މިއަދުގެ ރީތި ތާރީހާ ގުޅިގެން މާލޭގައި 50 ކައިވެނިކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
އެހާ ގިނަ ކައިވެނިތަކެއް މިއަދު ފެމިލީ ކޯޓުން ކޮށްދެނީ މިއަދަކީ މިއަހަރު އަންނަ އެންމެ ރީތި ތާރީހުތަކުގެ ތެރެއިން އެއް ތާރީހު ކަމަށްވާތީ އެވެ. އެހެންވެ، މިއަދުގެ ތާރީހު ކަމަށްވާ 26-06-26 ގައި 50 ކައިވެނި މާލެ ސަރަހައްދުގައި އެބައޮތެވެ.
ފެމިލީ ކޯޓުން ބުނިގޮތުގައި އޭގެ ތެރެއިން 11 ކައިވެނި ކޯޓުގައި ކުރަން ހަމަޖެހިފައިވާއިރު، 39 ކައިވެނިކޮށްދިނުން އޮތީ ކޯޓުން ބޭރުގަ އެވެ.
މިދިޔަ އަހަރުގެ 25-05-25 ގައި 59 ކައިވެނި މާލޭގައި އޮތެވެ.
ރީތި ތާރީހުތަކާ ގުޅުވައިގެން ރާއްޖޭގައި ގިނަ އަދަދެއްގެ ކައިވެނި ކުރެ އެވެ.