ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ ޑްރަގްސް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމުން ބުނީ މިދިޔަ ހޯމަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 2،174 ގްރާމް ހަޝިޝް އޮއިލް ކަމަށެވެ.

އެ ތަކެތީގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

މިދިޔަ މާޗް މަހު ރާއްޖެ އެތެރެކުރަން އުޅުނު 6،590 ގްރާމްގެ ހަޝިޝް އޮއިލް ވެސް ކަސްޓަމްސުން އަތުލައިގަނެފައިވެ އެވެ. އެތަކެތީގެ މަގުމަތީ އަގު 5.2 މިލިއަން ރުފިޔާއަށް އަރަ އެވެ.