ސަރުކާރާ ދެކޮޅަށް ޕީއެންއެެފުން ކުރާ މުޒާހަރާތަކާ މެދު ރައްޔިތުން ޝަކުވާ ކުރާ ކަމަށާއި އެ މުޒާހަރާތައް ރާވަނީ "ވަރަށް ފިނޑިމީހަކު" ކަމަށްް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ އަމިއްލަ ބައެއް މީޑިއާތަކުން އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަތައް ވެސް ބްރޯޑްކާސްޓްކުރާ ކަމަށާއި އެއީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ނަން ވިދާޅު ނުވެ، ޝުޖާއު ވިދާޅުވީ "ހެންވޭރުކޮޅުގައި ހަތަރު މީހުން އެއްވެގެން ކުރާ މުޒާހަރާއެއް ނިމެންދެން" ޗެނަލް 13 ކިޔާ މީޑިއާއަކުން ލައިވްކުރާ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެ މުޒާހަރާތަކުގައި ހުތުރު ބަސްތައް ބޭނުންކުރތީ ކައިރި ގެތަކުގެ މީހުން ޝަކުވާ ވެސް ކުރެ އެވެ.

"މިފަދަ ކަންކަން މިހެން މި ހިނގަނީ، މި ދެންނެވި މުޒާހަރާ ވެސް ކޮންމެ ރެއަކު މި ހިނގަނީ މި މުޒާހަރާ ރާވަން އިނީ ވަަރަށް ފިނޑި މީހެއް. އޭނާ މި އިންނަނީ ގޭގައި. އިނދެގެން، ކޮށީގައި އިނދެގެން މި އަންގަނީ މިހެން ހަދާށޭ، އޭނާއަކަށް ނޭނގޭ ދުނިޔެ މި ހިނގަނީ ކިހިނެއް ކަމެއް. މި ދަންނަވަނީ މިިއީ ރައީސް ޔާމީނުގެ ވާހަކަ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ތުހުުމަތު ކުރެއްވި ގޮތުގައި ޔާމީނަށް ސިސްޓަމް ހިނގާ ގޮތް އެނގިވަަޑައިނުގެން ހުންނަވައި މުޒާހަރާ އަަށް މީހުން ނެރުއްވުމުން އޭގެ އުނދަގޫ ވަނީ ރައްޔިތުންނަށް ކަމަށެވެ. އެކަމާ އާންމުން ޝަކުވާ ކުރާ ކަމަށާ އެ ޝަކުވާ އަންނަނީ ޕީއެންސީގެ އޮފީހަށް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިންރާހިމް ޝުޖާއު.-- ފޮޓޯ: މަޖިލިސް
ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިންރާހިމް ޝުޖާއު.-- ފޮޓޯ: މަޖިލިސް

"އަޅުގަނޑުމެން އަޑުއެހިން ރާއްޖޭގެ ވެރިކަން ކޮށްފައި ތިއްބެވި ބޭފުޅުން ކިޔައިގެން ތަފާތު ގިނަ ވާހަކަ،" ޔާމީނާ ގުޅުވައިގެން ދައްކާ އެކި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ޝުޖާއު ވިދާޅުވި އެވެ.

 ޝުޖާއުއަކީ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނަ ވަރަށް ގާތްގުޅުމެއް އޮތް ބޭފުޅެކެވެ. ނަމަވެސް ޕީއެންސީގެ ޓިކެޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު  ރައީސްކަމަށް ވަޑައިގެންނެވުމާ އެކު، ޕާޓީގެ އިސް ބޭފުޅުންނާ ޔާމީނާ ދެމެދު ގުޅުން ގޯސް އެ މަނިކުފނު ވަނީ އާޕާޓީއެއް އުފައްދަވައިފަ އެވެ.