އަންހެނަކު އެހެން މީހަކަށް ވިއްކާލާނެކަމަށް ބުނެ، އޭނާގެ ކުރީގެ ފިރިމީހާ އިންޒާރު ދީ، ބިރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ، އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތާ ހަވާލާދީ ފުލުހުން ބުނީ، އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވާ ކަމަށެވެ. 

ނަމަވެސް، މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއްވެސް ހިމެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.