ގއ. ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ނަގަހެލަ، އަހުމަދު އަބްދުﷲ 33، އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:10 ހާއިރު އޭނާ ފެނުނީ ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް ވެއްޓިފައި އޮއްވައި ކަމަށެވެ.
އަހުމަދު އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.