީހަކަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަގުތީ ބޯހިޔާވަހިކަން ދީފި އެވެ.

އަލިފާން ރޯވީ ހުޅުމާލެ ސައިމާހިނގުން، ލޮޓް 11395ގެ ކޮޓަރިއެއްގަ އެވެ.

އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި އެ ގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

މިއަދު އަލިފާނުގެ ހާދިސާ ހިނގި ގޭގެ ކޮޓަރި-- ފޮޓޯ: އެންޑީއެމްއޭ
މިއަދު އަލިފާނުގެ ހާދިސާ ހިނގި ގޭގެ ކޮޓަރި-- ފޮޓޯ: އެންޑީއެމްއޭ

އެންޑީއެމްއޭ އިން ބުނީ މިއަދު ހަވީރު ހިނގި އެ ހާދިސާގައި ގޭގެ އެއް ކޮޓަރި އެއްކޮށް އަނދާފައިވާ ކަމަށާއި އެ ގޭގެ ދެން ހުރި ކޮޓަރި އާއި ސިޓިން ރޫމަށް ވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ ގޭގައި ދިރިއުޅުނު ހަތް މީހަކަށް އެ އޮތޯރިޓީން ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މިއަދު އަލިފާނުގެ ހާދިސާ ހިނގި ގޭގެ ކޮޓަރި-- ފޮޓޯ: އެންޑީއެމްއޭ
މިއަދު އަލިފާނުގެ ހާދިސާ ހިނގި ގޭގެ ކޮޓަރި-- ފޮޓޯ: އެންޑީއެމްއޭ