ވިލިމާލޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތްތައް މިއަދު ފަށައިފި އެވެ.

ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި "މާލެ ޓެކްސީ ލައިން"ގެ ހިދުމަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މާލެއަށް ދިމާވެފައިވާ ޓެކްސީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ރަސްމީކޮށް އެ ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ/އެމްޓީސީސީ
ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ -- ފޮޓޯ/އެމްޓީސީސީ

ވިލިމާލޭގައި ޓެކްސީ ލައިންގެ ހިދުމަތް ފެށިއިރު، މާލެ ސަރަހައްދުގެ އިތުރުން އެހެން ސިޓީތަކަށް ވެސް ޓެކްސީ ލައިންގެ ހިދުމަތްތައް ފުޅާކުރަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ޓެކްސީ ލައިން އޮޕަރޭޓްކުރާ އެމްޓީސީސީން ބުނެފައިވަނީ ދަތުރުކުރުމުގައި އިތުބާރު ކުރެވޭ އަދި ފަސޭހަ ހައްލަކާއެކު، ވިލިމާލެއަށް ބޭނުންވާ އީވީ ޓްރާންސްޕޯޓް ހިދުމަތް ތައާރަފް ކުރުމަކީ އެ ކުންފުނިން ފަހުރުވެރިވާ ކަމެއް ކަމަށެވެ. 

ވިލިމާލޭގައި ޓެކްސީ ލައިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީ އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.