މާލެ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 6:35 ހާއިރު ކަމަށެވެ.
ޚަބަރު ހުސްވެފައިވަނިކޮށް ފެނުނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުންނަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ މީހުން ތިބި ބޯޓަކީ ކުރިން ހއ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރި "ޑީއެމްއެމްއޭ އެކްސްޕްރެސް 5" އެވެ. މާލެއިން މުދާ ހިފައިގެން މިހާރު ހދ. ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ އެ ބޯޓުގައި ހޭނެތިފައި ތިއްބާ ފެނުނު އެންމެންނަކީ ވެސް އެ ބޯޓުގެ ފަޅުވެރިންނެވެ.