ގއ. ދާންދޫގައި އެލާޖިކެއް ވެގެން މަރުކަޒަށް ގެންދިޔަ މީހަކު ރޭ ނިޔާވެއްޖެ އެވެ.
ދާންދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެލާޖިކެއް ވެގެން ރޭ 9 ޖަހާކަށް ހާއިރު މަރުކަޒަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ.
ނަމަވެސް، އެލާޖިކްވީ ސީދާ ކޯނޗަކަށް ކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނިޔާވީ އުމުރުން 41 އަހަރުގެ އަންހެނެކެވެ.
އެނގިފައިވާ ގޮތުގައި، އެއީ އެ ރަށު ހެލްތު ސެންޓަރުގެ މުވައްޒަފެކެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާނާ ވިހަވެގެން ދާންދޫ ހެލްތު ސެންޓަރަށް ރޭ ގެންދިޔަ އަންހެނަކު ނިޔާވެފައިވާ ކަމަށެވެ.