ސިފައިންގެ ތަމްރީނުތައް ހަދާ ރަށް، މާފިލާފުށިން މާލެ އަށް މިއަދު ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން ދެންމެ ބުނި ގޮތުގައި މާތިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންެޑީއެފުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ކޯސް-2 ގެ ކުދިން ގޮވައިގެން މާފިލާފުށިން މާލެ އަށް ދަތުރުކުރި އެއް ލޯންޗު، ހުޅުމާލެއާ ހިސާބުން ފަޅައިގެން ގޮސް ދިޔަވެ އަޑިއަށް ދާތީ، އެ ލޯންޗުގައި ތިބި ކުދިން ވަނީ "ކަނޑަށް ބާލާފައި" ކަމަށެވެ.
"އަދި އެ ކުދިން ލޯންޗުތަކަށް ނެގުމަށް ފަހު މާލެ އަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުން،" އެމްއެންޑީއެފްގެ މެސެޖުގައި ވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް ކައިރިން ހިނގި މި ހާދިސާގައި "ކަނޑުވި މީހުން" ގެ ތެރެއިން ބައެއް މީހުން، ފުލުހުންގެ އެހީތެރިކަމާ އެކު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
އެ އުޅަނދުގައި ގާތްގަނޑަކަށް 60 އަންހެން ކުދިން ތިބި ކަމަށް ވެ އެވެ.
ލައިފްޖެކްޓް އަޅައިގެން ކުދިން ކަނޑުވެފައި ތިބި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.