އައްޑުއަށް ވައިގެ މަގުން ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރީ އިންޑިއާގެ ސަލްދިން ވަލިމޮހްމަދު ރުއްޕިން، 58، ކަމަށެވެ.
އޭނާ ހައްޔަރުކުރީ ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން، ކޯޓު އަމުރެއްގެ ދަށުންނެވެ.
ދެ ކިލޯގެ ޑްރަގްސް އެތެރެކުރި ކަމަށް ބުންޏަސް، މި މައްސަލަ ފުލުހުން ތަހުގީގުކުރާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.