ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ މާލޭގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި އުމުރުން 18 އަހަރުގެ ޒުވާނަކު ރޭ ދަންވަރު މަރުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެއްވެސް ތަފްސީލެއް ނުދެ އެވެ.

އެމްއެންޔޫ ކައިރީގައި ހުންނަ އެ ޔުނިވާސިޓީގެ ދަނާލުގައި ތިބެނީ އެ ތަނުގައި ކިޔަވާ ކޯސްތަކުގެ ދަރިވަރުން އެކަންޏެވެ.